ނ.ލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އައު ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކޮށް ކަރަންޓުގެ ޚިދުމަތް ދޭންފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލައްމާން "ވަގުތަށް" ވިދާޅުވީ، މި މަސައްކަތަކީ ޤައުމަށް ދިމާވެފައިވާ މިފަދަ ކަންކަން ހައްލުކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއްކަމަށެވެ.

"ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ 24 ގަޑިއިރު ކަރަންޓު ޔަޤީން ކުރުމުގެ ގޮތުން އެހެން ރަށްތަކެކޭވެސް އެއްގޮތަށް، 250 ކިލޯވޯޓުގެ ޖަނަރޭޓަރ ސެޓެއް ފޮނުވައި ނ.ލަންދޫގެ ކަރަންޓުގެ ޚާލަތު އެވަނީހައްލު ކުރެވިފައި." ލައްމާން ވިދާޅުވިއެވެ.

ލަންދޫއަކީ އާބާދީގައި ހަތްސަތޭކައެއްހާ މީހުން ދިރިއުޅެމުންދާ 170 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ފޯރުކޮށްދެމުންދާ ރަށެވެ. ފެނަކަ ކޯޕަރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލަންދޫގެ ޕީކް ލޯޑު އުޅެނީ 135 ކިލޯ ވޯޓަށްވުރެ މަތީގައެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އަތޮޅު ތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމީހާ

    ލަންދޫގެ އާބާދީ 1000ވުރެ ގިނަ

  2. ޖޮއްބެ

    މުޅިތަން ތިޔައޮތީ އިދިކޮޅީންގެކުލައިން މުޅިން ޖަރީވެފައެއްނު.....؟؟؟ ހަހަހަހަ.