"ފަރުވާ ނުދެވިއްޖެއްޔާ ޖެހޭނީ ދޫކޮށްލަން" ކަމަށް ވިދާޅުވެ ޑރ.ޝީނާ މޫސާ ރާއްޖޭގެ ހާލަތު ނުރައްކާތެރި ވެގެން ހިނގައިދާނެ ގޮތް ކަންބޮޑުވުމާއި، ހިތާމައާއި އެކު މިރޭ ފާހަގަ ކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަރަށް އަސަރާއި އެކު ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު އެ އޮތް ޓްރެންޑްގައި މިކަން ހިނގައްޖިއްޔާ ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށެވެ.
"މާލޭގައި ހަލުވިކަމާ އެކު، ބަލި ފެތުރޭ ނަމަ، އަތޮޅުތެރެއިން ހުރިހާ ސިއްހީ ހިދުމަތްތެރިން ގެނައި ނަމަވެސް، ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތް. ހަމަ ފަރުވާ ނުދީ ދޫކޮށްލަން ޖެހޭނީ. އަޅުގަނޑުމެން ސަމާލުވާން ޖެހޭ މިހާރު ވަރަށް ބޮޑަށް." ޑރ.ޝީނާ ވިދާޅުވިއެވެ.
މާލެ ތެރެއިން ފުރަތަމަ ކޭސް ފެނި، ކޮންޓެކްޓް ޓްރޭސިން ހެދިއިރުގެ ނަތީޖާ ފެނުނީ ވަރަށް ހިތާމަވެރިކޮށް ކަމަށް ޑރ، ޝީނާ ވިދާޅުވިއެވެ. މިހާރުގެ ލަފާކުރުންތަކުން ފެންނަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބާރަށް ބަލި ފެތުރިގެންދާ ތަން ކަމަށް ޝީނާ ވިދާޅުވި އެވެ. މި ހާލަތުގައި ލަފާކުރެވޭ ގޮތުގައި އައިސީޔޫ އާއި ވެންޓިލޭޓަރަށް ލާން ޖެހޭ އަދަދު ވެސް 43،000 އަށް އަރާނެއެވެ. އެއަދަދާއި ގާތް ކުރާ އަދަދަކަށް ވެސް ރާއްޖޭގައި ވެންޓިލޭޓަރާއި އައިސީޔޫއެއް ނެތެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީގް ވެސް ތަކުރާރުކޮށް ވިދާޅުވީ މި އަދަދުތަކަށް މީހުން ބަލިވެއްޖެނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް ވާހަކައެވެ. އެއް އިމާރާތެއްގެ ތަފާތު އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނާއި ވެސް ބައްދަލު ނުކުރަން ޑރ.ނަޒްލާ އެދިވަޑައިގެންނެވިއެވެ.
މާލެ ތޮއްޖެއްސުމުގެ ނަތީޖާ... އަސްލު މައްސަލައިގެ ވާހަކަވެސް ދައްކަމާ...
މީއެއްނުން ދައްކަންވީ ވާހަކަ މިވަގުތު . ބުނާ ގޮތް ހަދައިގެން ގޭގަ ތިބޭ .
އެބުނާގޮތަށް ފަރުވާނުދެވި ވެންޓިލޭޓަރަށް ނުލެވި ދޫކޮށްލާނީ ސަރުކާރުގެ ބޮޑުންނާއި އެމީހުންގެ އާއިލާ ފިއަވައެވެ، ނިކަމެތި ރައްޔިތުމީހާ ޖެހޭނީ ރޯން ހުންނާށެވެ. ވީމާ އެކަން ދަނެގެން ނިކަމެތި ރައްޔިތު މީހާ ރައްކާތެރިކަމުގެ ހުރިހައި ފިޔަވަޅަކަށް ބޯލަނބާށެވެ.
މިކަހަލަ ވާހަކަ ނުދެއްކީޔާ ރަނގަޅުވާނީ ﷲއަށް ބިރުވެތިވޭ
އަދިވެސް ޕާޓީ ބާއްވާފަ މަސްދަތުރުވެސްދޭ އެއްނުވާށޭ، ގައިދުރުކަން ބާއްވާށޭ ބުނެފައި ވަނިކޮށް...
ޑރ. ޝީނާ ނުގުޅޭ ވާހަކަ ދެއްކި ބައެއްފަހަރު
?
??
ޢެކަމަކު މާކުރިން ސަރުކާރު ވަނީ ފުރިހަމައަށް ތައްޔާަރުވެފަޔޯ.
ސަރުކާރުން ވި ތައްޔާރަކީ ހޭންޑްސެނިޓައިޒަރ އިސްތިހާރުކޮށްދީ ބޮޑުއަގުގައި ރައްޔިތުން ލައްވާ އެގެންނެވުމާއި ގައިދުރުވާން ނަސޭހަތްދިނުން. ދެން ކުރީކޮޅު ޑޮކްޓަރުން ބުނާގޮތް ނުހެދުމާއި ބޮޑުންގެ އާއިލާތަކަށް މޮޅުގޮތް ހަދައިދިނުން.
ރައްޔިތުންނަށް އޮތީ ނިކަމެތިކަމާ ނުލަފާކަން ދައްކާތަން ބަލަންތިބުން.
އަހަރުމެންއަތުގަ ހުރި ބޭހަކީ އަދި ވެކްސިނަކީ މިހާތަނަށް ބަލި ޖެހިފަ ނެތްނަމަ އިރާދަކުރެއްވީތީ ބައްޔާ ދުރުގަ ހުރެވޭނެ ބޭހަކާއި ވެކްސިނެއް. އެއީ އެހެން މީހުންނާ ދުރުވެހުރުން. އުނދަގުލަސް އަގެއް ދައްކާކަށް ނުޖެހޭނެ. މިސަރުކާރުން ރައްޔިތުންނާ އަޅާލާނެކަމަށް ބެލުމަކީ މޮޔަކަމެއް. މިހާތަނަކަށް ނެތް ގޯސްކަންކަމަށްވުރެ ރަނގަޅަށް ކޮށްދިން ކަންކަން ގިނަވެފައެއް. އެހެންވީމަ ބޭބެއަށްޓަކާވެސް ގޭގަ މަޑުކޮށްލަދީ މިދުވަސްކޮޅަށް.
މމމމާލެ ތިއީ ބަޔަކު އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން
ދެރަ..
{"ފަރުވާ ނުދެވިއްޖެއްޔާ ޖެހޭނީ ދޫކޮށްލަން" ކަމަށް ވިދާޅުވެ ޑރ. ޝީނާ މޫސާ ރާއްޖޭގެ ހާލަތު ނުރައްކާތެރި ވެގެން ހިނގައިދާނެ ގޮތް ކަންބޮޑުވުމާއި، ހިތާމައާއި އެކު މިރޭ ފާހަގަ ކުރައްވައިފިއެވެ.} މާލޭގައި ތިބީ ފިރިހެން 8 (އަށެއް) ޖަމާޢަތްތެރިން އަދި އަންހެން 8 (އަށެއް) ޖަމާޢަތްތެރިން. ޔަޣުނީ:- (މީހުން މަރުވީމާ ވަޅުލަން ތިއްބަވާ ބޭފުޅުން). ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެން ބޮޑުބައެއް އުޅެމުންދަނީ ކ. މާލެ އާއި ކ. ވިލިނގިއްޔާއި ކ. ހުޅުމާލޭގައި ކަމަށްވާއިރު، މިހާރު ސަރުކާރުން ބުނަމުން ތިޔަދަނީ އެތައްހާސް ބަޔަކު މަރުވަމުންދާނެ ކަމުގައި ކަމަށްވާއިރު، މިއީ މާކުރިންވެސް ރާވާފައި އޮތްގޮތް ކަމަށް ފެނޭ.
އެހެނީ މިބަލީގައި މަރުވާމީހުންނަށް ހުޅުމާލެ - 2 ގެ ސަރަޙައްދުން 1 ލައްކަ މީހުންގެ ކަށްވަޅުތައް ނެގޭވަރުގެ ޖާގައެއް އޮތް ސަހަރާއެއް ސިޓީކައުންސިލާއި ޙަވާލުކޮށް ޖަމާޢަތްތެރިންނަށް އެކަން އަންގާފައިވުމެވެ.
މާތްﷲ އަޅަމެން މިޢާފާތުން ސަލާމަތްކުރައްވާ އަޅަމެންނަށް ހެޔޮލަފާ އޯގާތެރި ވެރިން މިންވަރު ކުރައްވާށިއެވެ. އާމީން!
އަދިވެސް ރިޒޯޓް މުވައްޒަފުން ނާ އެހެނި އެހެން ކަންކަމުގައި އައިސް މާލޭ ތާށިވެފަ ތިބިމީހުން..އެވެސް އިތުރުވާ ބައެެއް ހަމަ..ވިސްނާން ވި ކަންކަން
ތިހެން ނުކިޔާ ޗައިނާ ގެ މަދަތައް އެދިބަލަ..ތިހެންކިޔަންޏާ އަހަރުމެންބިރުގަންނާނީ ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑު އަންހެނުން އަދި މުސްކުޅިން...
އުހުދު ހަގުރާ މައިގެ ދުވަހު މުސްލި މުން ނަށް ލިބުނު ހުރިހާ ދެރަ އެއް ލިބިފައިވަނީ. ވެސް މިފަދައިން......ހަގުރާ މައިން ލިބޭ އިބްރަތަކީ ކަންތައް ހަވާލުކޮށްފައި ތިބޭ ވެރިން އަންގަވާ ގޮތަށް ކަންތައް ނުކޮށް އަ މިއްލަ އަ މިއްލަ އަށް ތި މާމމމމ މެން ކަންތައް ކުރު މުން ނިކުންނާނެ ނަތީޖާ ........ދެން ނަ މަ ނަ މަ އަކުން ކެއްކޭނެ ރިހަ އެއް ނޯންނާނެ....ދެން ވެސް އެ އަންގާ ގޮތަށް ކަންތައް ކުރުން ބުއްދިވެރި.... މާތްﷲ އެ މީހުންގެ މަސައްކަތުގައި ބަރަކާތް ލައްވާން ދޭވެ!...އަދި އަޅަ މެންނަށް ކެތްތެރިކަން ދެއްވާ!.....މި ބައްޔަށް އަވަސް ޝިފާ އެއް ދެއްވާން ދޭވެ!
ބޭރު ތަންތާ ތިބި މީހުން ހިތުހުރިވަރަކަށް އެތެރެކޮށްފަ ދެންމިހާރު ކޮން ކެޕޭސިޓީ އެއްތޯ؟
ދެން މިލިޔަނުން މިލިޔަނުން ހަރަދުކޮއްގެން ހެދި ތަންތަން ކޮބާތަ އެވެސް ދިރުވާލީ ދެއްތޯ ހާދަ ލާތިއެކޭ މިކަ މުގަވެސް ތިޔަ ދިރުވާލެވުނީ މިފެންނަނީ ސަރުކާރުން ހަދާ ދޮގުތަކުގެ ނަތީޖާ ބަލަންވެސް ތިބޭ މިމަންޖެ މިބުނި ބަހުގެ މާނައަކީ ވެރިންގެ އާއިލާ ނޫނީ އާއިލީގޮތުން ދިލަކޮޅު ޖެހުނު މީހަކައް މިބަލި ޖެހުނިއްޔާ އެ މީހަކައް ފަރުވާދީފަޔޭ ނިކަ މެއްޗަކައް ފަރުވާ ދެވޭނީ ނޫނީ ޖެހޭނީ މަރުވާން ދޫކޮއްލާށޭ
ކޮބާ ގެސްޓުން ނުގެނެވިގެން ބަނޑައްޖެހިދާނެތީ އުޅުން މީހުން ކޮބާ؟ މިއޮތީ ގެސްޓުންވެސް ނިުގެނެވި އެންމެން ނުރައްކަލަކަށްވެފަ! ޢަދި މުޅި އިޤްތިސާދު ހަލާކުވެފަ،، އަމާންކަން ގެއްލިފަ. ޢެއިރުވެސް ރައްކާވެ އިސްލާމް ދީނުގެ ކަރަންޓީން އުސޫލުން ރާއްޖެ ދިވެހިންނާ ބޭރުމީހުންނަޢް ބަންދު ކޮއްލިނަމަ،... އެކަމު މިަދު ވަގިތު ފާއިތުވެއްޖެ...
ދެން ނޭންގެ....
ﷲ އަށް ވަކީލު ކުރަން..
ދެން ކަލޭ ހުރޭ ވަކީލަކަށް ވެގެން
މާލެ ތޮއްޖެއްސީ ކާކުތަ؟
މައުމޫނެއްގެ މާލިމީ ކަމުގަ
އަދިވެސް ތި ތަނަށް މީހުން އަޅާ ފުރާލާ. ތިތަނަކީ ރާއްޖޭގަ އޮތް އެންމެ މުޑުދާރުތަން. ބަލާބަލަ ނިކަން އަހަރެމެން މި އުޅޭ އަތޮޅުތެރެ ސާފްތާހިރުކަން ހިތްގައިމުކަން އުފާވެރިކަން. ތީމަ ވވވވވ ފޫހިވާ ތަނެއް ނަޖިސް ކަމުން.މާލޭ މީހުންނަކީ ވވވ މުދުދާރު ބައެއް.ތިތާ އުލޭ އަތޮޅު ތަކުގެ މީހުން ވވވވ ސާފްތާހިރުވާނެ. މާލެ ތޮއްޖެހުމުގެ އަސްލަކީ މައުމޫން. އޭނަ ޖެހޭނީ ތިހުރިހާ ޒިންމާއެއް ނަގަން. ޢަތޮޅު ފަހައްޖައްސާލާފައި މާލެ ކުރިޔައްޖެއްސީމާ ވާނީ ތިހެން.
އަދިވެސް ތި ތަނަށް މީހުން އަޅާ ފުރާލާ. ތިތަނަކީ ރާއްޖޭގަ އޮތް އެންމެ މުޑުދާރުތަން. ބަލާބަލަ ނިކަން އަހަރެމެން މި އުޅޭ އަތޮޅުތެރެ ސާފްތާހިރުކަން ހިތްގައިމުކަން އުފާވެރިކަން. ތީމަ ވވވވވ ފޫހިވާ ތަނެއް ނަޖިސް ކަމުން.މާލޭ މީހުންނަކީ ވވވ މުދުދާރު ބައެއް.ތިތާ އުލޭ އަތޮޅު ތަކުގެ މީހުން ވވވވ ސާފްތާހިރުވާނެ. މާލެ ތޮއްޖެހުމުގެ އަސްލަކީ މައުމޫން. އޭނަ ޖެހޭނީ ތިހުރިހާ ޒިންމާއެއް ނަގަން. ޢަތޮޅު ފަހައްޖައްސާލާފައި މާލެ ކުރިޔައްޖެއްސީމާ ވާނީ ތިހެން.
ކަލޯ! ބުނަންތަ! އަސްލު މައްްސަލައަކީ، ބަސް ނުއެހުމުގެ ނަތީޖާ މިއީ.
ކިހާ ދެރަ.
ފަރުވާ ނުދެވިއްޖެޔާ ދެން ވެރިކަން ކުރަންވަސެަް ނުތިބޭނެ
ކަލޭމެންނަށް ބޮން ގޮއްވާކަށް ވެސް ނޫޅެވޭނެ. ކަނޑާނެ ބޮލެއް ވެސް ނުހުންނާނެ
ޢެމެރިކާ ފްރާންސް އިޓަލީ ސްޕޭން ކޮންޓްރޯލުން ނައްޓާލާން ދިޔައީ ތޮއްޖެހިގެންނެތް ނޫން ސިއްހީ މާހިރުންގެ ނަސޭހަތް އެތަންތަނުގެ ރައްޔިތުންނާ ސަރުކާރުތަކުން ފުރަތަމަ ޤަބޫލްނުކުރުމުން މާލޭގެ ތޮއްޖެހުން ވެސް އެއީ މައްސަލައެއް މޮޅުވާހަކަ ނުދައްކާ ދެންވެސް އެވަރުނުވަނީސް ގޭގަތިބެވޭތޯ ބަލާބަލަ މޮޅެތިހާ އެއްޗެހި އެންމެ ނުރައްކާފަތަރުގަ ހޯދަން ފިހާރަތަކަށްނުދުވެ
ތި ލާފާ ކުރުން ތަށް ގޯސް ރާއްޖޭގައި އެންމެ ޕީކްގައި ޖެހޭނެކަމަށް ލަފާކުރެވެނީ 10 ވަރަކަށް ހާސް މީހުންނަށް އަދި ހާލު ބޮޑުވެ 1 އެއްހާސް ވަރަކަށް މީހުންނަށް ފަރުވާދޭން ޖެހިދާނެ މަރުވާނެ ކަމަށް ލަފާކުރެވެނީ ވަރަށް މަދު މީހެއް ޑރ.ޝީނާ ސީނާ އަށް މި ކޮމެންޓް ފެންނާނެކަމަށް ލަފާކުރަން އަޅުގަނޑު ހިސާބު މިކުރަނީ ހަމައެކަނި ދިވެހިންނަށް ބޭރުމީހުންނުލާ..
ތީ އަދުރޭ ދޯ!