އެން ހިފަން ފައިބައިގެން އުޅެނިކޮށް ގެއްލުނު ގދ.ތިނަދޫ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފީނަން އުޅެނިކޮށް ގެއްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެކަން ތިނަދޫ ކައުންސިލްގެ ރައީސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށްވާ ސާޖިދު މުހައްމަދު އެވެ.

ތިނަދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ސާޖިދުގެ ހަށިގަނޑު ފެނުނީ އޭނާ ހޯދަން ސިފައިންގެ ޑައިވަރުންނާއި ތިނަދޫގެ ޑައިވަރުން ހިމެނޭހެން 16 ޑައިވަރުންގެ ޓީމަކުން ކުރި ޑައިވެއްގައި ކަމަށެވެ.

އޭނާ ފީނަން ފޭބީ ބޮޑުތިލަ ނަމަކަށް ކިޔާ ތިލައަކަށެވެ. އެއީ ކޮނޮންޓާ ރިސޯޓް ކައިރީގައި އޮންނަ ތިލައެކެވެ.

ސާޖިދު މަހަށް ދިޔައީ "އަސްދަން" ނަމަކަށް ކިޔާ ދޯންޏަކުންނެވެ. އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 20:30 ހާއިރުއެވެ.

އަސްދަން ދޯނީގައި 25 މީހުން ތިބި ކަމަށާއި ސާޖިދާއި އެކު އިތުރު ތިން މީހަކު ފީނަން މޫދަށް ފޭބި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު މީހުން ފޭބީ 30 ވަރަކަށް މިނެޓުން ފުރިހަމަ ކުރެވޭ ޑައިވަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒުލްކިފްލި

    ވޯޓުން ވައްކަންކޮށްގެން އައި ، މި ވެރިކަން ފެށުނުފަހުން ދިވެހިރާއްޖެ ނާމާންވެ ބިރުވެރިކަމެއްގެތެރެއަށް މިރާއްޖެ މިވަނީ ވެއްޓިފައެވެ. މުޞީބާތަކަށްފަހު މުޞީބާތެއް ކުރިމަތިވެ އަދިރިކަމެއްގެތެރެއަށް މިރާއްޖެ މިބވަނީ ގެނބިފައެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިންދެކެ ލޯބިވާނަމަ ރައީސް ޔާމީންއާ ދިވެހިންގެކިބައިން މާފަށްއެދި މަޤާމުން އިސްތިޢުފާދިނުމަށް ގޮވައިލަމެވެ.

    5
    5
    • ޔައުޤޫބް

      ??

      2
      1
    • ލޫތު

      މިމީހުންނަށް ސިޔާސީ ނޫން ކޮމެންޓެއް ކުރާކަށް ނޭނގެ?

      1
      2
  2. ޢިބްރާހީމް

    ޥ. ދެރަ

    2
    1