ހުޅުމާލޭ އެސްޓީއޯ ފިއުލް ޝެޑް ކައިރީގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހާދިސާ ހިނގީ ހުޅުމާލޭ އެސްޓީއޯ ފިއުލް ޝެޑް ކައިރީގައި ލަކުނޑިތަކެއް އަޅާފައި ހުރި ޖަމްބޯ ބޭގެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 15:00 ހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ރޯވި އަލިފާނުގެ 80 ޕަސެންޓު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.