ސްޕްރީމް ކޯޓުގައި އެއްމެ އިސްކޮށް ތިއްބެވި ތިން ފަނޑިޔާރުން ހަނު ތިއްބެވުމުގެ ބަދަލުގައި އަބުރުވެރިކަމާއެކު ގެޔަށް ވަޑައިގަތުމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ތިއްބެވި އިސް ފަނޑިޔާރުންނާއި މެދު ނުރުހުން ފާޅުކުރައްވާ އެބޭފުޅުން ގެއަށް ވަޑައިގަތުމަށް ދިޔާނާ ގޮވާލެއްވީ އެކަަމަނާ ކުރެއްވި ޓުވީޓެއް ގައެވެ.

ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތްތަކާއި ޚިލާފަށް ފަނޑިޔާރުން ހައްޔަރުކޮށް، އެންޓި-ޓޯޗަރ ޤާނޫނާވެސް ޚިލާފަށް މީހުން އެކަހެރިކޮށް ބަންދުކޮށް، ފަސާދައިގެ ސުވާލު މަތިވާގޮތަށް ޝަރީއަތް ހިންގާ ޤާނޫނީ ބާރު އުވިދާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހަނު ތިއްބެވުމުގެ ބަދަލުގައި ގެޔަށް ވަޑައިގަތުން މާ އަބުރުވެރި ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ އަކީ ރާއްޖޭގެ ކޯޓްތަކުގައި ކުރިއަށް ގެންދާ ޝަރީއަތްތަކާއި ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ ބޭކަނބަލެކެވެ.

ދިޔާނާ މިފަދައިން ނުރުހުން ފާލުކުރައްވާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަހަހާ

    ތި ގެ އަށް ތަ؟
    ކީއްކުރަންބާ!!!

  2. މޫސާ

    ދިޔާނާ ދެން މަޑުން ގޭގާ ހުރޭ!

  3. Anonymous

    ޜޭގަނޑު ދަންވަރު ފަޅުރައްރަށައް އަރާ ބުއްފުޅިބޯހެން ރާފުޅި ތުނބުގައި ޖަހައިގެން ބުއީމާ މަދެން ބުނާނެއެއްޗެއް ނެތް.

  4. ހައްޕުނޑު

    ގެއަށްދޭ ދިޔާނާ. އެބަހުރި ދާއިންކަނބާކިޔާ ގެއެއް ޖާބިރު ގަނެފަ ނެހެދިފަ. ފައިސާ ނެތީކަމަށް ދައްކަންކަމަށްވެސް ވެދާނެ. ދެން އެހެންނޫނީ އަނބުވިއްކައިގެ ފައިސަ ހޯދައިގެން އެގެ ހަދަންވީނު، ތިހިރީ ނަޝީދު ދުނިޔޭގެ ކޯޓަށް ގެންދަންބުނި ކަނބުލޭގެ. ކޮބާ އެމައްސަލަ. ހިނދުނީތަ؟ ކީއްކުރަން ރާއްޖެއަށް އައިސްގެން ތިއުޅެނީ. މާރަނގަޅުވާނެ ބޭރު ކަރަތައް. އެކަމަކު ރާއްޖެއިން ލިބޭ ލާރިކޮޅު ރަނގަޅުވެފަ އަގު ހުންނަނެތީ މާލެއައީދޯ

  5. އަހަރެން

    3 ފަޑިޔާރުން މަހުޟަރުދުވަސްމަތިން ހަދާންކުރޭ.

    • Anonymous

      މަހުޝަރުދުވަހަކީ، ހަމައެކަނި އެ3 ފަނޑިޔާރުންނަށް އޮތްދުހަކަކީތަ؟ ކަލޭމެން ޣައިރު ދީނުގެ މީހުނާ ބައިއަތު ހިފައިގެން އެމީހުނަށް ޘަނާ ތިކިޔަނީ ކަލޭމެނަށް މަހުޝަރުދުސް ނެތްކަމަސްހީކޮށްތަ؟ ބަލަ އެދުވަހަކީ، އެންމެންނަށް އަންނާނެ ދުވަހެއް. ﷲ ތައާލާގެ ދީން މިދުނިޔެއިން ނައްތާލަން މަސައްކަތް ކުރާ ބަޔަކާ އެއްކޮޅަށް ވާހަކަދެއްކީ ކީއްވެތޯ ނާހާނެކަމަށްތަ ހީކުރަނީ؟ އެދުވަހުން ތިމާގެ އެންމެހާ އަމަލުތަކާމެދު ސުވާލުކުރެވޭނެ. އެމީހަކު ކުރި އަމަލެއް އެމީހަކަށް.

  6. މިރުސް

    ދިޔާނާ ބޯގޯސްވީދޯ ފިރިކަލުން އަތުގައި ހުރި ހުރިހާ ފައިސާއެއް ބަޣާވާތްކުރުމަށް ޚަރަދުކޮށް ފައި އެކަން ކާމިޔާބުނުވުމުން

  7. ދިޔާވާ ސައީދު

    ޖާބިރަކީ އެތައް ރައްޔިތުންގެ ހައްގުތަކަށް އަރާގެންފައިވާ މީހެއް މުވައްޒަފުންގެ މުސާރައިން ޕެންސަން ނަގުގައި ކަޑާފައި އެފައިސާ ޕެންސަން އޮފީހަށް ހަވާލެއްނުކުރޭ.

  8. ހައިހޫނު

    ކަނބުލޯ މާތްﷲ އަށް ބިރުވެތިވެ އިސްތަށިފުޅު ނިވައި ކުރައްވައިގެން ގެވެހި އަންބެއްގެ ގޮތުގައި ގޭގައި މަޑުކުރައްވާ.

  9. ހުސޭނުބޭ

    މަންޖެ ތިހެން ނުބުންޏަކަސް 3 ފަނޑިޔާރުން ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމަވާފައި ގެއަށް ވަޑައިގަންނަވާ!

  10. މޮގެންބޯ!

    އޭތް! އަނބެއް ކިތައް ރުފިޔާއަށް! އަނބު ގަންނަން ގެއަށް ހިގާދާނަން.

  11. ލުއިސް

    މުޅިން ރޫޖެހި ވަރުދޫވެފައި ހުރި އަނބުތަށް މަށެއް ނުގަންނާނަން.

  12. Anonymous

    މީނަ އެންގީމަވާނީ އެންމެންވެސް ގެއަށްދާން. ދިވެހިރާއްޖޭގެ މީހުން އަތުން ފައިން މަސައްކަތްނުކޮށް ކައިގެން ބޮއެގެން މިއުޅެނީ. މިއަންހެން ދައިތަ ދޭ ފައިސާއިންނޯލަ.

  13. ކެނެރޫ

    އަމުރެއްތޯ މި ނެރުއްވީ ލޮލީ ލޯ ފާމުމުން