މާލެ އިން 11 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ބަލި ޖެހުނު ދިވެހިންގެ އަދަދު 16 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ފައްސިވި ދިވެއްސަކީ 28 ވަނަ އަށް ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށް އެ ޓުވީޓުގައިވެއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19: މާލެ އިން 10 ވަނަ މީހަކު ފައްސިވެއްޖެ

މިހާތަނަށް ރާއްޖެ އިން 31 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ އިން ފެނުނު 11 ދިވެހިންނާއި އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސެކެވެ. ދެން ހިމެނެނީ ފަތުރުވެރިންތަކަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެކެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބަލިން ސަލާމަތްވުމަށް ސިއްހީ މާހިރުން ލަފާ ދެނީ ގޭގައި ތިބުމަށެވެ. އަދި ސާފުތާހިރު ކަމަށް ލޯބިކުރަން އެދެއެވެ.

ރާއްޖޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 3،614 ސާމްޕަލެއް ނަގާފައިވާ އިރު، ނެގަޓިވްވީ 3،294 ސާމްޕަލެކެވެ. ނަތީޖާ ނުލިބި 292 ސާމްޕަލެއް ހިމެނޭ އިރު، އޭގެތެރޭގައި ޅ. ކުރެއްދޫގެ 246 ސާމްޕަލެއް ހިމެނެއެވެ. މި ބަލީގައި 16 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.

މި ބަލީގައި މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 14 އަށް އަރައިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އައިސޮލޭޝަން ފެސިލިޓީތަކުގައި 60 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1،053 މީހެއް އެބަތިބިއެވެ.

ބިރުން ފިތްކަނޑައިގެންދާ ވަރުގެ އަަދަދުތަކެއް، ސަމާލުވޭ!

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވި ޑރ. ޝީނާ މޫސާ ވަނީ މިހާރު އޮތް ހާލަތު ދެމި އޮންނަ ނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ހޮސްޕިޓަލްތައް ފުރި މީހުންނަށް ފަރުވާ ނުދެވޭ ހާލަތަކަށް ގޮސް، މީހުން ބަލި ހާލަތުގައި އޮންނަން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޝީނާ ދެއްވިއެވެ.

މިހާރުގެ އަދަދުތަކަށް ރިއާޔަތްކޮށް، ކަމާ ގުޅޭ އިދާރާތަކުން ލަފާކުރާ ގޮތުން ގާތްގަނޑަކަށް 100 އެއްހާ މީހުން ބައްޔަށް ފައްސިވެފައި ތިބޭނެ ކަމަށް ޝީނާ ލަފާކުރައްވައެވެ. އަދި ފުރަބަންދުގެ 14 ދުވަހުގެ ތެރޭގައި އަޅާ ފިޔަވަޅަށް ފަރުވާ ކުޑަކޮށްފި ނަމަ ސިނާރިއޯ އިން ދައްކަނީ ފަރުވާ ނުދެވި 2،000 މީހުން މަރުވެދާނެ ކަމެވެ. އެހެންވެ، މިހާރު އޮތް ހާލަތަށް ވުރެ، އަދަދުތައް މަދު ކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޝީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    މަގޭ ދުޢާއަކީ ރޯދައިގެ ކުރިން މި ބިރުވެރިކަމުން ސަލާމަތްވުން!

    66
    2
    • އުމަރު

      ހުވަފެނުގައި ތިހެން ވެދާނެ. ރިއަލިސްޓިކް ވިސްނުން ގެންގުޅުމަކީ މިފަދަ ދަނޑިވަޅުތަކުގައި މުހިންމު ކަމެއް.

  2. ހަސަނުބެ

    އުފާކޮށް އަލްހަމްދު އަޅާ މީހުން ހާދަ މަދޭ މިހާރު.

    6
    1
    • ކިޔާން

      އިރާދުކުރެއްވިއްޔާ މިކަމުން އަވަހަށް ސަލާމަތް ވާނެ... މީ އުފާ ކުރަންވީ ވަގުތެއް ނޫން... ކެއްތެރިކަމާ އެކީ ގޭގަ ތިއްބައްވައިގެން ހެޔޮ ރަގަޅު އަމަލްތައް ކޮށް، ދުއާތަކާ، ޒިކުރުތައް ކިޔާ ސާފްތާހިރުކަން އިސްކޮށްގެން ތިބެންވީ ވަގުތު....

  3. ވައިރަސް.

    ދިވެހިން ދިވެހިންގެ ގޮތުގައި ކޮރޯނާ ހިފައިގެން ކުރިޔަށް.... ބޯލަނބާ ކިޔަ މަން ވާކަށް އަދިވެސް ނުވޭތަށް...

  4. ދިރި

    ހިތާމައަކީ މިދުވަސްކޮޅު ރާއްޖެތެރެއަށް ދާމީހުން ކޮވިޑް 19 ޓެސްޓް ނުކުރެވޭތީ ޓެސްޓު