ދިވެހި ޑޮކްޓަރުން ވަމުން ދަނީ އަގު ނުކުރެވޭ ހިދުމަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރު ބައްދަލުކޮށްފައި ވަނީ ޑޮކްޓަރުން ބުރަ މަސައްކަތަކާއި އެތައް ގުރުބާނީތަކެއް ވަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. މިއީ އިސް ސަފުގައި ތިބެ ޑޮކްޓަރުން ކުރާ މަސައްކަތަށް ތައުރީފް ހައްގު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޑޮކްޓަރުން ފުރާނަ އަތްމައްޗަށް ލައިގެން ކުރާ މަސައްކަތުގެ ސަބަބުން ޑޮކްޓަރުންގެ ރައްކާތެރިކަމަށް މުޅި ގައުމު އޮތީ ދަރަނިވެރިވެފައި ކަމަށެވެ.

އެމަނިކުފާނު ވަނީ ޑޮކްޓަރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ވަނީ މިއަދުގެ މުނާސަބަތުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް މި ދުނިޔެއާ ވަކިވެގެން ގޮސްފައިވާ އެތައް ޑޮކްޓަރުންނެއް ދަންނަ ކަމަށެވެ. އަދި ރެޔާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެގޮތުން އެއްވެސް ވަރުބަލިކަމެއް އަދި ފޫހި ކަމެއް ނެތި ގިނަ އިރުތަކެއް ވަންދެން މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންނަށް ގިނަ ބަޔަކު އަންނަނީ މި ދަނޑިވަޅުގައި ތައުރީފް ކުރަމުންނެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލި މަޑުކަމެއްކަމުން ދުނިޔޭގެ ގައުމުތަކުގައި އުޅޭ އެތައް ޑޮކްޓަރުންނެއް މިހާތަނަށް ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ކަލެއަށް އެނގެނީ ރޯންއެކަނި!ކުރެވުނު ކަމެއް ހަރާން! އެކަމަކު ތައްޔާރޭކިއާ މޮޅުވާހަކަދެއްކި! މިމީހުންނަށް ރަނގަޅުވާނީވެސް މިބަލި މިރާއްޖޭގަ އޮތިއްޔާ!އޭރުން ބުނެވޭނެތާ ކޮވިޑާހެދިއޭ ތަރައްގީނުގެނެވުނީ! ނާގާބިލް ސުންޕާ ބައެއްމީ! މިމީހުންގެ އިހުމާލުން ކޮވިޑު މިރާއްޖެއަށް އެތެރެވީ! އެހެންނޫންނަމަ މިހާލަތަކަށް ނުދިޔައީސް ވަރިހަމަ ދުވާލުދާހަތަރުދަމު ރައްޔަތުން ބޭރުގައުޅުނަސް! އެންމެ ފުރަތަމަވެސް އެއާރޕޯޓް ބޭރުގެ ޓުއަރިސްޓުންނަށް ބަންދުކުރިނަމަ އަދި ބޭރުގަތިބި ބޭފުޅުންގެ ދަރީން އެއޮންނަ އުސޫލުގެތެރޭ ގެނެސް އުޅެވުނުނަމަ މިހެންނުވީސް! އަަހަރެމެން މިތިބީ ގޭތެރޭގަ ބަޔަކު ބޭރުގައުޅުނަސް!އެކަމަކު މޮޅެތިވާހަކަ ދައްކާ އިންޑިއާގެ ބަހައް ހެއްލިގެން ކަލޭމެން އަހަރެމެން ރައްޔަތުންނަށް އަނިޔާވެރިވީ!ފިޔަވަޅުތައް އަޅައިފީމޭ ކިޔާ އޮޅުވާލީ!މީ ސިޔާސީ ވުމެއްނޫން!މިކޮމެންޓުކިޔާފަ ރުޅިއަޔަސް ހެޔޮ ހަގީގަތްވާނީ ހަގީގަތައް

    23
    3
    • ބީރުމީހާ

      އޭނަ އަސްލު ނުރޯ ތުއީމޭ ބުނާނީ ލޮލުން ފެންފޭބުމާއެކު ގިސްލެވުނީމަ އެކަމެއް ނުކުރޭ އަސްލު ކަރުގައި އަޅައިގަތީ ލިޔެފައިވާ އެއްޗެއް ކިޔަން އުދަގޫވެގެން

  2. Anonymous

    ތީތެދެއް! މމީ އެހެންބައެއްގެ ވެރިކަމެއްނަމަ މިއެމްޑީޕީ ބައިގަނޑު ކެކިއުތުރިއަރާނެ މަގުމަތީގަ ތިބޭނީވެސް އެކަމަކު މިހާރު އަހަރެމެން އެއްޗެކޭބުނީމާ ނުފެންނާނެ ވެރީންގެ ގޯހެއް ބުނާމީހާނުބައިވާނީ

    34
    4
  3. ސަމީރު

    އަދި ވެސް މިހާލަތުގަވެސް ކަޅު މީހާ ދެއްދިދަ ކުރިމަތީގައި ފޮނިވެފަ... ކާކުތަމީދެން.

    14
    4
  4. ދަރަނި ދަންތުރަ

    މިއަދު މިގައުމުގެ ރައީސް ކަމުގައި އެމް ޑީ ޕީ ނޫން ޕާޓީ އެއްގެ މީހަކުހުރިނަމަ މިހާޜު މުޅިރާއްޖޭގައި އަލިފާން ރޯކޮށްފީސް ފުލުހުންގެ ވެހިކަލްތަށް އެކޮޅު ކޮޅުންޖަހާފީސް 10 ވަރަކަށް މިނސްޓަރުން ގެ ދަތްޕިލަ ދުއްވާލައިފީސް ، ކެނެރީގޭ ގުންޑާ ނިސްބަތްވާ ޕާޓީގެ މެންބަރުން ޔަގީން...

    29
    1
    • ފާދިގު މަކުނު

      ވާނެ ގޮތެއްވެފައި މިއޮތީ ކާބޯތަކެތި ލިބުން ދަތިވުމާ ގުޅިގެން ހިގާބަލަ މުޒާހަރާ ފަށަން ކެނެރީގޭ ގުންޑާ ނިސްބަތްވާ ޕާޓީ ތޯ މުޒާހަރާ ކުރެވެނީ ބަލާލަން ބޭނުމީ މާލެއިން 75 އިންސައްތަ މީހުން އެބަތިބި އެންމެ އަވަހައް އޮންނަ މުޒާހަރާތައް ތައްޔާރުވެ !!!!

      8
      2
      • Anonymous

        ? މަވެސް ނުކުންނާނަން

  5. އަތުންބަތުން

    ސަރުކާރުގެ އިސްބޭފުޅުންނޭވެ، އަޅުގަނޑުމެން ގޭގަ ބައިތިއްބައިގެން ޓެސްޓް ކޮއްދީބަލަ ހުރިހާ ރައްޔިތުން. މިގޮތަށް މިކަން ކޮއްދިނީމަ ތިބޭފުޅުންނަށް އިނގޭނެ ބަލި ހުރި މީހުުން އެކަހެރިކުރަން. އޭރުން ބަލި ފެތުރުން ކުޑަވާނެނުންތޯ.
    މިއީ އެންމެންގެ ސަލާމަތަށްޓަކައި ބުނެލާ ވާހަކައެއް. މިކަން މިގޮތައް ކޮއްދީ

    3
    1
  6. މުގުނީ

    ކޮބާ ކޮރޯނާވެކޮސިން މުގުނީ ފިލީތަ

    9
    1
  7. Anonymous

    ރައީސް ތިކަހަލަ ވާހަކަ ނުދައްކަވާށެވެ. މިވީހާތަނަށް އެ ހިދުމަތްތެރިން އުޅުނުގޮތް ދެކެފީމެވެ.ކިތައްމެ ފަހަރަކު އެމީހުންގެ ކައިރިއައްގޮސް އާދޭސް ކޮއްފީމެވެ. އެމީހުންގެ ފޮނިކަމާ ބޮޑާކަން ދެކެފީމެވެ.މިފަހަރު މިއޮތީ ބޮޑާކަންް މަތީތިބި މީހުންނަށް ފުރާނަ އަތްމައްޗަށް ލައިގެން އުޅެންވީ ވަގުތު ޖެހިފައެވެ. މިފަހަރު ތިހުރި ވަރެއް އެނގިދާނެތާއެވެ.

  8. ޑަބިޔާ

    މީހުންނައް ދެއްކެން މާމޮޅުކަމަށް ރޯންއުޅޭނެ ކަމެއްްނެތް ތިމާ މިންމީހުންގެ އިހުމާލުން މިހިސާބައް ދާންޖެހުނީ އަންނި ބުނާއެއްޗެއް ހެދީ ޑޮކްޓަރުން ނާއި ސިފައިން ނުނިކުންނަން ބުނެގެން މީހުންނާނަގޮތްހެދީ. ދެން ކަލޭން ބޮޑުންގެ މީހުންތައް މިތަނައްގެނަސް ގޭގަ ތިއްބީ 14 ދުވަސް ފަހުން އަލާމާތެއް ނުފެންނާތީ ޓެސްޓް ނަހަދާ ދޫކޮއްލީ. ކަލޭމެންގެ އިހުމާލުން މިހިސާބައްދިޔައީ. މުޅި ދުނިޔޭގެ ޑޮކްޓަރުން ސައިންސް ވެރިން އެގޮވަނީ ބަލިޖެހިފަ އިންސާނާގައިން އަލާމާތެއް ނުފެނި ރަނގަޅު ވާހަކަ. އެވަރުންވެސް ދޫކުރީ ކަލޭމެން ޓެސްޓު ނުކޮއް