އައްޑޫ ސިޓީ މަރަދޫއިން ކޮވިޑް-19 އަށް ޝައްކުވެގެން ކަރަންޓީން ކުރުމަށް މިއަދު ހެނދުނު މާލެއަށް މީހަކު ގެނެސްފައިވާއިރު، އެމީހާ މާލެ ގެނެސްފައިވަނީ އާއިލާއަށް އޮޅުވާލައިގެންކަން ހާމަވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މިއަދު ހެނދުނު ޗާޓަރު ފްލައިޓަކުން މާލެގެނައި އެ މީހާގެ އާއިލާ މީހަކު ބުނެފައިވަނީ އޭނާ ދިރިއުޅޭ ގެ ރޭގެ ވަގުތެއްގައި ކަރަންޓީން ކުރުމަށްފަހު އެމީހާގެ ސާމްޕަލް ނެގި ކަމަށެވެ. އަދި މިއަދު ހެނދުނު އޭނާ ކަރަންޓީން ކުރުމަށް ގަމުގައި ހުންނަ ފެސިލިޓީއަށް ގެންދަން އެމީހުން އޭނާ ގޮވައިގެން ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގެންދަނީ މާލެއަށް ކަމަށް އޭނާ އަމިއްލައަށް ގުޅާފައި ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތުދިން މީހާ ބުންޏެވެ.

"މިއަދު ހެނދުނު އައިސް ބުނީ ކަރަންޓީން ކުރުމަށް ގަމުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ގެންދަނީ އޭ. އެހެނޭ ކިޔާފަ ދޮގު ހެދިކަން އެނގުނީ ފަހުން އޭނާ ގުޅާފައި މާލެ ގެންދަނީ އޭ ބުނި ހިސާބުން. އޭނާގެ އަތުގައި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ވެސް ނެތް އެގަޑީގައި،" އާއިލާއިން ބުންޏެވެ.

މިއަދު ހެނދުނު އޭނާ މާލެ ގެންދަން ގެއިން ގޮވައިގެން ދިޔައިރު، އައްޑޫ ސިޓީގެ ފުލުހުންގެ އިންޗާޖު ހުރި ކަމަށާއި އޭނާ އެމީހުން ކައިރީ އާއިލާއަށް އަންގާފައި ގެންދިއުމަށް ބުނެފައިވާ ކަމަށް ފުލުހުންގެ އިންޗާޖު އާއިލާ ކައިރީ ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ފަހުން ގެންދިއުމުން އޭނައަށް އެއްޗެހި ފޮނުވޭނެ ގޮތެއް ހަދައިދޭނަމޭ ފުލުހުންގެ އިންޗާޖު ބުނެފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއިން ބުނެފައިވަނީ އޭނާ އަކީ މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި އަންހެން މީހާ ދިޔަ ގެއެއްގައި ހުރި މީހެއް ކަމަށެވެ.

"މާލެއިން އެ އަންހެން މީހާ ފައްސިވުމާއި އެކު އަޅުގަނޑުމެން އެޗްޕީއޭއަށް އެންގިން. އެތަނުން ބުނީ، ސަރުކާރުން ގޮތެއް ނުނިންމައޭ އިރުކޮޅަކުން އޮންނަ ޕްރެސް ކޮންފަރެންސް ބަލާށޭ،" ކަރަންޓީން ކުރުމަށް މާލެ ގެންދިޔަ މީހާގެ އާއިލީ މީހަކު ކިޔައިދިނެވެ.

އެޗްޕީއޭއިން އެގޮތަށް ބުނުމުންވެސް އާއިލާއިން އެތަށް ފަހަރަކު ގުޅުމުން، އެއީ ޑައިރެކްޓް ކޮންޓެކްޓް އެއް ނޫނޭ ބުނެ ރަނގަޅުވާނެޔޭ ބުނެފައިވާ ކަމަށް އާއިލާއިން "ވަގުތު" އަށް ކިޔާދިނެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓު ޓްރޭސިން އަދިވެސް ހަދަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އެޗްޕީއޭ އިން ވަނީ އުއްމީދު ކުރި ވަރަށްވުރެ ގިނަ ކަމަށްވެސް އެޗްޕީއޭ އިން ވަނީ މީގެކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަންޕަ

    ޢާއިލާއިން ތިޔަހެން ބުންޏަސް ހިޔެއްނުވޭ އެޗްޕީއޭއިން އެހާ ކަން ފަސޭހަކޮށްލަ ފާނެއެކޭ ތީގަ އާއިލާ ފަރާތުގެ އޮޅުވާ
    ލު މެއް އުޅޭ ކަ މަށް ހީވަނީ

    9
    2
    • އެމްޑީޕީ ބުރޯ

      އާއިލާއިން އޭނާ ގެންދިއުމަށް ދެކޮޅުހަދާ ހުރަސްއަޅަން އުޅުމުންވެސް ފުލުހުންގެ ބުރަމަސަތްކަތުން އޭނާގެންދިޔައީ ގަދަކަމުން! މިމައްސަލައިގައި އާއިލާގެ ފަރާތުން ދޮގުމައުލޫމާތު ފަތުރަނީ ސިޔާސީ އިދިކީލި ބައެއްގެ ރޭވުމެއްގެ ތެރެއިން މިއީ ވަރަށް ދެރަވަރުގެ ކަމެއް!

  2. ހުން

    އޮޅުވާލުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ސަރުކާރުގެ އިހުމާލު ވަރަށްބޮޑު

    12
    3
  3. މޫން 1972

    މީތެދަކަށް ވާނަ މަ ވަރަށްދެރަކޮށް ކުރިކަ މެއް! މިނާޒުކު ދަނޑިވަޅުގަ ރަށްޔިތުންނާ ގުޅިގެން ކުރިއަށްދާން ވާނީ.

    5
    3
    • ބއފޅ

      މީ ވަގުތަކީ ސަރުކާރުން ބުއްފުޅި ޖައްސާނެކަމަށް ދެކެންވީ ވަގުތެއްނޫން. މިދަނޑިވަޅުގަ ދިވެހިރާއްޖޭގެ ފަސްގަނޑުގަ ތިބެން ފުރުސަތު ލިބުމަކީވެސް ނިއުމަތެއް. އެހެން ގައުމުތަކުގަ ހާދަ އިހާނެތި ގޮތަކަށޭ ކަންތައްވަމުން އެދަނީ. އެމީހުނަކަށް ބަލިޖެހޭ މީހުން ޑޮކްޓަރަށް ދެއްކޭނެ ގޮތެއްވެސް ނެތިގެން އެއުޅެނީ. އެއާ ޚިލާފަށް ރާއްޖޭގަ ކިރިޔާ ބަލީގެ އަލާމާތެއް ހުންނަ މީހާއަށްވެސް ފުރުސަތު އެބަލިބޭ ޑޮކްޓަރަށް ދައްކާ ބޭސްފަރުވާ ކުރުމަށް. އަނެއްކޮޅުން ތިޔަ ބުނާ ފަރާތް މިވަގުތު ސަރުކާރުގެ ފުރިހަމަ ބެލުމުގެ ދަށުން ފަރުވާކުރުމަށްޓަކައި ޗާޓަރު ފުލައިޓެއްގަ މާލެ ގެންދިޔުން އެއީ އެފަރާތަށާއި އާއިލާ މީހުނަށް ލިބިގެން ދިޔަ ކޮންފަދަ ނަސީބެއްނޫންތޯ. ނިއުމަތަށް ޝުކުރު ކުރަންނޭގޭ މީހަކާ ބުއްދިޔެއް ނެތް ޖަނަވާރުންނާއި އެއްވެސް ތަފާތެއް އެބަހުރިތޯ.

  4. ހަސަން/އައްޑޫ

    އޭނަގެ ސަލާމަތަށާއި އެހެން މީހުންގެ ސަލާމަތަކަށް ކުރާ ކަމެއް. އޭނަ މަރާކަށް ނޫން ގެންދިޔައީ.

    8
    2
    • ބޯކިބާ

      މާލޭ ބޮޑުގަބީލާއެއްގެ ސޮރަކު އެގޮތަށް ގެންދިޔަނަމަ އެންމެ އަޑުގަދަކުރާނީވެސް ހަމަ ކަލޭ.

      1
      1
  5. އިނަސާނާ

    މުޅި އާއިލާ ކަރަންޓީނު ކުރޭ

  6. މިހާލަތު

    އާއިލާ އަށް އަންގަން ޖެހޭނެ ކަމަކަށް ނުދެކެން. މިހާރު މިއޮތީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގަ. ޝައްކުކުރެވޭނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބޭނުން ވެއްޖެ ނަމަ ގެންދެވޭނެ. ވަރަށް ބަސްއަހާ ބައެއްވިޔަ ދިވެހީންނަކީ.. އެންމެންގެ ސަލާމަތަށްޓަކައި އެކަންކުރުމަކަށް ހުރަހެއް ނެތް...

  7. ފޭސް

    ތިއީ ތެދަކަށް ވާނަމަ ވަރަށް ދެރަ ކޮވިޑް 19 ޖެހޭޭމީހަގެ ވަނަވަރު ނޭނގި ކިހިނެއް އެމީހަޔާ ދިމާވިކަމެއް އެހެންމީހުނަށް އަންގޭނީ ދެން ކިހިނެއްތޯ ފަރުދީ ޒިންމާ އަދާކުރާނީ