އޭޑީކޭ ހޮސްޕިޓަލުން އާންމުންނަށް ބޭސް ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރުގެ ލިއުމަށާއި ކުޑަކުދިންނަށް ބޭނުންވާ ތަކެތި އެ ހޮސްޕިޓަލުން ޑެލިވަރީކޮށްދޭނެ ކަމަށެވެ.

އެގޮތުން ޑޮކްޓަރުގެ ލިއުމަށް ބޭސް ނަގާ މީހުން ބޭސް ސިޓީގެ ފޮޓޯއެއް ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 7258555 ނަންބަރަށް ފޮނުވަން އޭޑީކޭ އިން އެދެއެވެ. އެކަމަކު، އެ ތަނުން ބޭސް ޑެލިވަރީކޮށްދެނީ ހަމައެކަނި މާލެއަށެވެ.

ޑޮކްޓަރުގެ ލިއުން ނެތް ނަމަވެސް 100ރ. މަތީގެ އަދަދަކުން ނަމަ ކަސްޓަމަރުން ބޭނުންވާ ބޭހާ ބޭހުގެ ބާވަތްތައް އޭޑީކޭއިން ޑެލިވާކޮށްދޭނެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ޑެލިވާކޮށްދޭ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 14:00 އަށް، މެންދުރުފަހު 15:00 އިން އިރުއޮއްސި 18:00 އަށް މީގެއިތުރުން ރޭގަނޑު 20:00 އިން 23:00 އަށެވެ.