މުވައްޒަފުން ބޭނުން ކުރާ މާސްކް ހުސްވެ، އިހުސާން ފިހާރަ އިން ޑެލިވަރީ މެދުކަނޑާލަން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އިހުސާން ކުންފުނީގެ މެނޭޖަރު މުހައްމަދު އިހުސާން "ވަގުތަށް" މިއަދު ވިދާޅުވީ ކަސްޓަމަރުންނަށް ޑެލިވަރީ ކުރުމުގައި ދަތިތަކެއް ދިމާވީ މުވައްޒަފުންނަށް ބޭނުންވާ އަންގި އާއި މާސްކާއި ސެނިޓައިޒާ ގާތްގަނޑަކަށް ހުސްވަމުންދާތީ ކަމަށެވެ. އެތަކެތި ހޯދަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މުވައްޒަފުންނާއި ޑެލިވަރީ ކުރުމުގައި އުޅޭ މީހުން ބޭނުން ކުރާނެ ޕްރޮޓެކްޓިވް ގިއާ ގާތްގަނޑަކަށް ވަނީ ހުސްވެފައި. މިހާރު އިދާރާތަކަށް އެކަން އަންގައިފިން،
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުނީގެ މެނޭޖަރ އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން ވޮލަންޓިއާކޮށްގެން ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅޭނެ ބަޔަކު އެކަން އެންގުމަށް އެ ފިހާރަ އިން އެދެއެވެ.

"އަސްލު މިކަމުގެ ސަބަބުން ވަރަށް ބޮޑު އުނދަގުލެއް މި ދިމާވީ. އަދި ކުރިއެރުމެއް ލިބޭ ގޮތެއް ނުވޭ،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ފިހާރައަކީ ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. އެ ފިހާރަ އިން 100ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ޑެލިވަރީގެ ގޭގެ ދޮރާއްޓާ ހަމައަށް ގެންގޮސް ދޭނެއެވެ.

އިހުސާން ފިހާރަ އިން ބުނި ގޮތުގައި 7291003 ނަންބަރަށް ބޭނުންވާ ތަކެތީގެ ލިސްޓާއި ގޭގެ އެޑްރެސް ޖެހުމަށް ފަހު ވައިބާ ކުރުމުން ޑެލިވަރީ އޯޑަރު ކުރެވޭނެއެވެ.

އަދި އޯޑަރު ކުރާތާ ގިނަވެގެން 35 މިނިޓް ތެރޭގައި ޑެލިވަރީ ކޮށްދޭނެއެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާ ތަކެއްޗަށް ކޭޝް މެދުވެރިކޮށާއި، އޮންލައިން ޓްރާންސްފާ މެދުވެރިކޮށް އަދި ކާާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢެޑްމުންޑޯ

    ހުއްޓާނުލާ ކުރިއަށް ގެނދަވާ ، މާސްކް އެންމެ ރައްކާތެރީ ފޮތިކޮޅެއް ވީދާލާގެން އަގަޔާއި ނޭފަތް ފުރޮވޭގޮތަށް އެޅުން

    27
    1
  2. ދދދދދދ

    އަނހާ ހުސް ނުވާވަރަށް ގެނައި މާސްކް ހުސްވީ؟ ހިތަށް އަރާއިރަށް އެކަހަލަ އެއްޗިހި ބުނާތީ އެވާހަކަ ދެއްކެނީ.

    29
    6
  3. އައިމީ

    އަބަދުވެސް އެހެންމީހުންގެ ކުށްދައްކަ ދައްކާ ނުތިބެ އޭރުވެސް އެމީހުން ބުނިގޮތަށް ގޭގަ ތިބެ ﷲ ތަޢަލާއަށްގެ މަގަށް ރުޖޫޢަވީނަމަ މިހެންނުވީސް. ކަލޭމެން ކުށްދައްކާ މީހުން އަބަދުވެސް ތިބޭނީ ކުށްދައްކަން. މުޖުތަމަޢު ފަސާދަކުރަން. ދެންވެސް ކެތްތެރިވެ ދުޢާކޮށްބަލަ. އިންޝާﷲ ރަނގަޅުވާނެ

    40
    4
    • Anonymous

      ! މމީ އެހެންބައެއްގެ ވެރިކަމެއްނަމަ މިއެމްޑީޕީ ބައިގަނޑު ކެކިއުތުރިއަރާނެ މަގުމަތީގަ ތިބޭނީވެސް އެކަމަކު މިހާރު އަހަރެމެން އެއްޗެކޭބުނީމާ ނުފެންނާނެ ވެރީންގެ ގޯހެއް ބުނާމީހާނުބައިވާނީ

      58
      8
      • ޏަމްޏަމް

        މި ގޮތްގަނޑު ދޫކޮއްލަން ޖެހޭހެން ހީ އެބަވޭ. މީހުންނަށް އެއްޗެހި ނުކިޔާ އެއްބައިވަންތަކަން ދަ މމމ މަހައްޓަން އެބަ ޖެހޭހެން. ދީނުގަވެސް އޮންނަނީ ރުޅިނައިސް އަޚުވަންތަކަން ދަ މެހެއްޓުން. މުސްލި މެއް ޖެހޭނެ އެހެން މުސްލި މުން ދެކެ ލޯބިވާން.
        ތިހުރިހާ އެން މެންނަށް ހެޔޮ ދުޢާ ކޮއްދެން☺

        10
        4
    • Anonymous

      އެންމެ ކުޑަމިނުން ހޭންޑް ސެނިޓައިޒާކޮޅެއްވެސް ހޯދައެއްނުދެވޭ! އެސްޓީއޯ ބޭސްފިހާރައަށް ވެސް ސެނިޓައިޒާ ލިބުނު އެކަމަކު މިރަށު އާންމު ރައްޔިތަކަށް ގަންނަންވެސް ނުލިބުނު ބުނީ އެއެއްޗެހި ދޫކުރަނީ ހުއްދައޮންނަ ވަކިބަޔަކަށޭ!އެއީކޮންބައެއްކަމެއްވެސް ނުބުނޭ ވަރިހަމައެންނޫންތަ ފިހާރަތަކަށްވެސް ދޫކުރަން އަބަދު ާރީގަ އަތްލާތަންތަންވިއްޔާއެއީ!އާންމު ރައްޔަތުން ހަނާވަނީ ވެރިމީހާ ރޮނީ ދެން މީވަރަށްވާހަކަ

      18
      3
    • ޏަމްޏަމް

      ?ސުލްހަވެރިޔާ???

      2
      4
  4. Anonymous

    އެންމެ ކުޑަމިނުން ހޭންޑް ސެނިޓައިޒާކޮޅެއްވެސް ހޯދައެއްނުދެވޭ! އެސްޓީއޯ ބޭސްފިހާރައަށް ވެސް ސެނިޓައިޒާ ލިބުނު އެކަމަކު މިރަށު އާންމު ރައްޔިތަކަށް ގަންނަންވެސް ނުލިބުނު ބުނީ އެއެއްޗެހި ދޫކުރަނީ ހުއްދައޮންނަ ވަކިބަޔަކަށޭ!އެއީކޮންބައެއްކަމެއްވެސް ނުބުނޭ ވަރިހަމައެންނޫންތަ ފިހާރަތަކަށްވެސް ދޫކުރަން އަބަދު ާރީގަ އަތްލާތަންތަންވިއްޔާއެއީ!އާންމު ރައްޔަތުން ހަނާވަނީ ވެރިމީހާ ރޮނީ ދެން މީވަރަށްވާހަކަ

    18
    2
    • ޢެއްވެސް މީހެއްގެ ބޮލުގަ ނާޅުވާ!

      ސުވާލު:ސަރުކާރުގެ މައްސަލަ؟
      ޖަވާބު: ﷲގެ އިރާދަ☺

      5
      20
      • Anonymous

        އާނ ކަލޭމެން ކޮއްފިއްޔާ ތިކަހަލަ ވާހަކަދެއްކޭނެ!އެހެންމީހުން ކޮއްފިނަމަ ވައްކަން

        14
      • ވިސްނާލުމަށް އެދެމޭ

        ކަލެއަށް ﷲތައާލާގެ ކުޅަދުންވަތައޭކިޔާ ކާތަކެތި ރޯނުފިލުވާ އަނގަހުޅުވައިގެން އެނދުގައޮންނަވީތަ...ދެން ކީއްކުރަން ފިހާރަތަކަށް ސާ މާނުތަ ގެނެސްދޭން ގުޅަނީ..އޮންނަންވީ ﷲތައާލާ ކުޅަދުންތަކަށް ހިތަންއަރުވައިގެން....ﷲ ތެދު މަގުދައްކަވަނީވެސް ކަންތައްތަ ފަސޭހަ ލުއިކޮއްދެއްވަނީވެސް އެކަލާންގެ މަދަދާއެކު އެދިގެން އަ މަލުކުރީ މަ...

  5. ހިމާރުލް ޤައުމު

    ޢަލީ ވަހީދު ވިދާޅުވީ ބައިމިލިއަން މާސްކު ހުރިކަމަށް ފޮރުވާފަ. ޢަވަހަށް ފޮނުއްވައިދެއްވާ

    20
  6. ޑޭވިޑް

    މާސްކް ނާޅަން ނޫންތޯ މަބުރޫކު އެއަންގަނީ!

    11
  7. ޢައިޝާ

    މިދަނޑިވަޅުގައި ފޮތި މާސް ބޭނުން ކުރުން ބުއްދިއްވެރި.

    12
    1
  8. އާދަމުގެދަރި

    ކޮބައިތޯ އިއްޒަތްތެރި ހައްގުތައް މަތިވެރި ހައްދެއް ނެތް މިނިވަންކަން ފުރިހަމަ ގައުމުގެ ޒުވާން ނޯޖަވާނުން. ގައުމަށްޓަކައި ވަޠަނަށްޓަކައި ހޭއަރާކަށް ނުވޭތޯ. އަދިވެސް ތިބެންވީ 24 ގަޑއިރު ހަމައިން ނެއްޓިފައިތޯ. މާސްކަކީ ހެދޭ އެއްޗެއް. އެހެން ގައުމުތަކުގައިވެސް ހުރިހާ މާސްކެއް ހަދަނީ ފެކްޓްރީއެއްގައެއް ނޫން. މާސްކް ހަދަން ނުކުންނަންވީ ނޫންތޯ. ދެއަތް އުރާލައިގެން ނާނާކިޔާފައި ރަޖާ ދަށަށް ވަދެ ފޯނުން ޓިކޮޓިކް ކުޅެން ތިއްބަސް ކަންކަމެއް ފުރިހަމައެއް ނުވާނެ. މިހާރުވެސް މިގައުމުގެ ރައްޔިތުންނަށްޓަކައި އެއްގެއެއްގެ ދޮރުން އަނެއް ގެއެއްގެ ދޮރާ ހިސާބަށް ކާބޯތަކެތި ގެންގޮސް އެދެނީ ހިތްވަރުގަދަ ހިތްމަތްތެރި ކެރޭ ބަންގާޅީން. ހަގީގަތުގައި މި ބަންގާޅީން ބައިތިއްބާފައި މިގައުމުން ބޭރުކޮށްލަންވީ މި ނޯޖަވާނުން ނޫންތޯ

    12
    1
  9. ދަޔާ

    ކޮން މެހެން މާސްކަކަށް ވާކަށް ނުޖެހޭ ރު މާލެއް އައްސާލި ޔަސް ރަގަޅުވާނެ
    ޙަ މަ ބަހަނާ