މާލެއިން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް މީހެއް ކަން "ވަގުތު" އަށް ކަށްވަރުވެއްޖެއެވެ.

މައުލޫމާތު އިނގޭ ފަރާތަކުން "ވަގުތު" އަށް ބުނެފައިވަނީ މިއަދު ހެނދުނު މާލެއިން ފައްސި (ޕޮޒިޓިވް) ވެފައިވާ ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އަކީ މާލޭގައި ދިރިއުޅޭ އެހެނިހެން ބަންގްލަދޭޝް މީހުން އުޅޭ ގޮތަށް ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ އުޅޭ މީހެއް ނޫން ކަމަށް އެފަރާތުން ބުންޏެވެ. އެގޮތުން އެމީހާ ދިރިއުޅެމުން އަންނަނީ އޭނާ ކައިވެނި ކޮށްގެން އުޅޭ އަންހެން މީހާގެ ގޭގައި ކަމަށް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އޭނާ އަކީ މާލެއިން 10 ވަނަ އަށް ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓް ނުވަތަ ސީދާ ބައްދަލުވި މީހެއް ކަމަށެވެ.

"ވަގުތު" އަށް މި މައުލޫމާތު ކަށަވަރުވެފައިވާއިރު، ރޭ އެޗްޕީއޭއިން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ބަލި ޖެހިފައިވާ މީހުންގެ މައުލޫމާތު ހާމަ ކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލާފައެވެ. އެހެން ކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެމީހުންގެ މައުލޫމާތު އާންމު ކުރުމުގެ ބާރާއި އިހުތިޔާރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންދެއެވެ. މި ބާރު އަދި ބޭނުން ނުކުރެވި އޮތީ ބައެއް ކަހަލަ ޤާނޫނު ހުރަސްތަކެއް ހުރުމުންނެވެ.

ކޮވިޑް-19: މާލެއިން ބަންގްލަދޭޝް މީހަކު ފައްސިވެއްޖެ

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 32 މީހަކު ފައްސި ވެފައިވާއިރު، އޭގެ ތެރެއިން 12 މީހުންނަކީ މާލެއިން ފައްސި ވެފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނަމަ

  ނަސީބެއްނު އެހެންނޫން ނަ މަ ބަލި ފެތުރޭމީހުން ގިނަވީސްތާ

  56
  2
  • ޢަލީ

   ދިވެހިން ވަކި ރަނގަޅުތަ؟ މަތިން ބާވައި ލެއްވި ބައެއްތަ އެއީ؟

   20
   2
   • ނަމަ

    ނޫން އެކަމަކު އެމީހުން އުލެންޖެހިފަވާ ގޮތުން ޖެހޭމީހުން ގިނަވާނެދޯ

  • މަ

   އަލްހަމްދު ލިﷲ

   14
  • ނަސީބު

   ހައްތާވެސް ނަސީބު.

   13
  • ޙައްގުބަސް

   ގަވާއިދާ ޚިލާފަށް މިގައުމުގައި އުޅޭ ބިދޭސީން މިގައުމުން ބޭރުކުރާށޭ!!

   20
   2
 2. ???☺️????☹️????

  ??

 3. ..

  ސުބުހު! ?

  2
  2
 4. ކިއާރާ

  އަސްލު ބުނަންތަ......ބިދޭސީން މާ ފަރުވާ ކުޑަ...ދިވެހިންވެސް ވަކި ކިޔަމަންތެރި އެއް ނޫން... އެޗްޕީއޭ އިން އަބަދު ލެއްވި ހުރިހާ ބަހަކުން ހޭލުންތެރި ކުރުމުގެ މެސެޖުތައް ފޮނުވާ.. އެކަމަކު މަދު ބިދޭސީއެއް،ދިވެއްސެއް އެއަށް ޢަމަލު ކުރާތަން މި ފެންނަނީ.. އަދި ރާއްޖެ މީހަކާ ކައިވެނި ކޮށްގެން އުޅެންޏާ މާ ބޮޑަށް ހޭލުންތެރި ވާންޖެހޭ ކަމަށް ޤަބޫލު ކުރެވޭ.......

  5
  2