މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ނަގަން ޖެހޭ ހުއްދަ ނުހޯދައި އައްޑޫ އަށް ލޯންޗެއްގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ފުރައިގެން ދިޔަ މުވައްޒަފުންތަކެއް ރަށަށް ނާރުވައި ގިނަ އިރުތަކެއް ހޭދަވެގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދު އާންމު މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ މުއައްޒަފުންތައް ރަށަށް ގޮސްފައި ވަނީ ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބުމަށް ފަހު ކަމަށާއި، ނަމަވެސް އެމީހުން ގޮސް ހިތަދޫ އަށް ކައިރި ކުރުމުން ކޯސްޓުގާޑުން އެމީހުން ރަށަށް އެރިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން ފޭދޫ އަށް ދިޔަ އެހެން ރިސޯޓެއްގެ މުވައްޒަފުންތަކަކަށް ރަށަށް އެރުމުގެ ހުއްދަ ދީފައި ކަމަށް އެޕޯސްޓުގައި ވަނީ ބުނެފައެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ މެރިން ޕޮލިހުން އެމީހުން ރަށަށް އެރިޔަ ނުދީ ހިފަހައްޓާފައި ވަނީ، އެޗްޕީއޭގެ ހުއްދަ ނުލިބުމުން ކަމަށެވެ. އަދި އެމީހުންނަކީ 15 ގަޑި އިރު ދަތުރުކޮށްފައި ދިޔަ ބައެއް ކަމަށްވެފައި އިތުރަށް ފަސް ގަޑި އިރު ހިތަދޫ އަށް ނޭރި ތިބެން ޖެހުމުން ވަނީ ބަނޑުހައި ހޫނުކަމާއިވެސް ކުރިމަތިލާން ޖެހިފައި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ މިހާރު އެމީހުން ރަށަށް އެރުމުގެ ހުއްދަ ދީފައި ކަމަށާއި، އެމީހުންނަށް ހުއްދަ ނުދީ ގިނަ އިރު ކުރަން ޖެހިފައި ވަނީ އެޗްޕީއޭ އިން ހުއްދަ ނުހޯދައި ދަތުރު ފެށުމުން ކަމަށެވެ. އަދި އެކަމަކީ ކައުންސިލުން ކުރަމުން ދާ ކަމެއް ނޫން ކަމަށާއި އެކަމަށް ހާއްސަ ހުއްދަ ދޫކުރާނީ އެޗްޕީއޭ އިން ކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އައްޑޫ އަށް ދިޔަ މީހުންނަކީ އަމުރު ނެރުމުގެ ކުރިން އެރަށަށް ފުރާފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ ދެން ރަށަށް އެރޭނީ ހުއްދަ ލިބުމުން ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ އެމީހުންނަށް ރަށަށް އެރުމުގެ ހުއްދަ ދީފައި ނުވަނީ އެކަމުގެ ހުއްދަ އައްޑޫ ކައުންސިލުން ނުދީގެން ކަމަށާއި، އެމީހުންނަށް ބޭނުންވާ ކާބޯތަކެތި އާއިލާ ތަކާއި ގުޅިގެން ފޯރުކޮށްދީފައި ވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. --ލޮލީ

    ކާޑު ހިފާއިގެން ބަންގާޅު ބޯޓު އެބަ އާދޭ!

    7
    1
  2. ދަރަނި ދަންތުރަ

    ބުނާބަސް އަޑުއަހާށޭ ގާނޫނުތަކަށް ކިޔަމަވާށޭ ތިޔަބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެކޭއެއީ ހެޔޮނުވާނޭ ދިވެހިދަރިންނޭ ހޭއަރާށޭ އެހެންމީހުންގެ ރަށްކަލަށްޓަކާވެސް އަޑުއަހާ ކިޔަމަންވާށޭ

    26
    2
  3. ޒަހަަާ

    އަޅުގަޑަފެން ނަނީ ތިޔަ މީހު އަދި 4 ދުވަސް ވަދެން ސްކޫލް އެގެބަހަޓަން އާއިލާއާ ދުރުގަ