ލ. ފޮނަދޫ ގެއަކަށް ވަދެ ނުކުތުން މަނާކޮށްފިއެވެ.

ވަދެ ނުކުތުން މަނާކޮށްފައި ވަނީ އެރަށު ނިޝާން ގެއަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ ގޮތުގައި އެ ގެ ކަރަންޓީންކޮށްފައި ވަނީ އިއްޔެ މާލެ އިން އެ ބައްޔަށް ފައްސިވި މީހަކާއި އެ ގޭގެ ކުއްޖަކު ބައްދަލުވެފައިވާތީއެވެ.

އަދި އެ ގެއަށް މީހުން ވަދެ ނުކުތުން މަނާކޮށްފައި ވަނީ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ކަމަށް ބުނެފައި ވެއެވެ. އަދި ފައްސިވި ފަރާތާއި ގާތުން ބައްދަލުވެ، އަދި އެނޫން ގޮތަކަށްވެސް ބައްދަލުވެފައިވާނަމަ އެ ޓާސްކް ފޯސްގެ ހޮޓްލައިން ނަމްބަރު 7970214އަށް އަންގައިދިނުމަށް ވަނީ އެދިފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް 32 މީހަކު ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ތެރެއިން 12 މީހުންނަކީ މާލެއިން ފައްސި ވެފައިވާ މީހުންނެވެ.