މާލެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ފުރަބަންދުގެ މުއްދަތުގައި ގޭގެއަށް ފިހާރަތަކަށް މުދާ ޑެލިވަރީ ކޮށްދިނުމަށް 300 އަށް ވުރެ ގިނަ ވޮލެންޓިއަރުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ މިހާތަނަށް 300 އަށް ވުރެ ގިނަ ވޮލެންޓިއަރުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި ރިކޯޑު ސާފުކުރުމަށްފަހު ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް 7770779 އަށް ގުޅުއްވުމަށް ވެސް އެދޭ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ މަސައްކަތް ކުރަމުން ދާނީ ކަމާ ގުޅޭ އިދާރަތަކުގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
300 ahvure gina volunteers vanee shauguverikan faalhukoffa. Record saafukurumahfahu, kuriah dhaanvigothuge mauloomaathu hissaakurumah 7770779 inn gulhaane.
Masahkaiy kuramundhaanee kamaagulhey idhaaraathakuge lafaagemathin, rahkaatherikamuge fiyavalhu alhaigen. Shukuriyya. 🙏🏻🇲🇻— Ahmed Mahloof (@AhmedMahloof) April 18, 2020
ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މާލެ ފުރަބަންދުކޮށް، އާންމުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމުން އެފަރާތްތަކުން ބޭނުންވާ ތަކެތި މާލޭގެ އެކި ސަރަޙައްދުތަކަށް ޑެލިވަރީކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
ރޭ ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ވޮލެންޓިއަރުން ހޯދަނީ، މާލެ ސަރަޙައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އާއި އެކު އެމަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޑެލިވަރީގެ ޚިދުމަތަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރަމުން މި ދަނީ، ޑެލިވަރީގެ ހިދުމަތާއި ގުޅިގެން އާއްމު ބައެއް ފަރާތުން ޝަކުވާތަކަކާއި ކަންބޮޑުވުންތަކެއް ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މާޝާﷲ
ކެރަވަޅު ޖައްސަން އުޅޭ ވަސް ބޮޑަށް ދުވަނީ
ޢައިޑީ ކާޑު ކޮޕީ ފޮނުވަން ބުނީމަ ފޮނުވިން އެކަމަކު އެއްވެސް ހަބަރެއް ނުވި. ސީން ވެސް އަރުވާނުލި