ކޮވިޑް-19 އާ ގުޅިގެން ހިންގޭ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު އެމްއެންޑީއެފްގައި ކުރިން މަސައްކަތް ކޮށްފައިވާ ސިފައިންނަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން ފޯނުން ގުޅައި ނަންނޯޓް ކުރުމަށް ، ނުވަތަ ނަމާއި ނަންބަރު އީމެއިލް ކުރުމަށް ވަނީ އެދިފައެެވެ..

ފޯން: 3323708 ، 3322496
އީމެއިލް:[email protected]

ކޮވިޑް-19ގެ އޮޕަރޭޝަންތަކުގައި އިސް ސަފުގައި ސިފައިންނާއި، ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ސިފައިން ދަނީ އާއްމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ހަރަކާތްތެރިވަމުންނެވެ.

އަދި ކޮވިޑް-19 އާ ގުޅިިގެން ސިފައިންނާއި ފުލުހުން ވަނީ އެލާޓަށް ގެނެސްފައެވެ.

އެގޮތުން މާލެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން ސިފައިން އޮތީ އެލާޓް ލެވެލް ބްލޫ ވަން ގެނެވިފައެވެ. ބްލޫ ވަންއަކީ ކާރިސާއަކާއި ގުޅިގެން ގެންނަ އެލާޓެކެވެ.

މި އެލާޓާށް ގެނައެމާއެކު ހުރިހާ ސިފައިން މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނެ ކަމަށާއި، އަދި އެކި ދިމާލުގައި ސިފައިން ހަރަކާތްތެރިވަމުންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު