މަސް ދޯންޏެއްގައި އޮތް ހާލުބޮޑު ޒުވާނަކު ގދ.ތިނަދޫ އަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގދ.ކާޑެއްދޫ އާއި 48 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ސީ ކިންގް" ނަމަކަށް ކިޔާ ދޯންޏެއްގައި އޮތް ހާލު ބޮޑު ބަލި މީހަކު ތިނަދޫ އަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޭނާ އަކީ 21 އަހަރުގެ ޒުވާނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އޭނާ ތިނަދޫ އަށް ގެންދަނީ ނޭވާލާން އުނދަގޫވުމާއި ހޮޑާއެކު ލޭ އަންނާތީ ކަމަށް ކޯސްޓްގާޑުން މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަވަސް ޝިފާއަކައް އެދެން އާމީން
އަވަސް ޝިފާއަކަށް އެދެން! ޝަފާކަﷲ