މާލެ އިން 14 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 34 އަށް މިއަދު އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ފައްސިވި ދިވެއްސަކީ 27 ވަނަ އަށް ފައްސިވި މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އެމީހާގެ ބަލީގެ އަލާމާތްތައް ފެނި، ޓެސްޓްގެ ނަތީޖާ ފައްސިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް މާލެ އިން 14 މީހަކު ފައްސިވެފައިވާ އިރު، އޭގެތެރެއިން އެކަކަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ރާއްޖެ އިން 18 ދިވެއްސަކަށް ބަލި ޖެހުނު އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސަކާއި މާލެ އިން ފެނުނު 13 ދިވެހިންނެވެ.

ދެން ބަލި ޖެހިފައި ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.

މިއަދު އެކަނި ވެސް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބައްޔަށް ބަޔަކު ފައްސިވި ފަހަރެވެ. އަދި ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ބަލި ޖެހޭ މިންވަރު އިތުރުވުން ވަރަށް ގާތެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމައުގެ ތެރެއިން ކަން ވަނީ ޔަގީން ކުރެވިފައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. ބޭރަށް ނުކުންނަ މީހުންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން ވަނީ ފަށައިފައެވެ.

މި ބަލީގައި ރާއްޖެއިން 16 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވި ޑރ. ޝީނާ މޫސާ ވަނީ މިހާރު އޮތް ހާލަތު ދެމި އޮންނަ ނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ހޮސްޕިޓަލްތައް ފުރި މީހުންނަށް ފަރުވާ ނުދެވޭ ހާލަތަކަށް ގޮސް، މީހުން ބަލި ހާލަތުގައި އޮންނަން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޝީނާ ދެއްވިއެވެ.

މިހާރުގެ އަދަދުތަކަށް ރިއާޔަތްކޮށް، ކަމާ ގުޅޭ އިދާރާތަކުން ލަފާކުރާ ގޮތުން ގާތްގަނޑަކަށް 100 އެއްހާ މީހުން ބައްޔަށް ފައްސިވެފައި ތިބޭނެ ކަމަށް ޝީނާ ލަފާކުރައްވައެވެ. އަދި ފުރަބަންދުގެ 14 ދުވަހުގެ ތެރޭގައި އަޅާ ފިޔަވަޅަށް ފަރުވާ ކުޑަކޮށްފި ނަމަ ސިނާރިއޯ އިން ދައްކަނީ ފަރުވާ ނުދެވި 2،000 މީހުން މަރުވެދާނެ ކަމެވެ. އެހެންވެ، މިހާރު އޮތް ހާލަތަށް ވުރެ، އަދަދުތައް މަދު ކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޝީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މިއަދު

  މިލޮބުވެތި ދިވެހިގައުމުގެ ދިވެހިދަރިންނޭ ހެޔޮނުވާނެ ޑަކުޓަރުންގެ ގަސްއަހާ ކިޔަމަންވޭ ރޯގާގެ ކުޑަނަމަވެސް އަލާމާތެއް ހުރިނަމަ އެކަން ސިއްރު ނުކުރޭ ޕޮޒިޓިއު އެއްވެސް ކޭހަކާއި ޑައިރެކުޓް ވެފައިވާނަމަ އަމިއްލަ ޒިންމާއެއްގެގޮތުން އެޗް ޕީ އޭ އަށް އަވަހަށް ރިޕޯޓްކުރޭ ހެޔޮނުވާނެ މިނުރައްކާތެރި ވައިތަހުން މިލޮބުވެތި ގައިމު ސަލާމަތްކުރުމަށް ފަރިދީގޮތިން މަސައްކަތް ކޮށްދެއްވާ

  82
  2
 2. ?

  ޙަސްބުނަﷲ ވަ ނިއުމަލް ވަކީލް?

  89
  2
 3. ޢާދޭސް

  މީދެން ހެއްވަކަމަކީ ، އެބައެނގޭ ކޮންޓެކްޓްކޭސް އެއްކަން ، ދެން ކީއްވެ މާލެތެރަށް ދޫވެފަ ހުންނަންވީ ، ޕްޒިޓިވްވީމަނޫން ދޯ އައިސޮލޭޓްކުރަންޖެހޭނީ ، އެއްގޮތަކީ ކޮންޓެކްޓްވިކަން އެނގިހުރެ އަންގާފައިނުވާތީ އަދަބުދޭންވީ

  51
  1
 4. ފުލުސް

  ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ޗާންސްއެއްނެތްތޯ

  28
  2
 5. ޙސ

  ޔާﷲއަޅަ މެން މި ބަލިން އަވަސް ފަރުވާ މިންވަރު ކުރައްވާ އަވަސް ސިފާ ދެއްވށދޭވެ އާ މީން

  64
  1
 6. ޢަނގަބެ

  ތިބައި މީހުން ފުރާޅު ތަކަށާއި ޓެރަސް ތަކަށްއަދި ބެލްކަނި ތަކަށް ނުކުމެ ތިބައިމީހުންގެ ވެރި ރައްބަށް ގޮވާލާ ނަން ހެއްޔެވެ އެހީއަކަށް ނޭދޭނަން ހެއްޔެވެ އަން އެތިކަލް ކަމެކޭ ބުނެފާނެތީ ބޯދާގޮތެކޭ ކިޔާ މަލާމާތް ކޮށްފާނެތީ ތިބައިމީހުންގެ އަޑު އުޑަށް ފޯރުކުރުމަށް ޖެހިލުން ވަނީ ދޯ

  33
  16
  • ޙޖހ

   ބެލްކަންޏަށް ނުނިކުތަސް ކޮޓަރީގަވެސް ކުރެވޭނެ.

 7. ކޮރަލް

  40 ހާހުން މަތީ މުސާރަތައް ކުޑަ ކުރަން ވީ ވަގުތެވެ. ފަގީރުންނަށް ހިޅޭ އެހީވާން ވީ ވަގުތެވެ.

 8. ހަރުމީހާ

  ހަރުކަށިބަޔަކަށްވެދާނެއޭރުން

 9. ދިވެހި ދަރިއެއް

  މިފަދަ ދަނޑިވަޅެއްގައި ގޭގައި ތިބުމަކީ ރައްޔިތުންނަށް މިކަމުގައި ޤައުމެގެ އެންމެހައި ރައްޔިތުންގެ ރައްކާތެރިކަމަށް ކޮއްދެވޭނެ ކަމެއް، ވީމާ ގޭގައި ތިބެވޭތޯ ބެލުމަކީ ހުރިހާގޮތުންވެސް ވާޖިބެއް. ޢަދި ސަރުކާރުން ބުނާގޮތުން މީގެ ކުރިން ވަނީ ހަރުދަނާ އެސް.އޯ.ޕީ ތަކެއް ހަދާފައި، ވީމާ މުޖުތަމައުތެރެއަށް މި ވައިރަސް ނުކުތް ގޮތެއްވެސް އެބަޖެހޭ ހޯދަން. ޢޭރުން ބަލިނައްތާލުމަށް ފަސޭހަވާނެކަމަށް ފެނޭ. ޢަދި މިކަމުގައި ކޮންމެވެސް ބަޔަކުގެ އިޙްމާލު ވާކަން ކަށަވަރު.

  • އަހުމަދު

   ވަރައް ތާއީދު. އެކަމަކު ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައިމާ ދެން ޓްރޭސް ނުކުރާނެ ވަކި ހިސާބަކުން. ދެން ހަމަ އޮތީ ގޭގައި މަޑުކުރުން ހިއްވަރު ކޮއްލާފަ. އޭރުން އިންޝާ ﷲ ރަނގަޅު ވާނެ.

 10. ދިވެހިން

  ޕޮސިޓިވު ވާމމމމ މީ ހާގެ އެޑުރެސް ހާ މަ ކޮއްނު ދޭތީ އެގެ އެއް އެންގެން ޖެހޭތާ!
  މާފަހުން ގެމިބުނަނީ !

 11. ދިވެހިން

  ޕޮސިޓިވު ވާ މީ ހާގެ އެޑުރެސް ހާ މަ ކޮއްނު ދޭތީ އެގެ އެއް އެންގެން ޖެހޭތާ!
  މާފަހުން ގެމިބުނަނީ ! މާލެކަމެއް ހުޅުމާލެ ކަމެއް ބުނަ ނީކީނޫން؟