ފުރަބަންދު ފެށުމުގެ 14 ދުވަސް ކުރިއަށް ބައްދަލު ކުރި މީހުންގެ ލިސްޓެއް ހަދާފައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަބަންދުގެ ކުރިން ބައްދަލު ކުރި މީހުންގެ ލިސްޓެއް ހެދުމަކީ ކަމާއި ބެހޭ ފަރާތްތަކުގެ މަސައްކަތް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަމާއި ބެހޭ ފަރާތްތަކުގެ މުހިއްމު ވަގުތުތަކެއް ސަލާމަތްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދެވޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލެ އިން 15 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 35 އަށް މިއަދު ވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެ އިން ކޮވިޑް-19 އަށް 14 ވަނައަށް ފައްސިވި ދިވެއްސަކީ 27 ވަނަ އަށް ފައްސިވި މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އެމީހާގެ ބަލީގެ އަލާމާތްތައް ފެނި، ޓެސްޓްގެ ނަތީޖާ ފައްސިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް މާލެ އިން 15 މީހަކު ފައްސިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާ 14 ދިވެހިންނެވެ. ރާއްޖެ އިން 19 ދިވެއްސަކަށް ބަލި ޖެހުނެވެ. މާލެއިން ބަލި ޖެހުނު މީހުން ފިޔަވާ ދެން އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސަކާއި މާލެ އިން ފެނުނު 14 ދިވެހިންނެވެ.

މިއަދު އެކަނި ވެސް ބަލި ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބައްޔަށް ބަޔަކު ފައްސިވި ފަހަރެވެ. އަދި ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ބަލި ޖެހޭ މިންވަރު އިތުރުވުން ވަރަށް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ރަނގަޅު ވާހަކައެއް ތިޔާބުނީ ވެސް މުއިއްޒެއް ކަމަކު

    14
    1
  2. ޖޮނަތަން

    ތިކަމަށް އެންމެ މޮޅުވާނީ މުއިއްޒު.ޔާމީން ވެރިކަމުގަ ފުލެޓް ދޭންވެގެން ލިސްޓް ހެދީމެންނުން އޭގެ ހައްގުވެރިންނަށް.އެނެމެ އިންސާފު ވެރިކޮށް އެކަންވާނީ މުއިއްޒު އަށް.އާނ އެހެންޏާ މާލޭގެ ގެދޮރުނެތި ހާލުގަ އުޅޭމީހުންނަށް ފުލެޓްދޭން ނިންމި އިރު ދުވަހަކު މާލެ ނާންނަމީހުންވެސް ލިސްޓްގަ ހިމެނުނު ވިއްޔާ..ކިހާ އިންސާފު.