މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ފެނި މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނިންމާފައިވުމުން ފިހާރަކުން ކާބޯތަކެތި ގެތަކަށް ޑެލިވަރީ އަންނަނީ ކޮށްދެމުންނެވެ. ޑެލިވަރީ ކޮށްދިނުމުގައި އަމިއްލަ އިސްނެގުމައިގެން އެކަން ކޮށްދޭ ފަރާތްތައް ވެސް އުޅެއެވެ. އާއްމުންނާއި އެކުގައި އެ މަސައްކަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މަހްލޫފު އަންނަނީ އިހުސާން ފިހާރައިން ގެތަކަށް ކޮށްދޭ ޑެލިވަރީތައް ގެތަކަށް ގެންގޮސް ދިނުމުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މަހްލޫފް އިހުސާން ފިހާރައިން ގެތަކަށް ޑެލިވަރީ ކޮށްދެއްވަން ވަޑައިގެންނެވިއިރު މުވައްޒަފުން ބޭނުން ކުރާ މާސްކް ހުސްވެ، އިހުސާން ފިހާރަ އިން ޑެލިވަރީ މެދުކަނޑާލަން ޖެހިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. އެހެންނަމަވެސް މަހްލޫފު ވަޑައިގެންނެވީ އެކަން ވެސް އެނގިވަޑައިގެން ހުންނަވައިގެންނެވެ. އެހެންކަމުން އެމަނިކުފާނު ވަޑައިގެންނެވިއިރު އެ ފިހާރައިގެ މުވައްޒަފުން ބޭނުންވާ އަންގިއާ މާސްކުވެސް އައީ ހިފައިގެންނެވެ.

މީގެއިތުރުން މަހްލޫފު އައީ އެ ފިހާރައިން ގެތަކަށް ކޮށްދޭ ޑެލިވަރީ ތަކުގައި ބައިވެރިވާނެ އިތުރު ވޮލަންޓިއަރުންވެސް ގޮވައިގެންނެވެ. އިހުސާން ފިހާރައިން މިއަދު ވަނީ ވޮލަންޓިއާކޮށްގެން ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅޭނެ މީހުން ބޭނުންވާ ކަމަށް ބުނެފައެވެ.

މަހްލޫފް އިއްޔެގެ ވަގުތެއްގައި ވަނީ މާލެ ސަރަހައްދަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން އެމަނިކުފާނުގެ ޓްވީޓާ އަށް މެސެޖު ކޮށްދިނުމަށް އެދިފައެވެ. އަދި އިއްޔެ ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ އެކަމަށް [ޑެލިވަރީ ކުރުމުގައި ވޮލަންޓިއާ ކޮށްދޭނެ މީހުން ހޯދުމަށް] ރަސްމީކޮށް އިއުލާންކޮށްފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އިހުސާން ފިހާރައިން ކޮށްދޭ ޑެލިވަރީތަކުގައި ބައިވެރިވެވަޑައިގަންނަވަނީ --

މަހްލޫފު މިއަދު ވިދާޅުވެފައި ވަނީ އެކަމަށް އިޖާބަދީ 300އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ރިކޯޑު ސާފުކުރުމަށްފަހު ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް 7770779 އަށް ގުޅުއްވުމަށް ވެސް އެދޭ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާ ވަނީ މަސައްކަތް ކުރަމުން ދާނީ ކަމާ ގުޅޭ އިދާރަތަކުގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އިހުސާން ކުންފުނީގެ މެނޭޖަރު މުހައްމަދު އިހުސާން ވަނީ އެ ފިހާރައިން ގެތަކަށް ކޮށްދެމުން އަންނަ ޑެލިވަރީތައް ކޮށްދިނުމުގައި މިނިސްޓަރު މަހްލޫފްއާ އެމަނިކުފާނުގެ ޓީމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިހުސާން ފިހާރައަކީ ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. އެ ފިހާރަ އިން 100ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ޑެލިވަރީގެ ގޭގެ ދޮރާއްޓާ ހަމައަށް ގެންގޮސް ދޭނެއެވެ.

އިހުސާން ފިހާރަ އިން ބުނި ގޮތުގައި 7291003 ނަންބަރަށް ބޭނުންވާ ތަކެތީގެ ލިސްޓާއި ގޭގެ އެޑްރެސް ޖެހުމަށް ފަހު ވައިބާ ކުރުމުން ޑެލިވަރީ އޯޑަރު ކުރެވޭނެއެވެ.

އަދި އޯޑަރު ކުރާތާ ގިނަވެގެން 35 މިނިޓް ތެރޭގައި ޑެލިވަރީ ކޮށްދޭނެއެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާ ތަކެއްޗަށް ކޭޝް މެދުވެރިކޮށާއި، އޮންލައިން ޓްރާންސްފާ މެދުވެރިކޮށް އަދި ކާާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދިދަ ދަނޑި

    އަދިވެސް އޯޑަރުކުރި އެއްވެސް އެއްޗެއް ނުލިބެ

    25
  2. ޅަތީފާ

    ދެން އަ މައްޔާތް ކަންދެއްކު މައިގެން

    41
    10
  3. ދިވެހިން

    މަހުލޫފު މީ މޭން އެއް

    13
    39
  4. ބެސްޓް

    މަހުލޫފް ރައިސްކަމަށް 2023

    6
    44
  5. އިހުސާން

    ތީ ހަމަ ދެއްކެން ވެގެން

    42
    16
  6. ދަރަނި ދަންތުރަ

    ގަލޮޅު ދެކުނުގެ ދުވަސް ތިޔަދިޔައީ މަވާ ސަލާމް ތިޔައީ ދުވަހަކު ނުވިކޭނޭ ހީކުރިމީހެއް އެކަމަކު ހަމަ ސުމެއް...

    41
    9
  7. ޑީޑީ999

    ދެއްކުނތެރިކަމުގެ ލާމަސީލު

    38
    7
    • ޢަހަރެން🌸

      ޢާނ..އެހެން ހެން ހީވަނީ....ދެން އެެހެން ނޫން ކަމަށް ވެސް ވެދާނެ ދޯ ހަމަ؟

      1
      3
  8. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ތިކަހަލަ ކޮންމެމީހަކީ ތީ ދެއްކުންތެރިއެއް. ފޮޓޯނެގުނީމަ ދެން ތިކަހަލަމީހުން ނުފެންނާނެ. މާދަމާ ތިކަލޭގެ ނޫޅޭނެ. މިކޮމެންޓް ކިޔާފަ ފަހަރެއްގަ ނުނިކުންނާނެއެކޭނޫން.

    4
    2
  9. ހަަޖަމް

    މަހްލޫފް ވެއްޖެއްޔާ އެއީ ދެއްކެން ވެގެން.

    3
    2
  10. ާޖޯން

    މމމ ގެޔަށް ތަކެތި ގަންނަން ދިޔައީ، އަންހެނުން ބުނެގެން

  11. ސަމޭދާން

    އަސްލިދިޔައީ ގެއަށްބޭނުންވާތަކެތި ގަންނަންދޯ.

    5
    2
  12. މަހްލޫފް

    ގެޔައްކުރި އޯޑަރު ނައިސްގެން އަންހެނުން ރުޅިގަދަވީމމމ މަ މިއައީ އެއް މެ ފަސޭހައިން އެއްޗިހިން ލިބޭނި މިކަންކުރީ މަ ކަ މައްބަލާފަ މިއީ އަސްލު އައި ސަބަބު

    2
    1
  13. ެައިޏަްކޖދ

    މި ދަނޑިވަޅުގައިވެސް މިއުޅެނީ އެޓެންޝަން ނުލިބިގެން.. ދިވެހީންނައް އެބަފެނޭތަ ވޯޓުލައިގެން ހޮވާފަ ތިބި މީހުންގެ ބުއްދި އާއި ވިސްނުން.

    5
    2
  14. ލޫފް

    އަސްލު މަހްލޫފު ކުރަން އެންމެ ރަނގަޅު ކަމަކީ ފިހާރައެއްގެ ޑެލިވަރީ ބޯއިކަން. މިނިސްޓަރުކަމެއް ނޫން. މިނިސްޓަރުކަން ކުރުމުގެ ގާބިލިއްޔަތު ކަމެއް ނެތް.

    10
    3
  15. ޒަމީރު

    މިއީ އޭ މިކލޭގެ އަސްލު އުޅެން ޖެހޭ ވަޒީފާ އާ ފެންވަރު، އެއްވެސް އެއްޗެއް ދަންނަ މީހެއް ނޫން، ކުޅިވަރު ކުޅެން ހުންނަ ބޭކާރު ގޮލައެއް

    6
    3
  16. ސައްތާރު

    އޯޑަރު ދިނީމަ ހޭވެސް އަހާނުލި މިއަދުމީ ދެވަނަދުވަސް ނުވާވަރުން ކަންކުރާތީ ދެރައީ...ރަނގަޅަށް ތައްޔާރުވެގެން އިސްތިހާރުކޮށް އުޅެންވާނީ.....އެނގޭ ވަގުތަކީ ދަތި ވަގުތެއްކަން އެކަމަކުވެސް އެއްވެސް ހަބަރެއް ވާންވާނެނުން

    5
    2
  17. ސަމްސިއްޔާ

    ކިތަކެތިބާ ޑެލިވަރ ކުރީ؟؟ ހަމަ އެކަނި ފޮޓޯއަށަ ހުއްޓިލީ

    8
    3
  18. ސަޓޯ

    ފޮޓޯއެއް ކަނޑާލީދޯ

    2
    2