ރާއްޖޭގެ ބޭންކެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުން ފައްސިވެފައި ވަނީ ބޭންކެއްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފެކެވެ.

ފައްސިވީ މީހާ އާއި ބެހޭ އިތުރު މަޢުލޫމާތެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ނުވީނަމަވެސް، އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ ރާއްޖެއިން ވައިރަސް ފެނުނު އަދަދު 35 އަށް އަރާފައިވާކަން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވާފައެވެ.

އެނގިފައިވާ ގޮތުން މި މީހާގެ ސާމްޕަލް ނަގާފައި ވަނީ މިއަދު މެންދުރު އެވެ. މި މީހާގެ ސާމްޕަލް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35 އަށް އަރައި، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.

މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. ދެން މާލެއިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކަށެވެ.

އިތުރު މީހަކު މާލެއިން ކޮވިޑް-19 އަށް ފައްސިވުމުން މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ފަހަރެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ 20 މީހުން މި ވައިރަސް އަށް ފައްސިވެފައި ވަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ފަހުން މުޖުތަމަޢު ތެރެއިން ވައިރަސް ފެންނަމުން ދާތީ، މި ބަލިމަޑުކަމުގައި މިހާރު ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބެންކުބެ

    ކޮންބެން ކަންވެސް ބުނެބަލަ ވާނުވައެއްވެސް އިންގޭނީ ޖެހުނީ ކާކައްކަންވެސް ބުނެގެން ..

    47
    1
  2. ވިސްނާލާ

    އެޗްޕީއޭ އިން އާންމު ނުކުރާ މަޢުލޫމާތު ނޫސްތަކުން ބްރޭކް ކުރުން ރަނގަޅެއް ނޫން.

    9
    33
  3. ބޭންކް

    ކޮން ބޭންކެއް ކަން ހޯދާލަ ދީބާ ޕްލީސް

    28
    1
  4. ނިޒާރު

    އެޗްޕީއޭއިން އާއްމު ނުކުރަނީސް ނޫސްތަކަށް މި އެނގޭގޮތެއްވެސް އެބަޖެހޭ ބަލަން.
    އާއްމު ކުރީމަ ލިޔުނަސް މީހުން ކިޔާނޭ

    11
    23
  5. ބޭންކް

    ކޮން ބޭންކެއް ތޯ؟؟

    19
    1
  6. ޏަމްޏަމް

    ސުބުހާނަﷲ.

    29
    2
  7. އަހްމަދު

    ތިޔަކޭޝް ޢިއުލާނުކުރާނީ މިރޭދަންވަރު އިންތިޒާރުކޮށްލާ

    15
  8. އަސްލަމް ރަސާދު

    ފުރަތަ ދުވަހަން ފެށިގެން ކީއްވެގެން ތޯ ، ކޮވިޑް19 ގެ ބިރުވެރިކަން އައި ހިސާބުން ހަރުދަނާ ފިޔަވަޅު ނޭޅުނީ .. މާލެ 3 ކުން 8 ކަށް ލޮކްޑައުން ކޮށްގެން ވީ ފައިދާ އެއް އެބައޮތްތޯ؟

    ހެނދުނުން ފެށިގެން މާލެ ލޯކަލް މާރުކޭޓް، އަންނިޖެޓީ އަދި މުދާ ބަރުކުރާ ސަރަހައްދު މީހުުން ތޮއްޖެހިފައި ، ހަމަ އެއާއެކު، ކޮންސްޓްރަކްޝަން ސައިޓްތައްވެސް އޮތީ މަސައްކަތް ހޭބޯނާރާވަރަށް
    މީހުން ގޭގައި ތިބި އެހެންނަމަަވެސް، މަސައްކަތުގެ ދާއިރާ އޮތީ 10 ގިއަރުގައި

    33
    4
  9. ސަންފަ

    ސަރުކާރުގެ ބޮޑުންނާއި ބޮޑުންގެ ދަރިންނާހުރެ ނިކަމެތި ރައްޔިތުންނަށް ހުރިހާ ދެރައެށް ލިބެމުން ދަނީ

    67
    3
  10. ރައްޔިތެއް

    ޔާ ﷲ އަޅަމެން މިކަމުން ސަލާމަތް ކުރައްވާންދޭ?

    77
    1
  11. ޢަލިބެ

    ކުރިން ޕޮޒިޓިވް ވި މީހަކާ ދިމާނުވާކަމަށް ބުނުމުގެ ޖާގައެއްނެތް. ޕޮޒިޓިވް ވެފައިވާ އެންމެންގެ ފޮޓޯ އެމީހާއަށް ދެއްކިންތޯ؟ ބެންކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށްގިނަ ބަޔަކާ ދިމާވާނެ ބައެެއް. މިހާރު ޕޮޒިޓިވްވެފައި ހުރިމީހަކާ މީނައާ ކައިރިކައިރީގަ ތިބެވިގެންވެސް އަރާފައޮވެދާނެދޯ

    51
  12. އަޅުގެ ދުޢާ

    ﷲގެ ރަޙްމަތްފުޅުން، ކޮވިޑަށް ފައްސިވި ކުދިބޮޑު އެންމެހައި އަޚުންނާއި، އުޚްތުންނަށް ފު ރިހަމަ ޝިފާއެއް މިންވަ ރު ކު ރައްވަވައި، އެއެންމެންނަށް ކެތްތެ ރިކަން ދެއްވާށި! އާމީން

    87
    1
    • ހޯނު

      ކަލޭގެ ނުތާހިރު އަނގަ ސާފުކޮށްބަލަ ފުރަތަމަ. އޭރުންތާ ތިޔަ ކުރާ ދުއާއެއް ވެސް ޖެހޭނީ.

  13. ބެއްޔާ

    ކޮންބޭންކެއް ކަން އިގެން ޖެހޭނެ! އޭރުން ސަލާމަތީ ފިޔަވަޅު އެޅޭނީ! ކޮންބޭންކެއް ކަން ނޭންގީ އެބޭންކަށް މީހުން ނުގޮސްފާނެތީ! އޭރުން އެމީހުންނަށް ބޮޑު ގެއްލުމެއްދޯ؟ އެކަމަކު މުޖުތަމަޢުގެ ސަލާމަތައް ޖެހޭ އެބަ އަންގަން ކޮންބޭންކެއް ކަން!

    45
    1
  14. މާކް

    ދެން ކީއްވެބާ ބޭންކް ގެ ސްޓާފުން ބޭންކަށް މަސައކަތު ނެރެނީ

    27
  15. އައިށާ

    އަދިވެސް ބޭ ރައް ނުކުންނާނެ ދިވެހިން ހެޔޮނުވާނެ ގޭގަ ތިބެބަލަ މީހަކައް ކަމެއް ވެގެން ނޫނިއްޔާ މާތި ރިއެއް ނުވާނެ ދިވެހިންނެއް.އިންށާﷲ އަހަ ރަމެން މިބަލިން ރައްކާތެ ރިވާނެ މާތްﷲ ގެ ޙަޟް ރަތުން. އާމީން

    39
  16. މަރީ

    ބަލިޖެހުނު މީހާ އެނގެން ޖެހޭނެ! އަދި އެމީހަކު އުޅުނު އޮފީހެއް ނުވަތަ ފިހާރައެއް ވިޔަސްވެސް!........އޭރުންދޯ ދެންތިބޭ ބަޔަކަށްވެސް އެނގޭނީ އެމީހަކާ ބައްދަލުވެފަ ހުއްޓަސް......

    35
  17. ބޯބުރާންތި

    ކޮބާ....އެމް ވީ ކް ރައިސް އަށް މި ގޮވަނީ ބޭންކް އިޢުލާން ކު ރަން

  18. ސަންޓޭ2

    ތިކަން ހުއްޓުވަން ބޭނުންނަމަ ބަލި ޖެހޭ މީހުންގެ ނަން ހާމަކުރޭ ނޫނީ ބަލި ޖެހޭމީހުން ހައްތަހާވާނީ ގިނަ

    13
    2
  19. ރިސޯޓު ބޯއީ

    ފުރަތަމަ 20 މީހުން ފައްސިވީ ރިސޯޓު ތަކުންނެއްނޫން!!!
    ދެން ބޭރުން ގެނައި 4 މީހުން ކޮބާ؟

    14
    1
  20. ޙަސަނު

    އެޗްޕީއޭ އިން އާންމު ނުކުރާ މަޢުލޫމާތު ނޫސްތަކުން ބްރޭކް ކުރުން ރަނގަޅެއް ނޫން.