ރާއްޖެގައި ކޮވިޑް19 ޖެހޭ މީހަކު މަރުވެއްޖެ ނަމަ މޫނު ބަލަން ދެވޭނެ ކަމަށް ކޮވިޑް19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް19އިގައި ހަރަކާތްތެރިވާ މީހުންގެ ކަންކަން ބެލެހެއްޓުމަށް 5 ޓީމެއް ހަަރަކާތްތެރިވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ވެސް ކޮވިޑް19އިގައި މަރުވާ މީހުން ހިނަވަން އެނގޭނެ މީހުން ތިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

" ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނޮޓް ހުރިހާ ރަށެއްގައި ތިބޭނެ ހިނެވުމުގެ ކަންކަން އެނގޭ މީހުން މިހާރު، ދެން ހިނަވަން ކަންކަން ކުރެވޭނެ ގޮތް އައިސޮލޭޝަން ފެސިލިޓީގަވެސް ހުންނާނެ. ކަރަންޓީން ފެސިލިޓީގަ ވެސް ހުންނާނެ. މޫނު ބަލަން ތިން ފޫޓޫ ދުރުގައި ތިބެވޭނެ ކަމަށް މި ލަފާދެއްވަނީ އެ ޑިސްޓެންސްގަ. އެއީ މި ބައްޔަކީ ވައިގެ ތެރޭގައި ހުންނަ ބައްޔެއް ނޫން. ދެން ވަޅުލުންވެސް އެ އާއްމުކޮށް ކޮންނަ ވަރަށް ކޮނެފަ ވަޅުލެވޭނެ ކަމަށް." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް19 ޖެހިގެން މަރުވާ ބިދޭސީން ފޮނުވާލަން ބޭނުންވަނީ ވަކި ޚާއްސަ ވައްތަރެއްގެ ބޮޑީ ބޭގެއް ކަމަށާ އެ ބޭގް ވެސް ރާއްޖޭގައި މިހާރު ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35 އަށް އަރައި، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.

މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިން ކަމަށް ވާއިރު ދެން މާލެއިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކަށެވެ.

އިތުރު މީހަކު މާލެއިން ކޮވިޑް-19 އަށް ފައްސިވުމުން މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މިއަދު

  ﷲގެ ޖެޔޮރަހުމަތްފުޅުން އެފަދަ ހާދިސާއެއް ދިމައެއް ނުވާނެ

  162
 2. ފާދިގު މަކުނު

  މީހަކު ކޮވިޑް19ގަ ކިހިނަކުން މަރުވާނީ 3 މަސް ވެއްޖެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައިވާތާ އެކަމަކު ކިބޫ ރޮއެފާ މަރުވެއްޖެ ކުރިޔަށް އޮތީ ކިބޫ މޫނުބެލުން އަދި ޓީވީން ދުރައްދައްކާނެ

  3
  58
 3. ޑެޑީ

  އިންޝާއަﷲ ﷲރަހުމަށް ލައްވަ ވާށިއެވެ އާމީން

  75
  1
 4. މޯޑް ޝާނީ

  ފާދިގު މަކު

 5. މޯޑް ޝާނީ

  ފާދިގު މަކުނު ކަލޭގެ އީމާންތެރިކަން ކޮބާ

 6. ާާާއަހުމަދު.

  މިބަލިޖެހިގެން ބައްޔަށް ފަ ރުވާދެމުން ގެންދާ މީހުންގެ ޙާލުވެސް ރައްޔިތުންނަށް އެގެންބޭނުންވާނެ ކަމަށް ދެކެން.
  ޥީމާ ޚަބަ ރުތަކުގާ އެބައިވެސް ހިމެނިފައި އޮތުން ވަ ރަށް މުހިންމު.

 7. ފިކުރު

  ޢެފަދަ ދުވަހެއް ނުދައްކަވާށި.އާމީން

 8. ފިކުރު

  ޢެފަދަ ދުވަހެއް ނުދައްކަވާށި...

 9. ޙައްވަ

  މޫުނު ބަލަާނީ އެއް ނޫން މޫުނު ދައްކާނީ ނުވަތަ މޫނު ދެކެން ދާނީ. އަމިއްލަ ބަހަށްވެސް ބަލައިލާ!

 10. ޒަހަަާ

  މަބު ރޫކު ހާދަައަވަހަކަ މީހުގެ މޫނު ބަލަ ތިޔަ ނިމީ ސަ ރުކާ ރުގެ ލާ ރި ހޮސްޕިޓާތަކަ އެޗިސްގެނެވޭނެ ބަލިޖަސަ މީހުގެނާ ގޮތަ ކީވެތަ އެޗިސް ނުގެނެވިގެ ތިޔައުޅެނީ އަދި ތިބުނާ ލަސްތަކެ ނުވޭ މިޔަދުން މިޔަދަންގެނެވޭނެ ގެނެ

  1
  1
 11. ޒަހަަާ

  މަބުރޫކު ހާދައަވަހަކަން މީހުންގެ މޫނުބަލަ ތިޔަނިމީ އަދި ތިބުނާ ލަސް ތަކެނުވޭ މިޔަދުން މިޔަދަން އިންސުލޭޓާ އެޗިސްގެނެ ސަރުކާރުގެ ލާރި ތިޔަބަލިގެނާ ގޮތަ ފަރުވާއަބޭނުވާ އެޗިސް ގެނެވެޖެހޭނެ

  1
  1
 12. ޒަހަަާ

  މަބްރޫކް ހާދައަވަހަކަ މީހުގެމޫނު ބަލަ ތިޔަނިމީ އަދިތިބުނާ ލަސްތަކެނުވެ ސަރުކާރު ލާރިހުނާނެ ބޭރު ބަލިޖަަސަ މީހުގެނާގޮތަ މިޔަދުން މިޔަދަވެސް އެޗިސްގެނެވޭނެ

 13. ކަކުނިބޯ

  މީބަލި މީހާއަށާއި ބަލިމީހާގެ އާއިލާއަށް ނަފުސާނީގޮތުން ކިހާ އަސަރެއް ކުރާނެ ވާހަކައެއް. މަބުރޫރެއް ކަމަ ކު ވަރަށް ދެރަކަމެއް. ތި ކުރެއްވީ.

  3
  1