އޮންލައިންކޮށް ކޮންޓެކްޓް ޓްރޭސިންއަށް އެޕެއް ހެދުމުގެ މަޝްވަރާތައް ސިންގަޕޫރާ އެކު ކުރިއަށްދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާލުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އޮންލައިންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވޭނެ ގޮތެއް ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ވަރަށް އަވަހަށް ވައިބާ އެޕެއް ތައާރަފް ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެޕްގެ ޒަރިއްޔާ އިން އާންމުންގެ ޑާޓާ އެއްކުރާނެ ކަމަށާއި އޭގެ ތެރޭގައި މިހާރު އުޅޭ ގެއާއި، ގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ހޯދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ މަސައްކަތް އެބަ ކުރެވޭ ސިންގަޕޫރާ އެކު. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވައިބަ އެޕެއްގެ މަސައްކަތް އެބަ ކުރެވޭ. އެ އެޕް މެދުވެރިކޮށް ގެތަކުގެ ޑާޓާ އެއްކުރެވޭނެ. އެއީ ކޮން ގެއެއްގައިތޯ އުޅެނީ. އެ ގޭގައި އުޅެނީ ކިތައް މީހުންތޯ. ކިތައް ކުޑަ ކުދިންތޯ. ކިތައް އުމުރުން ދުވަސްވީ މީހުންތޯ. އަޅުގަނޑުމެންގެ އަތުގައި ޑީއެންއާރުގައި މިހުންނަނީ އުފަން އެޑްރެސް އެހެންވީމަ މިހެން އެނގުނީމަ އެޓެންޑްވާން ފަސޭހަވާނެތީ،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 35 އަށް އަރާފައިވާ އިރު، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ. މާލެ އިން މި ބަލި ޖެހުނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ ފިރިހެނެކަށެވެ. މި ބަލި ގިނަ އިން ޖެހިފައި ހުރީ އަންހެނުންނަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. Anonymous

  ސާބަހޭ ކެވެން އޮތް ގޮތަކުން ރައްޔިތުންގެ ފައިސާކޮޅު ކެވޭތޯ ބަލާ.

  24
  4
 2. ވައްހާބު

  ކަލޭމެން ކޮވިޑަށް މާކަ ބޮޑު ތައްޔާރީއެއް ނުވޭ! މީ ހަގީގަތް. ފައިން އެރުނީމަ ކޮޅުކޮޅަށް ތިދުވަނީ.

  26
  5
  • އަންމަޑޭ

   އެމެރިކާ، ސްޕެއިން، އިޓަލީ، ޖަރުމަން، ފުރާންސް، ޔޫކޭ، ރަޝިޔާ، ޗައިނާ މިއިން އެއްވެސް ޤައުމަކުން ތިބުނާ ކޮންޓެކްޓް ޓްރޭސިން އެޕެއް ނަހަދާ. ރާއްޖެ މާކުރީގައި މި އޮތީ މިކަމުގައި ވެސް. މިފަދަ ހައްސާސް ވަގުތުގައިވެސް ވައްކަމެއް ކުރެވޭ ތޯ ބަލަނީ

   18
   1
   • ކޮވިޑް

    ވަގުތު ފާއިތު ވީމާ އެޕަކުން ކުރެވޭނެ ކަމެއް ނެތް.

    10
    2
 3. ޖާޒީރާ ބޯއީ

  ދަންޑިވަޅުގެ ފައިދާ ނަގައިގެން ލާރިގަނޑެއް ކަޓުވާލާނެ ގޮތެއްދޯ މިހޯދަނީ. ބަލަގަ ސްރީލަންކާވެސް ތިޔަބުނާ އެޕެއް ހަދާކަށްނޫޅޭ

  22
  2
 4. ސައްދާމް

  މަރުވަމުންދަމުންވެސް ސައްދޯއްޖަހަން ހަވާލުކުރާ ބައެއްގެ އަތުންވެސް ފައިސާ ފޮއްޗެއް ދަމާގަނެވޭތޯބަލާތި.

  20
  3
 5. ޑުބޮރުކި

  ރާއްޖޭގަ ނެތީތަތިކަންކުރެވޭނެ ބައެއް ވެސް.؟

  17
 6. ކުޅުދުއްފުށީ މިސްކިތްދާލަ

  ތިކަން ކުރެވޭނެ އެކްސެލް ޝީޓުގަނޑަކުންވެސް ވައިބާރ އެޕެކޭ ކިޔާ އިރު ރެގިއުލާ ވައިބަރ ގޯހީތަ ، މިލިއަނުން ޑޮލަރު ހޭދަކޮއްގެން ތި ހަދައިގެން ގެންނަ އިރު އޮންނާނީ ބޭނުން ކެނޑިފަ ހެޔޮކޮށް ވިއްޔާ . ހެޔޮނުވާނެ މިކަހަލަ ކޮސް ހަދަން ރުފިޔާ ނެތިގެން އުޅޭ އިރު.

  17
  2
 7. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  އެޕޭ ކިޔާނެނެ ކަމެއްނެތް ކޮން ޑޭޓާއެއްނަގާކަށް ކަލޭމެން ވަކިކަމެއްކުރަންވީމަ ވަގުތުން އެކަމެއް ކުރެވޭ. މާލޭމީހުން ބޮޑުެަގުގަ ކުެއްޔަށް ދީފައިންނަ 10ފޫޓް 10ފޫޓް ގޮޅީގަ މަންމައާ ބައްޕައާ ދަރިންނާ ނިގާ ކައިބޮއި ހަދާއިރު، 14ދުވަހަށް މިހެންވީމަ އެމީހުން އުޅޭނެ ނަފްސާނީ ހާލު ވިސްނާލާ. މިވަގުތު އެންމެންގެ ރައްކާތެރިކަމަާް މިނޫންގޮތެއްނެތް. އެކަމަކު ކުއްޔަށް ދީފަހުރީ ކޮންފެންވަރެއްގެ ތަނެއް ކިހާވަރެއްގެ ބޮޑުކުއްޔަކަށްތޯ ބަލާބެ މިނިސްޓްރީއެއްނެތް. ކަންކުރަންބޭނުންވީމަ ވަގުތުން އެކަން އެބަކުރެވޭ.

  17
 8. އެނޯ

  އައިސީ އެނދު، ވެންޓިލޭޓަރު، ސިއްހީ ޚިދުމަތްތެރިން، ޕީޕީއީ، ކޮންޓެކްޓް ޓްރޭސިންގ އެޕް، މި ސާމާނާއި އާލާތް ތަރުތީބު ކުރާއިރު އެންމެ ކުރިޔަށް އަންނަނީ އެޕް ކަމަށްވަންޏާ އެޕް ހޯއްދަވާ.

  4
  1
 9. ހަސަން ސައީދު

  ދިވެހިންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލު ކުރާ ބައެއް ނަމަ މި ބަލިމަޑުކަމުގައި އަމިއްލަޔަށް އިސްނަގައިގެން ސަރުކާރުން އަންގާ އެންގުންތަކަށް ބޯލަނބާނެ. ކާކުބާ އަމިއްލަޔަށް ގުޅާފައި ބުނީ؟ ބަލި ވެގެން އުޅޭ ވާހަކަ؟ ކެތް ނުވީމަ ޑޮކްޓަރަށް. އަނެއް ކޮޅުން ޖަޒީރާ ރާއްޖޭގެ ކުދިން މަސްދަތުރާއި ސައިޕާޓީ އާއި މަޖަލުގަ. އެހެންވީމާ ސިއްހީ މާހިރުން މިދުވަން ޖެހެނީ ބަލިމީހާ ހޯދުމަށް ބޮނދަމުން އެޕް ހަދައިގެންވެސް ބަލިވާ މީހާ ހަދާދޮގުގެ ސަބަބުން އެހެން މީހުން ވެސް ސަލާމަތް ކުރެވޭތޯ އެބަ މަސައްކަތް ކުރަންޖެހޭނޫންތަ؟

  9
  2
 10. ސަމީލް

  ބައިވަރު ދިވެހިން އެބަތިބި މިވަގުތު ތހިކަން ހިލޭ ސާބަހަށްވެސް ކޮށްދޭނެ. މިކަން ފެށުނު ތަނަކާހެން ޖާވިސް، ކުޑަނާއި އަދި ޓީމުވެގެން ހޭލާތިބެގެންވެސް ހިލޭ ސަރުކާރަށް ކޮންމެވެސް އެޕެއް ހަދާދިން. އެކުދިން މިހާރުވެސް ކޮށްދޭނެކަން ހަމަ ޔަގީން.

  2
  1
 11. ދަވާލި19

  ތިޔަ ފަދަ އެޕެއް ހެދޭވަރުގެ ބަޔަކުވެސް މިރާއްޖޭގަ ނެތީތޯ ނޫނީ ލާރިކޮޅެއް ދަވާލަނީތޯ؟އަޅުގަނޑައް ނޭނގޭތީ ރަނގަޅު މައުލޫމާތު ލިބިގަތުމުގެ ބޭނުމުގަ އަހާލީ

  • މުހައްމަދު ޝާހް، ރ.ވާދޫ

   ތީ ކޮންތާކުން އުފެއްދި ސުވާލެއްތޯ؟ ސޯޝަލްމީޑިޔާއިން އުފެދުނު ސުވާލެއް ވިއްޔާ ޖަވާބުދޭގޮތަކަށް ނޫން އޮންނަނީ. އެހެންވީމަ އަމިއްލަޔަށް ވެރިފައި ކޮށްލާ! ވެރިފައިކުރަން ޔަގީންކުރަން އަހާނެ ފަރާތެއްނެތް!

 12. ވަތަން އެދޭ

  ތި އެޕް ހަދާނެ މިހާރު މި ރާއްޖޭގަ ތިބި ކުދިން ވެސް......ތީ ދޯ ހުރިހާ ކަމަ ކަށް ތައްޔާރުވެފަ އޮތް ގޮތަ ކީ......ބޯ ހަލާ ކު

 13. ލަމޫ

  ވިޒިޓް ލާމުން ހެދި ޕޯރޓަލްވެސް ތިޔަށްވުރެ ރަނގަޅުވާނެކަމަށް ފެނޭ.... އެޕެއް ނޫން މުހިއްމީ!!!
  މުހިއްމީ ޑޭޓާ ކަލެކްޝަން އެއީ އައިދައިގެ ވެބް ޕޯރޓަލްއަކުން ވިޔަސް އެކަން ކުރެވެންޏާ އެކަން އެގޮތަށް ކުރުން މުހިއްމީ..

 14. އަޅުގަނޑު އާރިފް

  ވަރަށް ސަލާން. މާލޭގަޔާއި މެލޭގަޔާއި އަދިވެސް ބޭރު އެތައް ގައުމެއްގައި އެތިބީ ތިވަރުކަމެއް ކޮއްލެވޭނެ ދިވެހި ދަރިން، މިވަގުތު ގޭ ބަންދުގަ. ކީއްބާ ވާނީ އެއިން ކުއްޖަކަށް ތި ފައިސާކޮޅު ދިއްކޮއްލިއްޔާ. ކާންއުޅެނީޔޭ ބުނާހިތެއް ނެތް. ...

  • ސަމީރު

   ހިލޭވެސް އެކުދިން ހަދާނެ މި ދަނޑިވަޅުގަ ގައުމަށްޓަކާ

 15. މޯދީ

  މިވަގުތުވެސް ލާރިކާން. ކޮން އެޕެއް ހަދާކަށް. އެޕް ހެދީމަ އަމިއްލައަށް ކޮންޓެކްޓް ޓްރޭސް ކުރަނީތަ. ބަލަ އިއްޔެވެސް ކިތައް މީހުންނަށްގުޅި. ކާކު ތެދު މަޢުލޫމާތެއްދިނީ. ދެން އެޕެއް ހެދީމަ ހަތަރެސްކަން ހަމަވޭތަ. ލާރިކެއުމުގެ ބަދަލުގައި، އެކްސެލްގަ ތިޔަ ކޮންޓެކްޓް ޓްރޭސިންގ ހަދާބަލަ. ތިޔައުޅެނީ މެރާކީ ވިޔަފާރި ބަންދުކޮށްފަ ހުރީމަ އެބައި ޖައްސަން.

 16. Anonymous

  ޥަގު ސަރުކާރު