މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މާފުށީ ޖަލު ހިންގާ ކަރެކްޝަންސް އިން ވެސް މިހާރު މިކަން ކަށަވަރުކޮށްދީފައި ވާއިރު، އެ އިދާރާއިން ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިނގާފައި ވަނީ މާފުށީ ޖަލުގެ ޔުނިޓް 9 ގައި ކަމަށެވެ.

އަދި ހަމަނުޖެހުން ހިނގާފައި ވަނީ އެ ޔުނިޓުގައި ތިބި ގައިދީންނަށް މިރޭ ކާންދިނުމަށް ޔުނިޓު ހުޅުވިވަގުތު، ގައިދީން އެ ޔުނިޓުން ގަދަކަމުން ނިކުތުމުން ކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ވިދާޅުވީ، މި ހާދިސާގައި ޖަލުގެ ދެ އޮފިސަރަކަށާއި ގައިދީއަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ އިދާރާއިން މިހާރު ދަނީ މިކަން ހިނގައި ދިޔަގޮތް އިތުރަށް ބަލަމުންނެވެ.

މާފުށީ ޖަލުގައި މިއަދު ހަމަނުޖެހުން ހިނގާފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގިނަ އަދަދެއްގެ ގައިދީންގެ އަބަދު ލުއިކޮށްފައި ވަނިކޮށެވެ. ނަމަވެސް އަދަބު ލުއިކުރި ގައިދީންނާއި ބެހޭ މަޢުލޫމާތެއް އަދި އެއީ ކިތައް ގައދީންކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ވެސް ފެނުމާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ގައިދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަލު ގޮޅިތައް ދޮވެ ސާފުކޮށްފައިވާއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ކުރުން ވެސް އޮތީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަފްލާ

    ދެންހެޔޮ މޮއޮއްފަދަ ދުވަސް ވަރެްްއްގަ މީއެއްޗެހި މާލެ ގެނެސް ގޭގެއައް ވެއްދިޔަސް ދެން އަހަރއމެންގެ ބޯ ކާލިޔަސް

    11
    4
    • ޛައި

      މަނާ ޖިނާއީ ކުތްކުރާތީ ޖަލަށް ލަނީ.... އެއްވެސް ގައުމެއްގަ ޖަލަކީ ފައިވް ސްޓަރ ރިސޯޓެއް ނޫން... ކޮންކަމެއްތަ! ޖަލަށް ލީމަ ވެސް އިސްލާހެއް ނުވޭ

  2. ކޮއްޓޭ

    މިނިސްޓަރު ގޮސްގެން ނޫނީ ޖަލު ހަމައަށް އެޅުވޭ ކަމަކަށް ނުވޭ. ކޮބާތަ އަލަށްގެނައި މޮޅު ކޮމިށަނަރު.

  3. ފިހިރި

    ބޮޑުންގެ ގާތް މީހުން އެކަނި ދޫކުރަންޏާ މަޑުން ތިބޭ މީހުން ރުޅިގަދަވާނެ. ކޮބަ އިންސާފު

  4. ހަންނާ

    ޖަރީމާގޭ ސޮރުވެސް ދޫކޮއްލީތަ. އިންސާފު ކޮބާ އަނިޔާ ނުކުރޭ