މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ބޭންކް މުވައްޒަފަކީ، ކުރިން އެ ބަލި ހުރިކަން އެނގޭ މީހަކާއި ބައްދަލުވެފައިވާ މީހެއް ނޫންކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ދިނުމަށް ސަރުކާރުން މިރޭ ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވެސް މިކަން ކަށަވަރު ކޮށްދެއްވާފައި ވާއިރު، މަބްރޫކް ވިދާޅުވީ މިރޭ ކޮވިޑް-19 އަށް ފައްސިވީ އާ ކްލަސްޓާއެއް ކަމަށެވެ.

މަބްރޫކް ވިދާޅުވެފައި ވަނީ މާލެއިން ފެންމަތިވި ރާއްޖޭގެ 35 ވަނަ މި ކޭސްގައި ބައްޔަށް ފައްސިވެފައި ވަނީ އުމުރުން 28 ވަރަކަށް އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.

މި މީހާ ކޮވިޑް-19 އަސް ފައްސިވިއިރު، ކުރިން ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ފަރާތްކާއި އޭނާ ބައްދަލު ނުވާކަން އެނގިފައިވުމުން، މުޖުތަމަޢުގެ ތެރޭގައި މި ވައިރަސް ޖެހިފައިވާ އިތުރު މީހުންވެސް ތިބެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެނގިފައިވާ ގޮތުން މި މީހާގެ ސާމްޕަލް ނަގާފައި ވަނީ މިއަދު މެންދުރު އެވެ. އަދި އޭނާ ވައިރަސް އަށް ފައްސިކަން އެނގިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35 އަށް އަރައި، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.

މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. ދެން މާލެއިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކަށެވެ.

އިތުރު މީހަކު މާލެއިން ކޮވިޑް-19 އަށް ފައްސިވުމުން މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ފަހަރެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ...

    ޙައި ރާން ނުވޭ.

  2. އަހުމަދު ބޭންކް

    ކޮން ބޭންކް އެއް؟ މާލޭގަ ކިތައް ބޭންކް ހުރޭ! އެތަނުން ކޮން ބޭންކް އެއް؟

    9
    2
    • މުހައްމަދު

      އަރަތެއް ކަހަލަ ކަމެއްމީވެސް. މައުލޫމާތު ހާމަ ނުކުރައްޔާ ކިހިނެއް އިނގޭނީ ކޮން ތާކު އުޅޭ ކާކުކަމެއްވެސް ކުޅިވަރެއް ކުޅެންތޯ ތިއުޅެނީ. ޅޮޅުގަ ފޮތިގަނޑެއް އަޅާފަ ތިބުނަނީ ކުރިމަތީ ތިހުރީ ކާކުހޭ. ބޯހަލާކު ?

      10
  3. ޑެއިލް

    ޝައްކުވެގެން ސާމްޕަލް ނަގާ ހިސާބުން އެކަހެރިކުެަންޖެހޭ. ތިވީގޮތުން ކިތައްމީހުންނާ އޭނަ ކޮންޓެކްޓްވެފަ ހުންނާނެ. ހާދަދޯހަޅިއޭ. ތިވަރުންކިހިނެއް މިކަން ކުރާނީ.

    17
  4. ބޭންކު

    ބޭންކުގައި އުޅޭ މުވައްޒަފުންނަށް އެމީހުންނާ ބައްދަލުވާ މީހުން ނޭގޭނެ. ކޮންމެ ދުވަހަކު އެތައް ބަޔަކާ އެމީހުން މުޢާމަލާތްކުރާނެ. ބޭންކަށް ދާހައި މީހަކު ނޭނގޭނެ.

    5
    1
  5. މަރީ

    އެހެންވީމަ ބެންކު މުވައްޒަފަށް ބަލި އެރުވި މީހާ މިހާރު އެހެން މީހުންނަށް ބަލި އަރުވަމުން ދުވާނެ

    4
    1
  6. ހުދުހުދު

    ތި ބޭންކް ތަކަށް ތޮއްޖެހިގެން މީހުންތައް ގޮސް އުޅުނު އިރު ވައިރަސް ހުރި މީހަކާ ދިމާ ނުވާ ކަމެއް ކިހިނެއް އިގެނީ. ބޭންކަކުން ކިތައްމީހުން ހިދުމަތް ލިބިގަންނާނެ.

    12