ފާއިތުވެދިޔަ ދުވަސްތަކުގައި މާލެ ސަރަޙައްދުން ރަށްތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށް މިރޭ ނެރުނު އެނގުމެއްގައި ވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަޙައްދުގެ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް އައިސޮލޭޓު ވާން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި ވާގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ކަމުގައި ވާނަމަ، އެފަދަ މީހަކު އެރަށަކަށްދާ ދުވަހުން ފެށީގެން 14 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވާން ޖެހެއެވެ.

އަދި 15 އޭޕްރިލް އިން ފެށިގެން މި ސަރަޙައްދަށް ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައި ދަތުރުކޮށްފައި ވާނަމަވެސް އެފަދަ މީހަކު ދާ އެހެން ރަށެއްގައި، ދާ ދުވަހުން ފަށައިގެން 14 ދުވަހަށް އެކަހެރިވާން ޖެހޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި އެންގުމުގައިވާ ގޮތުގެ މަތީން، އެންގުން ރައްދުވާ ފަރާތްތަކުން ޢަމަލުކުރާކަން، ލޯކަލް ކައުންސިލްތަކާއި ކަމާއި ބެހޭ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކާއި ފަރާތްތަކަށް އަންގާ ކަމަށްވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

މާލެ ސަރަޙައްދުން ރަށްރަށަށްދާ ފަރާތްތައް އެކަހެރިވާން އަންގާފައި މިވަނީ، މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ގިނަ ކޭސްތައް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

މިހާތަނަށް މާލެއިން އެކަނިވެސް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 15 އަށް އަރާފައި ވާއިރު، ރާއްޖެއިން މި ވައިރަސް އަށް ޖުމްލަ 35 މީހަކު ވަނީ ފައްސިވެފައެވެ.

މިހާރު މި ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަމަށް ވާތީ، ރައްކާތެރިކަމުގެ ގޮތުން އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމީދާ

    މަބުރޫކު ކީއްތޯ މަނިކުފާނަށް ތިކުރެއްވެނީ! ޥާނެ ހައެތިވީމާ ދެންތިތެޅިގަންނަނީ! ތިކަން ޑިފެންސް ފޯސް އާއިހަވާލު ކުރަންޖެހޭ!ގައުމީ ސަލާމަތަށްޓަކާ!ތިކަމެއް ތިގޮތަކަށްނުއްވެއްނުން! ޢެއްމެން ހަނާވަންދެން ބަލަހަޢްޓައިގެން ނުތިބެވޭނެ!

    13
  2. އައްޑޫ ލެއި

    މިހާ ރުވެސް ރިސޯޓް ތަކުގެ މުވައްޒަފުން ލޯންޗްތައް ޗާޓާ ރ ކޮށްގެން ރިސޯޓުން އެއަންނަ ގޮތައް އައްޑޫއައް................................