ދ. އަތޮޅު އުއްދޫ އަށް ހޮނުއަޅައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އުއްދޫއަކީ ދަނޑުވެރިކުރަން ދ. އަތޮޅުގައި ދޫކޮށްފައި އޮންނަ ރަށެކެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން ހޮނު އެޅުމުން އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް "ވަގުތު" އަށް ވިދާޅުވީ، އަނިޔާވި މީހުން އެރަށުން ގެންދިއުމުގެ ހުއްދައަށް އެދުމުން، ރަށަށް އެތެރެވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް އިތުރު އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް މީދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުއްދޫ އަކީ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންހެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަށް ދޫކޮށްފައި އޮންނަ ރަށެކެވެ.
އުއްދޫގެ އިތުރުން ދ. ބަނޑިދޫއަށް ވެސް މިރޭ ހޮނު އަޅާފައި ވެއެވެ. މި ހާދިސާގައި އެރަށުގައި ހުރި އެންޓެނާއަކަށް ހޮނު އެޅުމުގެ ސަބަބުން ރަށުން ވަނީ ދިރާގުގެ ޚިދުމަތް ކެނޑިފައެވެ.
ބިރުވެތިވޭ
سبحان الله،
ކިހާދެރަ ސިޔާމޫ ﷲ އައް ބިރުވެތިވޭ ރާއްޖޭގެ ހުރިހާ ފަޅަކާ ގިރިޔަކާ ހަލަކީ ދެތިން ވިޔަފާރި ވެރިންގެ ތަރިކަ މުދަލެބާ ކޮބާ އެންމެ އާދައިގެ ނިކަމެތިމީހާގެ ހައްގު އޭގެން ރައްޔިތަކައް ފަޅުރަށެއްވެސް ރިސޯޓެއްވެސް ލިބުމެއް ނެތީބާ ބޭންކުން ލޯނެއްވެސް ލިބުން ނެތީބާ
ފޮނުވާލުމަށް އެދެން ??