މެގަ މޯލްޑިވްސް އަތުން ޓެކްސްގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މީރާ އިން ވަނީ މެގަ މޯލްޑިވްސްގެ ދެ މައްސަލަ އެއް މިދިޔަ ހަފްތާގައި ވަކިވަކިން ކޯޓަށް ހުށަހަޅާފައެވެ.

އެގޮތުން އެއް މައްސަލައަކީ ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 13.1 މިލިއަން ރުފިޔާ ހޯދުމަށް ކޯޓަށް ވެއްދި މައްސަލަ އެވެ. އަނެއް މައްސަލައަކީ ވިތް ހޯލްޑިންގް ޓެކްސްގެ ގޮތުގައި 63،000 ރުފިޔާ ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލައެވެ.

މި ދެ މައްސަލަ ވެސް ސިވިލް ކޯޓުން މިހާރު ބަލައިގެންފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މެގަ މޯލްޑިވްސްއާ ދެކޮޅަށް މީރާ އިން ދައުވާ ކުރިއިރު އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ 24 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

މާލީ ދަތިތަކާ ހުރެ މެގަ މޯލްޑިވްސް އުވާލަން ނިންމާފައިވާކަން މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ.

އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާރީ

    ކޮބާ މާރީ ކޮށްކޮ އާމިނާބީ ފެންވަރާލާގެން

    • މާރީ

      ވާނެގޮތް ތިއޮތީ ވެފައި.

  2. ސޮސް

    މީރާއިން ރާއްޖޭގެ ހުރިހާ ކުންފުނިތަށް ފުޑާ ކުދި ކުރަމުން ދަނީ

  3. ހުމުދު

    ކޮބާ މެރިޔަ ދީދީ ރައްޔިތުންނަށް ގައްދާރުވުމުން ވާނެގޮތް މިފެންނަނީ ނަސީދު ތެޔޮލާފަ މެރިޔަދީދީގެ ކޮށްކޮއަށް ހެދި އެއަރ ލައިން ފަނާވީ ، އެފު ޕީ އައި ޑީ ވެސް ދަވާލީ