ރާއްޖެއިން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވީ މީހާ (ކޭސް-35) މަސައްކަތްކުރާ ބޭންކުގެ ބައެއް މުވައްޒަފުން އެކަހެރިވާން އަންގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މާލެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބޭންކެއްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފެކެވެ.
އެނގިފައިވާ ގޮތުން މި މީހާގެ ސާމްޕަލް ނަގާފައި ވަނީ މިއަދު މެންދުރު އެވެ. މި މީހާގެ ސާމްޕަލް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ދިނުމަށް ސަރުކާރުން މިރޭ ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ ކޮވިޑް-19 އަށް ފައްސިވީ އާ ކްލަސްޓާއެއް ކަމަށެވެ. މަބްރޫކް ވިދާޅުވެފައި ވަނީ މާލެއިން ފެންމަތިވި ރާއްޖޭގެ 35 ވަނަ މި ކޭސްގައި ބައްޔަށް ފައްސިވެފައި ވަނީ އުމުރުން 28 ވަރަކަށް އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.
މި މީހާ ކޮވިޑް-19 އަށް ފައްސިވިއިރު، ކުރިން ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ފަރާތްކާއި އޭނާ ބައްދަލު ނުވާކަން އެނގިފައިވުމުން، މުޖުތަމަޢުގެ ތެރޭގައި މި ވައިރަސް ޖެހިފައިވާ އިތުރު މީހުންވެސް ތިބެދާނެ ކަމަށް ވަނީ ބެލެވިފައެވެ.
އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35 އަށް އަރައި، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.
މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. ދެން މާލެއިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކަށެވެ.
އިތުރު މީހަކު މާލެއިން ކޮވިޑް-19 އަށް ފައްސިވުމުން މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ފަހަރެވެ.
މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.
މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ.
ކޮންބޭކެކަން އެގެން ވަރަށް މުހިންމު އޭރުން އޭޓީއެމް އަށް ނުދާން އެގޭނީ
އޮފީސްތަކަށް މުވައްޒަފުން ނެރޭ މައްސަލަ ބައްލަވާދެއްވަބަލަ ކޮންމެވެސް ބޭފުޅަކު
ފިޔަވަޅު އަޅާ ސަރުކާރު ބަންދު ކޮށް ރައްޖެ އަންނަ މީގުން ކަރަންޓީނު ކުރަމުން ދަނިކޮށް ބަލި ފެތުރެން ފެށީ ކީއްވެ.މިކަމުގާ ގަސްރުގަ ބަޔަކު އިގުމާލު ވެފާ ނުވެޔޭ ބުނެވޭ ވަރަށް ވުރެ ގޯސް ކޮށް ކަންހިގާފަ އޮތް ކަމަށް ވިސްނެނީ ބުނާ މީގުން އެބަ ބުނޭ މިވެނިބަޔަކު ގެނެސް މިވެނި އިމާރާތަކު ބައިތިއްބައިގެން އެމީހުންގެ ފަރާތުންނޭ ފެތުރެނީ ނަށީދު ކިޔާ ވޙަކަ 20 ދުވަހުގެތެރޭ ފެތުރޭނެ މިކަމަށް ބާރު ލިވޭކަމަށް ގަބޫލު ކުރެވޭ.
ކިތައް މީހުން މިބަލީގެ ޝިކާރަެަކަށް ވީމަ ބާ ރައްޔިތުންނަށް ކޮންމެސް މިންވަރަކަށް މާސްކް ބަހައިދޭނީ. ޕޮލިހުންގެ ދައުރު އޮތީ ހަމައެކަނި ޖޫރިމަނާ ބާ. ޒަރޫރީ ބޭނުންތަކަށް ފުރާނަ އަތް މައްޗައްލައިގެން ވިޔަސް ކޮންމެހެން ނިކުންނަން އެބަޖެހޭ ކޮންމެ ގޭ ބިސީ އަކުން އެކަކު ނަމަވެސް. ބިރުވެރި ކަމުގެ ކޮޅެއް ނެތް. ގޭ ކޮންމެ މީހަކީ ކާބޯ ތަކެތި ރައްކާ ކޮއްފަ ހުރެވޭގޮތށް ހުރި ތަން ތަނެއް ނޫން. ޜައްކާތެރިކަން އޮތީ ކޮންކަމެއްގަ ތޯ މިހާރު. ބޭންކުގެ ހިދުމަތް އެހެނިހެން ކަންކަން ވެސް ފިތި ރައްޔިތު މީހާ ބިކަވަނީ
ދިބެހިން ބަސްނާހަނީ ޔޭ ނުކިއަބަލަ ބަސްނޭހިގެން މިއުޅެނީ ޕާތީތަކާ މަޖާނަގާ މުއްސަދިން ހު ރިހާދެރ ރައެއް ނިކަމެތިންނަށް ޔާﷲ މިކަމުން އަޅަމެން މިންޖުކުރައްވާ ބަލިމީހުނައް އަވަސްސިފާ މިންވަ ރުކު ރައްވާދޭވެ
4 ކްލަސްޓަރ. މިއީ ވަރަށް އަޖައިބު ކުރުވަނި ކަމެއް. ހީވާގޮތުގައި ގަސްތުގައި ކޮއްފައިވާ ކަމެއްހެން. އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު ރަނގަޅު. އެކަމަކު އަދިވެސް މާސްކް ނުވަތަ މޫނު ނިވާކުރާ އެހެން އެއްޗެއް އަޅަން މަޖްބޫރު ނުކުރޭ. މިކަން ކުރިން ކުރިނަމަ އިންފެކްޝަން ފެތުރޭލެއް މަދުވީސް.
ވަރަށް މުހިންމު ބޭންކްގެ ނަން އެގެން.