މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ފަސް ބައިވެރިންވެސް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މޯލްޑިވިއަން އައިޑޮލްގައި މުޅިން އަލަށް ބޭނުންކުރި ބާރެކެވެ. ކުރިން "ނޯ އެލިމިނޭޝަން" އޮންނާނީ ޖަޖުންގެ އަތް މަތީގައެވެ. ނަމަވެސް މިގޮތަށް ނިންމި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނީ އެގޮތަށް ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ.

އާއްމުކޮށް އައިޑޮލްގެ ކޮންމެ ޝޯވއެއްގައިވެސް ކޮންމެ ބައިވެރިޔަކު ހުށަހަޅާދޭ ލަވައަށް ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ މާކްސް ދޭއިރު، ދެން އަންނަ ޝޯވއެއްގައި ވާދަ ކުރާ ބައިވެރިން ހޮވްނީ އެ މާކްސް އާއި ވޯޓަށް ބިނާކޮށެވެ.

ނަމަވެސް މިރޭގެ އެލިމިނޭޝަން ޝޯވގައި އެއްވެސް ބައިވެރިޔަކު ކަޓާފައެއް ނުވެއެވެ. ފަސް ބައިވެރިންވެސް ވަނީ އައިޑޮލްގެ ފިނާލޭއަށް ދަތުރުކޮށްފައެވެ.

މިރޭ އެއްވެސް ބައިވެރިޔަކު ނުކަޓާކަން އިއުލާނުކުރިއިރު، ދެން އަންނަ އައިޑޮލް ފިނާލޭ ޝޯވގައި ބައިވެރިންނަށް މާކްސް ދޭއިރު ރޭގެ ޝޯވގައި ބައިވެރިންނަށް ޖަޖުންގެ ފަރާތުން ލިބުނު މާކްސް އާއި އަދި ބެލުންތެރިންގެ ފަރާތުން ލިބުނު އެސްއެމްއެސް ގުނާނެކަން މި ވަނީ ހާމަކޮށްފައެވެ.

ރޭ ބައިވެރިން ލަވަ ހުށަހަޅައިދީފައި ވަނީ ދެ ތީމަކަށެވެ. ފުރަތަމަ ފެނިގެން ގޮސްފައި ވަނީ "ފޭން ޗޮއިސް" އެވެ. ދެން ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ "އިންސްޕަޔަރިންގް" ތީމަށެވެ. ރޭގެ ޝޯވގައި ބައިވެރިންގެ ހުށަހެޅުންތައް ވަރުގަދަވެ ޖަޖުންނަށްވެސް މާކްސް ދިނުމަށް ވަރަށް އުަނދަގޫވިކަން ޖަޖުންގެ ކޮމެންޓްތަކުން ފާހަގަވެއެވެ. ބައިވެރިންގެ ހުށަހެޅުންތައް ވަރަށް ބޮޑަށް ފުރިހަމަވެއްޖެއެވެ. ރޭވެސް ބައިވެރިންގެ ހުށަހެޅުންތައް ފުރިހަމަކަމުން ޖަޖުން ތިބީ އަންތަރީސްވެފައެވެ.

އައިޑޮލް ފިނާލޭގައި އަބަދުވެސް އެންމެ ކުލަގަދަ ހަފްލާއެވެ. އެތައް ބަޔަކު އިންތިޒާރު ކުރަމުންދާނެ ހަފްލާއެވެ.

މިރޭގެ ޝޯވއަށް ބަލާއިރު، ބައިވެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އައިޑޮލްގެ ކުރީގެ ދެ ޝޯވގެ ހިމެނޭ ބައެއް ބައިވެރިންނާއެކު ރީތި ޑުއެޓް ލަވަތަކެވެ.

އައިޑޮލްގެ ފިނާލޭގައި ވާދަ ކުރާނެ ފަސް ބައިވެރިންނަކީ

އައިމިނަތު ސައިނާ މުހައްމަދު ރަޝީދު

މަރިޔަމް މައީޝާ

އައިޝަތު އަޒަލް އަލީ ޒާޙިރު

ތަސްލީމް ޢަބްދުލްކަރީމް

ނައުޝާދު ޢަބްދުލްލަތީފް

ޝޯވގެ ތެރެއިން އައިޑޮލްގެ ގަދަ ފަހަކަށް ދިރާގުގެ ފަރާތުން ހާއްސަ ހަދިޔާތަކަކާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ގިފްޓް ކާޑެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. އަސްދު

  ސައިނާ ކެޓީމަ.

 2. ޏަބުނާ

  ދީނީ ބޮޑު ދަރުސްއެއް ނުބާއްވާ މިކަންކުރަން ވެގެން އަދި ބޮޑު ހަރާން ކަންކަން ކުރަމުން ވެސް އެބަކިޔައެ ހެއްދެވި ފަރާތައް ހަމްދާސަނާ ލަދު ކޮބާ

 3. ހާމިދު ދާއީ

  3 ނަކަށް މަދު ނުކުރެވުނީމާ މިހާރު ބަލަން ފޫހިވެއްޖެ. ވަކި މީހަކު ކަޓާފާނެތީ އުޅޭހެން އެ އުޅެނީ. ވަރަށް ދެރަ. އެމެރިކަން އައިޑަލްގައި ގްރޭންޑް ފިނާލޭގައި ތިބެނީ 2 ބައިވެރިން. ރާއްޖޭގައި 5 ބައިވެރިންވީމާ، ޑްރާމާ ބަޔަށްވެސް އިތުރު ވަގުތު ހޭދަވެ ފޫހިވާގޮތްވާނީ.

 4. ޢަބޫބަކުރު

  ބަލާނެ މީހެއް ނެތިގެން ސޯ ނިއްމާލަނީ ދ!!

 5. ލޮލް

  މަ ހީ ހީ ހަލާކު ވެއްޖެ. ކާކުތަ ނޫސް ކިޔައިގެން އެބަލަން އިންނާނީ މިޒަމާނުގަ. ބުރޭކިންގ ނިއުސް ސޯ

 6. މާސްޓަރ

  ކެކެކެ. އުނޫޝާމެން ވަކިމީހަކަށް ފައިދާވާގޮތަށް މާތަފާތުބޮޑުކޮށް މާކްސްދޭތީ އެކަން ސާބިތުވެގެން އޮގަނައިޒިން ކޮމިޓީއަށް ކެއްނުވެގެން އެޅިފިޔަވަޅެއް. އަނެއްހެން އިންސާފްވެރި ނިންމުމެއް ކަމަށްފެނޭ.

 7. ސެކިއުލާ

  ލަވަކިޔަންދާން ވީނުން ޔޫރަޕަށް

 8. ބޯހަލާކު

  ތި ފާސާ ލިބޭނެ މަގު ފަހި ކުރީ

 9. ޕީއެސްއެމް

  އަސްލު އައިޑޮލް ގަދަ 3 އަށް ދިޔައީ 3 އަންހެން ކުދިން. އެއްވެސް ފިިރިހެން ކުއްޖެއް ފިނާލޭއަށް ނުދާތީ ނިންމީ 5 ކުދިންނާއެކު ފިނާލޭ ކުރިއަށް ގެންދަން.

 10. ޙަރުބަޖަން

  ތީ ދެން ބޮޑު ޖޯކަކަށް ހަދައިފި މިހާރު.. ނުވޭ އައިޑަލް ބަލާ ހިތްވެސް މިއަހަރު..

 11. ?

  ސަޅި????

 12. ބަލާއެއް

  މައި ކަޓާފަ އިނީމަ ކޮއްލިކަމެއް

 13. ކެރީމާ

  މެސެޖް ކުރި ލާރިކޮޅު ކާލީތި ތިޔައީ ކޮން އިންސާފެއް

 14. މަރި

  މައިޝާ ނޫނީ ޝައިނާ ކެޓީމަ ކޮށްލި މޮޅުކަމެއް ތީ. ކުރީފަހަރު ލައިޝާ އަށްވުރެ ވެސް އައިޑަލް ދިނީނު އެގޮތަށް

  • ?

   "ޝައިނާ" އެއް ނޫނޭ "ސައިނާ" ކިޔަނީ

 15. އަޝްރަފް

  ސައިނާއަށް ފުރުޞަތު ބޮޑުކޮށްލީ. ދެރޭގެ މާކުސް އެއްކޮށްލީމަ ޓައިޓަލް ލިބިދާނެކަމަށް ބެލެވެނީ. ޢެކަމް މީ އެއްވެސް ތަނެއްގަ ޢަމަލުކުރާ ގޮތެއްނޫން. ހީނހީނ ހަމަ ހަލާކު.

 16. ައަހަރެން

  ސައިނާ ރޭގަ ކަޓާތީ އެހެން އެ ހެދީ

 17. މީދޫ ތަކުރު

  ސައިނާއަށް ދީފަ ނިންމާލަންވީނު ވަގުތު ބޭކާރު ނުކޮށް. ތީވިއްޔަ ކުރަން ތިއުޅޭ ކަމަކީ.

 18. ޖަޒުބާތު

  ސައިނާ އަށް ނުދެވިގެން ތިޔަ އުޅެނީ.

 19. އަމީރު

  ތިޔަ ސައިނާއަކާ ހަދައިގެން މުބާރާތުގެ ފޯރި ކެނޑިއްޖެ.

 20. ޑީޑި

  މި އައިޑަލް މިދަނީ ފުރަތަމަ އައިޑަލް ދިޔަގޮތަށް. ފުރަތަމަ އައިޑަލްގަ އުނޫޝާ އުޅުނީ ލައިޝާ އަކާ އަޅައިގަނެގެން. ދެން މިފަހަރު ސައިނާ.

 21. ރަށުމީހާ

  އައިޑަލްގެ މިހާ ހިސާބަށް ސައިނާ ގެނައުން ތީ އެހެން ބައިވެރީންނަށް ވެވުނު ބޭއިންސާފެއް.

 22. ޢީމާން

  ފިނާލޭގައި ރޯގާޖެހިގެން ވިޔަސް ސައިނާއަށް ނުކިޔިއްޖެނަމަ ވައިލްޑް ކާޑުގެ އެހީގައި ސައިނާއަށް އައިޑަލް ދޭންފެނޭ. އަދި ބުނާނީ މިގޮތަށް ކަންތައް ކުރަން ޖެހުނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެންނޭ. ސޯ ސިންޕަލް.

 23. ތަކުރުބޭ

  މައިޝާ އާއި ޝައިނާ ކަޓާފާނެތީ..... ޝައިނާ އަށް ތިދޭނެ ،، ވ ވ ވ ހީވޭ...

 24. އައްޑޫގޫބައްޑާ

  އެޔީސައިނާކަޓާތީ ހެދިގޮތެއް

 25. ?

  ސައިނާ ކަޓާފާނެތީ އެހެން އެ ހެދީ

 26. ޙެއްވާ

  އަސްލު ސައިނާ އަށްވުރެ މާރީތިކޮށް ކިޔާ ކުދިން އެބަތިބި ކަޓާފަ. ޖަޖުން ހަމަ ސައިނާ އަށް އެ ޓައިޓްލް ދޭން ކުރި ކަމެއް މިއީ. ސައިނާ ބައިވެރިވި ހިސާބުން އޭނަޔަށް ޓައިޓްލް ދީފަ ވަގުތުން އައިޑްލް ނިންމާލި ނަމަ ދޯ. ވ ވ ވ ފޫހި. ައިންސާފެއް ނެތް އައިޑްލް އެއް. ޙަހަހަަހަހަހަ

 27. ހުސޭނުބެ

  މިއީ ވަރަށް ކަޑަކޮށް ކުރިކަމެއް!! ގިނައިން ލާރިހޯދަން ކުރި ދެރަވަރު ކަމެއް!! ބޯހަލާކު!! ފައިސާ ހޯދަން މީދެން ތަންފުކެއް ބޮޑުވަރުހެން ހީވަނީ!!

 28. ނޫން

  މައިޝާ ކަޓަންވީ މިހާރުވެސް.މާ ތުއިވެގެން އަބަދު ހެނީ އޮވާވެފަ ހުންނަ މީހެއް.ވަރަށް ފޫހި.

 29. ބޭބެ

  ރޭގަ މޯލްޑިވިއަން އައިޑަލް ޝޯ ދައްކަމުން ދިޔަ ވަގުތު އަޒަންގެ ފޭނުން އުފައްދާފައިވާ "ޓީމް އަޒަލް" ވައިބަރ ގުރޫފުތެރެއަށް ބަޔަކު ވަދެ އޮރިޔާން ކާޑު ފޮޓޯތައް އެގުރޫޕަށް ލާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްވަނީ ހިންގާފަ!! "ޓީމް އަޒަލް" ގެ ވައިބާ ގުރޫފުގައި އެތައްސަތޭކަ ބަޔަކު ތިބިއިރު އެގުރޫޕްގައި ދަރިންނާ މައިންބަފައިންނާ އެއްބަޑު އެތައްބަޔަކު ހިމެނޭ!! މިފަދަ ގުރޫޕަކަށް އޮރިޔާން ކާޑު އެތަކެއް ފޮޓޯތަކެއް އަޕްލޯޑުކޮށް އަވަގުރާނަ ގޮވާ ހެދިހެދުން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން!! މިކަން ކަމާބެހޭ މުއައްސަސާތަކުން ވަރަށް ރަގަނޅަށް ބަލާނެކަމަށް އުންމީދުވެސް ކުރަން!!