ހއ.އުލިގަމުން ކޮވިޑް-19 އަށް މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެ ރަށުން ކޮވިޑް-19 އަށް ފައްސިވި މީހާގެ އާއިލާއިން ވަނީ "ވަގުތު"އަށް އެކަން ކަށަވަރުކޮށްދީފައެވެ.

"އަޅުގަނޑުމެންނަށް އެޗްޕީއޭ އިން އަންގައިފި ފުރަތަމަ ސާމްޕަލް ފައްސިވިކަން". އާއިލާއިިން ބުންޏެވެ.

އެ މީހާއަކީ މާލެ އިން ކަނޑުމަގުން ދާދި ފަހުން ރަށަށް ދިޔަ މީހެކެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އުލިގަމް ކޭސްގައި އަދި ފައްސިވެފައި ވަނީ ސްކްރީނިންގ ކަމަށާއި، ދެވަނަ ޓެސްޓު ހަދާފައިވާކަމަށެވެ.

"އޭނާއަކީ އުލިގަމު މީހެއް މާލެއަށް ކަމަކު އައިސް ހުރެފައި 15 ދުވަހުގެ ހެނދުނު އޭނާ ބޯޓެެއްގައި ފުރައިގެން ދިޔައީ. އެހެންވީމަ މި ބޯޓުން ދިޔަ މީހުން ފޭބި ރަށްރަށް ހޯދައި،އެރަށްރަށުގެ ކޮންޓެކްޓް ޓްރޭސިންގ ކަންކަން ކުރިއަށްދާތީވެ އެ ރަށްރަށް މިހާރު މޮނީޓަރިންގ ހާލަތަށް ގެނެވިފައި ވަނީ". ނަޒްލާ ވިދާޅުވިއެވެ.

އެރަށު އިތުރު ބައެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިފައިވާކަން އެރަށު ކައުންސިލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ނަމަވެސް އެ މީހުން ޓެސްޓު ހެދިކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެ ބަލީގެ އަލާމާތްތައް ފެނިފައި ވަނީ ކިތައް މީހުންގެ ގައިން ކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޟ

    ﷲ އަށް ވަކީލް.

    60
    1
  2. ހސއނ

    ހިތުގައި އޮތް ބިރުވެރިކަން ދުވަހައް ދުވަހަކަށް މިދަނީ އިތުރުވަމުން .ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ދުއާކުރުން މަތީގައި ދެމި ތިބޭހާލު މިގައުމު މި ބަލިން ރައްކާތެރިކޮށް ދެއްވުމަށް އެދެން. އާންމީން

    110
    2
  3. އެޑްމުންޑޯ

    ތިބޯޓުން ދަތުރުކުރި ގިނަބަޔަކު ފައްސިވުން އެކަށީގެންވޭ

    47
  4. ބާރީ

    ދާމީ ހުން ރަށަށް ނާރުވާ..

    32
    1
  5. ާކޮރޯނަ

    ކޮބާ ފިލަން ދެވިޖެެއް ނުން

    27
    33
    • ހަގީގަތް

      އެއީ މާލެއިން ބަލިހުރި މީހަކު ފެނުމުގެކުރިން ރަށަަށް އައުމަށް ފުރިމީހެއް. މިހާލަތުގަ ތިކަހަލަ ބަސްތައް ރައްދުނުކޮށް ހެޔޮދުޢާކޮށްދީ

      72
      2
  6. ާކޮރޯނަ

    ކޮބާ ފިލަން ދެވިޖެއް ނުން

    17
    43
  7. ސުވާލު މާކު

    އެޗް ޕީއޭއިން މިކަން ކަށަވަރެއް ނުކޮށްދޭ އަދި.

    28
    6
  8. ދަރަނި ދަންތުރަ

    ތިފަދަ ބަސްތަށް ރައްދު ނުކުރޭ މިހާލަތުގައި އެންމެންވެގެން މިކަމުން ސަލާމަތްކުރައްވާތޯ ﷲ ހަޒުރަތުގައި ހެޔޮދުއާ ކޮށް ބަލިޖެހިފައިވާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްއެދި ދުއާކުރަމާ އާމީން

    12
  9. ބިރުވެރިކަންބޮޑު

    މިހާރު ދެން ބިރުވެރިކަން ބޮޑުވީ. ލިލީ ސްޓޯރުގެ ސަޕްލައިކުރާ މީހުން ޕޮޒިޓިވްވެއްޖިއްޔާ އެއީ ވަރަށް ބިރުވެރި ޚަބަރެއް. އެމީހުން މި ބަލި ބަލައެއް ތަނަކަށް ނުދާނެ. ކޮންމެވެސް މީހަކު އެމީހުންނާ ހިސާބަށް މި ބަލި ގެންސްދީފައި އޮންނާނީ. އެމީހާ ހޯދުން ވާނީ އުނދަގޫކަމަކަށް. މާލޭގެ އެތައް ފިހާރަޔަކާއި އެތައް ބަޔަކާ ހުންނާނީ ބައްދަލުވެފައި. ރަށްރަށުގެ އެތައް ބަޔަކާ ހުންނާނީ ބައްދަލުވެފައި. އެ މީހުންނަށްވެސް ބައްދަލުވި ހުރިހާ މީހުން ކިޔާދޭކަށް ނޭނގޭނެ. ބައްދަލުވި މީހުންނަށްވެސް ކިޔައިދޭން އެނގޭނެ ހެނެއް ހިއެއްނުވޭ. ހުރިހާ އެންމެންވެސް ކިޔަމަންގަނެގެން ކޮވިޑް ސެންޓަރުން ބުނާ ބަސް އަހައިގެން އުޅޭތި. ދެންވެސް ސަލާމަތެއް އޮތީ އެގޮތަށް އުޅެގެން. އަހަރެމެން އެންމެންނަށް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އާމީން.

    11
  10. ވެއާރ ދެއާރ އިޒް ލައިފް ދެއާރ އިސް ހޯޕް

    މާތް ﷲ އަހަރުމެން އެންމެން މި ބަލިން ސަލާމަތް ކޮށްދެއްވާންދޭ. އާމީން. އެންމެން ދުއާ ކުރުމުގައި ދެމި ހުރޭ. އިންޝާﷲ މި މުސީބާތް ފިއްލަވާނެ.

    22