ކަރުދާހުގައި 24 ގަޑިއިރަށް ކޮވިޑް-19 ހަރުލާފައި ހުރި ކަމަށް ދައްކާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ބަލި ފެތުރުނީއްސުރެ، އާންމުން ހޭލުންތެރިކުރުވުމަށް އުޅޭ އެއް ޑޮކްޓަރަކީ ފައިސަލްއެވެ. ގިނަ ފަހަރު، އޭނާގެ ޓުވީޓުތައް ބިނާ ކުރައްވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 އާ ގުޅިގެން ހަދާފައި ހުރި ދިރާސާތަކުގެ މައްޗަށެވެ. އޭނާއަކީ ގިނަ ބަޔަކު ކުރާ ސުވާލުތަކަށް ޖަވާބުދޭ އެއް ޑޮކްޓަރެވެ.

ޓުވިޓާގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވީ ކޮންމެ ވައްތަރެއްގެ އަންގި ލިޔަސް އަންގި ބޭލުމްށްފަހު އަތް ދޮންނަން ޖެހޭނެ ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް އަންގި އަތަށް ލެއްވުމުގެ ކުރިން ވެސް އަތް ދޮވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"ކަރުދާހުގައި 24 ގަޑިއިރަށް ކޮރޯނާ ވައިރަސް ހަރުލާފާހުރިކަމަށް ދިރާސާއިން ދައްކާ،" ފައިސަލްގެ ޓުވީޓުގައިވެއެވެ.

މީގެއިތުރުން ފައިސަލް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ނޫޓުންނާ ލާރިން ކޮވިޑު ފެތުރޭކަމަށް އެނގިފައި ނުވާ ކަމަށެވެ.

"ނުފެތުރޭ ކަމަށް ވެސް އެނގިފައެއް ނެތް. އެނގޭ އެކައްޗަކީ އެކެއްޗެއްގައި ގިނަ އަތް ޖެހުމަކީ ނުރައްކަލެއްކަން. އަތް ދޮންނަން ޖެހޭ ކަން. މޫނުގައި ހުންނަ ޖަރާސީމު ވަންނަ ދޮރުތަކުގައި (ނޭފަތް، އަނގަ، ލޯ) އަތް ނުއުގުޅަންވީކަން،" ފައިސަލްގެ ޓުވީޓުގައިވެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 35 އަށް އަރާފައިވާ އިރު، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ. މާލެ އިން މި ބަލި ޖެހުނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ ފިރިހެނެކަށެވެ. މި ބަލި ގިނަ އިން ޖެހިފައި ހުރީ އަންހެނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަތީޖާ

    ތިއީ މިހާތަނަށް ފެނުނު ގޮތް. ތިގޮތް ބަދަލުވުންވެސް އެކަށީގެންވޭ. ކުރިމަގުގައި ހޯދޭ ހޯދުމަކުން ތިއަށްވުރެ ގިނަ ވަގުތު ހަރުލާފައި ހުންނާނެ ކަމަށްވެސް ފެނިދާނެ. މުހިންމު ކަމަކީ ރައްކާތެރިވެގެން އުޅުން. ރަނގަޅު ގޮތަކީ ބުއްދި އިސްކޮށްފައި، މިހާތަނަށް އުޅެވުނު ގޮތްތައް ދޫކޮށްލާފައި، ހެޔޮ ގޮތް ގަބޫލުކޮށް، ހެޔޮ ދުޢާކޮށް، ރަނގަޅަށް އުޅެން ފެށުން. ހެޔޮމަގު އިޚުތިޔާރުރުން.

    21
  2. ވިސްނާލުމަށް އެދެމޭ

    މިހާތަނަށް އެއްމެ ތެދުވެރިކަމާއެ ކު ހަގީގަތް ކިޔާދިން ޑޮ ކްޓަރުމީ...ޝު ކުރިއްޔާ ޑރފައިސަލް..ރާއްޖޭން ބޭރުންއެތެރެ ކުރި ފޮށިގަޑުތަ ކާ އައިމީހުންގެ ލަގެޖްތަ ކާ އެމީހުންގެ އަންނައުނާ ބޫޓު ފައިވާނުގެ ޒަރިއްޔާއިންވެސް ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަންދަނެ ސަރު ކާރުން ހަރުދަނާ އުސޫލުތަ ކެ އެޅިނަމަ އެ ކަށީގެންވޭ މިހާލަތު ދިމާނުވުން. ޗައިނާގަ އެތިބެނީ އެއާރޕޯޓުގަވެސް ރައް ކާތެރިވުމަށް ގަބުރުތަ ކެންހެން ކަފުން ކުރެވިގެން. ރާއްޖޭގަ އެވަރުނުވިޔަސް ފްލައިޓުން މީހުންނާ ތަ ކެތި ބޭލުމުގެ ކުރިން ހަރުދަނާ ގޮތްތަ ކެ ގެންގުޅުނުނަމަދޯ...

    8
    1
  3. ހސއނ ( ކުޑަހުވަދޫ )

    މިހާރު ނަމަނަމައިން ކެކޭނެ އެއްވެސް ރިހަ އެއް ނެތް. ބުނެލަން އޮތްހާވެސް އެއްޗަކީ ދެންވެސް ތިމާގެ ރައްތާތެރިކަމަށް ތިމާ ނުވިސްނި ވަރަކަށް ވިސްނާނެ އެހެން ބަޔަކު ނުތިބޭނެ. ވީމާ ޑޮކްޓަރުން ނާއި ސިއްހީ ލަފާދޭމިހުން ދައްކާ ވާހަކަ ކަނުލާ އަޑުހަހާ ތިމާއަށް މިބަލިން ރައްކާތެރިވުމަށްއެޅެން އޮތް ފިޔަވަޅުތަށް ވީހާވެސް ބޮޑަކަށް އަޅައިގެން ތިއްބަވާ އިންޝާ ﷲ މިބަލިން އަޅުގަނޑު މެންނަށް ސަލާމަތްވެވޭނެ. އަދި މިބައްޔާ ބެހޭގޮތުން އަމިއްލައަށް ވެސް މަޢުލޫމާތު ހޯދުނު މިންވަރަކަށް ހޯދައިގެން މިބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަށްވާ ﷲ އިރާދަ ފުޅު ކުރެވިއްޔާ ކާމިޔާބް ލިބޭނެ.