ދުނިޔޭގެ ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 މިހާރު ރާއްޖެއިން ފެނުމާއި ގުޅިގެން މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކުވި ވަގުތުގައި ޖަލު ހަލަބޮލި ކޮށްލުމުގެ ފުރުސަރު ނުދޭނެ ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާނު އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއިއެކު މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކުވި ވަގުތު ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއްނުވެ ކޮންޓްރޯލް ވުމަކީ ﷲގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން ކަމަށާއި ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމަތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 35 މީހުން ވަނީ ކޮވިޑް-19 ފައްސިވެފައެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އިއްޔެ އަކީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖެއިން މި ބަލި ޖެހުނު ދުވަހެވެ.

ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ވެސް ފެނުމާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ގައިދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަލު ގޮޅިތައް ދޮވެ ސާފުކޮށްފައިވާއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ކުރުން ވެސް އޮތީ މެދުކަނޑާލައިފައެވެ.

ނަމަވެސް މިނިސްޓަރ އިމްރާން ރޭ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި ޖަލަށް ވަޑައިގެން އޮފިސަރުންނާއި ބައްދަލު ކުރެއްވުމުން ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އިންސާނީ ކަރާ މާތް ކަލެޔަށް އިންގޭތަ؟

    25
    1
    • އިމްރާން

      ޔާމީނަށްވުރެ ބޮޑަށް އިންސާނީ ކަރާމާތް އިމްރާނަށް އެނގޭނެ. އެއީ އިސްލާމް ދީނުގަ އޮންނަ ކަމެއް. އިންސާނީ ކަރާމާތް ޔާމީނަށް ނެއެނގޭކަން ވަނީ ސާބިތު ކޮށްދީފަ. އޭނާގެ ވެރިކަމުގަ. އޭގެ މިސާލަކީ އިމްރާނާއި މައުމޫނު. ޖަލަށްލުން.

      1
      12
      • ޖ

        މަނާ ޖިނާއީ ކުތްކުރާތީ ޖަލަށް ލަނީ.... އެއްވެސް ގައުމެއްގަ ޖަލަކީ ފައިވް ސްޓަރ ރިސޯޓެއް ނޫން... ކޮންކަމެއްތަ! ޖަލަށް ލީމަ ވެސް އިސްލާހެއް ނުވޭ

  2. ދުންތަރި

    އިމުރާނޫ ކަލޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ ކަލޭތީ މުނާފިޤެއް ކަލޭ ދައްކާ ވާހަކަ އަޑުއަހަން ފަކުރުގަނޭ ބަހާ ޢަމަލާ ދިމާނުވާމީހުން ދީނީ ފާސް ކަރުގަ އަޅައިގެން އުޅުމަކީ ދީނީ ޢިލްމުވެރިންނަށްވެސްކުރެވޭ މަލާމާތެއް

    31
  3. އަހުމަދު

    ކޮބާތަ ތިބުނާ އިންސާނީ ކަރާމަތަކީ

    22
  4. ޢަޒްލާ

    އިންސާނިއްޔތާއި އިންސާފްގެ ވާހަކަ އިމްރާނު ނުދައްކަވާ އަނގަ މަނޑުން ބާއްވާ

    23
  5. ބޯގޯސް

    ކަ މެއްވާއިރައް މިއިބިލިސް އެބަބުނެޔޭ ގައު މު ހަލަބޮލި ކުރާކައް ގައު މުގަ ހުޅުޖަހާކައް މީހުންގެ މުދަލައް ގެއްލުންދޭކައް ޖާގައެއް ނުދޭނަ މޭ އެހެން ބުނެފަ ގެޔައް ނުވަދެވޭ ކޮން މެވެސް މީހެއްގެ މުދަލުގަ ހުޅުޖަހާފަ ހުއްޓަ ފެންނަނީ އެކަ މަކު އެބުނަނީ ޖާގައެއް ނުދޭނަ މޭ ބަލަ ޖާގަ ދެވުނީނުންތަ އަނެއްކާވެސް ސަތޭކައައްވުރެ ގިނަ ވަގުންނާ ޕާރޓެން މިނިވަންކުރީ ތިޔަ ދެން ކޮންޖާގައެއްގެ ވާހަކަ އަނގަ ފުޅާކޮއްފަ މީނަ މި ވީދެނީ

    23
  6. ޢަބްދުލް ޤާދިރު މުބާރިކް ޖީލާނީ

    ހަނދާނާއި ތާރީޚަށްޓަކައި:- ބޮޑާކަމާއި ކިބުރުވެރިކަމާއި ތަކައްބަރު ކަމުން ހައްދު ފަހަނައަޅާފައިވާ ދެއުޅިއެއް ނުވާ އިންސާނެއް. 100 އެޕޮއިންޓްމެންޓަށް އެދުނީމާ ވެސް އެއްވެސް ޚަބަރެއް ނުވި. މޮބައިލް އަށް ގުޅީމާ ވެސް ބިޒީ ކޮށްލަނީ. އެސް. އެމް. އެސް ކުރީމާ ވެސް ޖަވާބެއް ނުދިން. ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި މެޖެސްތައް ބަލާފައިވެސް ޖަވާބެއް ނުދިން. މިއީ ދަރިވަރަކަށް ދިމާވި ގޮތް. އާދައިގެ ރައްޔިތުމީހާއާއި މެދު ކަންތައް ވާނެ ގޮތަކާއިމެދު ވިސްނަވާލައްވާ ކިޔުންތެރިން. އައްޝައިޚް އިމްރާން ޢަބްދުﷲ އަމިއްލަފުޅަށް ދަރިވަރު ގާތުގައި، ދަރިވަރަށް މޮބައިލް ނަމްބަރު ދެއްވާފައި ގުޅުމަށާއި ބައްދަލުކުރާނެ ވާހަކަ ވިދާޅުވީ ވެސް. ދެން ކުރިއަށް ގޮތް 100 އަހަރުވަންދެން ތިޔަ ހޯމް މިނިސްޓަރު ކަމުގައި މަނިކުފާނު ހުންނަވާ.
    ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާމެން ވެރިކަން ބަދަލުކުރުމަށްޓަކައި ކުރެއްވި މަސައްކަތްތަކަށް ވެސް ލިބުނީ ތެޔޮ ހަމެއް. އަހުރެމެން ހީކުރީ އަދާލަތު ޕާޓީގެ މީހަކު ޖެންޑަރ މިނިސްޓަކަށް ޢައްޔަން ކުރާނެ ކަމުގައި. ނަމަވެސް ޝިދާތާގެ މަޤާމަށް އެހެން ކަނބަލަކު ޢައްޔަން ކުރުމާއި ހިސާބުން ޢަދާލަތަށް އޮތް ސްލޮޓްތައް ގެއްލި ކޯލިޝަނުގައި ރެނދު އަޅައި މިހާރު އަދާލަތުގެ ބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ދޭނެ ދަނޑިވަޅަކަށް ސަރުކާރުން އެތިބީ ބަލަބަލާ އިނގޭތޯ؟ މިޙާލަތުގައި ޝެއިޚް ޢިމްރާނަށް ކިހިނެއްވާނެބާ؟
    މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ހަތްއުޑުމަތިން ބާއްވައިލެއްވި ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ކަނޑައެޅިގެން ފާޅުގައި ދެކޮޅުހަދައި ފުރައްސާރަކުރާ ބަޔެއްގެ ފަހަތުން ކުރިއަށް އޮތް 100 އަހަރު ދުވެލަދުވެލާ ހުރެވޭނެތޯއެވެ. މިޤައުމުގެ ދޮރާށިތައް ބަންދުކުރުމަށް ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންނާއި ލިޔުންތެރިންނާއި ޢާއްމު ރައްޔިތުން ގޮވަމުން ދިޔައިރު ބީރުކަންފަންތެއް ދީގެން ބޮޑުންގެ އައްޑާގައި އިންނެވުނު ދެއްތޯއެވެ. މިހާރު މިއޮތީ އަތަށް ގޮވާފައެވެ. މިޤައުމުގެ ތިންބާރު ވަކިވެފައިވާ ކަމަށް ޤާނޫނު އަސާސީގައި ލިޔެވިފައި ވީނަމަވެސް މިޤައުމު ހިންގަނީ މިހުރިހާ ބާރެއް އެއްކޮށްލައިގެން މަރުމޯލެއްގެ ރައުޔަށް ދެއްތޯއެވެ. ﷲ އާއި ވަކީލެވެ. ދިވެހިފަސްގަނޑާއި އިސްތިޤްލާލު ޙިމާޔަތް ކުރައްވާ ﷲ ގެ ފޮތަށާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ޢަމަލުކުރާ ވެރިން އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ. އާމީން

  7. ހުސޭނުބޭ

    މަނިކުފާނު ޖަލުގައި ހުންނެވިއިރު ވަގަށް ފޯނު އެތެރެކުރައްވާ ސެލްފީނެންގެވީ އިންސާނީ ކަރާމާތުގެ ތެރޭގައި އެކަން ހިމެނޭތީތޯ! ނޫނީ އެއީ މަނިކުފާނުގެ ކަރާދަނޑުތޯ!

    12
  8. މުނާފިޤުޝޭޚް

    މީއެ އަނގަފުޅާކޮއްފަ މިހުރީ ޑޮކިޔުމެންޓްތަކޭ ކިޔާފަ މުޅިގައުމުގަ ފަސާދައުފެއްދި މުނާފިޤު އަނގަ ތިޔޮތީ ހުވަފެނުންވެސް ނުފެންނަވަރުގެ މަޤާމެއްލިބިފަ

    10
  9. އިމްރާން

    ޔާމީނަށްވުރެ ބޮޑަށް އިންސާނީ ކަރާމާތް އިމްރާނަށް އެނގޭނެ. އެއީ އިސްލާމް ދީނުގަ އޮންނަ ކަމެއް. އިންސާނީ ކަރާމާތް ޔާމީނަށް ނެއެނގޭކަން ވަނީ ސާބިތު ކޮށްދީފަ. އޭނާގެ ވެރިކަމުގަ. އޭގެ މިސާލަކީ އިމްރާނާއި މައުމޫނު. ޖަލަށްލުން.

    13
  10. ޛައި

    މަނާ ޖިނާއީ ކުތްކުރާތީ ޖަލަށް ލަނީ.... އެއްވެސް ގައުމެއްގަ ޖަލަކީ ފައިވް ސްޓަރ ރިސޯޓެއް ނޫން... ކޮންކަމެއްތަ! ޖަލަށް ލީމަ ވެސް އިސްލާހެއް ނުވޭ

  11. އިބިލިސް

    ފައްކާ އިބިލީހެއް