މާލެ އިން އިތުރު ބިދޭސީއެއްގެ ގައިން ކޮވިޑް-19 ފެނި، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެންމެ ފަހުން ބައްޔަށް ފައްސިވީ ފްލޫ ކްލިނިކަކަށް ދެއްކި ބަންގްލަދޭޝް މީހެއް ކަމަށެވެ. މިއީ މާލެ އިން ބަލި ޖެހުނު 16 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ. އަދި މިއީ މާލެ އިން ބަލި ޖެހުނު ދެ ވަނަ ބިދޭސީ މީހާއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެއީ 27 އަހަރުގެ މީހެއް ކަމަށާއި، އެ މީހާއަކީ އަމީން ހިޔާއަށް މާލޭގައި ތިބި ބިދޭސީން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ބަދަލުކޮށްފައިވާ މީހެއް ކަމަށެވެ.
އެ މީހައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ މީހާއަކީ އެއްވެސް ޑޮކިއުމެންޓެއް ނެތި މާލޭގައި އުޅެމުންދާ މީހެއް ކަމަށެވެ.
"މާލޭގެ ބައެއް އެކޮމޮޑޭޝަންގައި ތޮށްޖެހިފައި ތިބި މީހުން އެކި ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން 12 ވަނަ ދުވަހު އަމީން ހިޔާގެ ސްޓާފް ކުއާޓާއަށް ބަދަލު ކުރެވިފައިވާ މީހެއް". ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، އޭނާގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، 15 ދުވަހު އެ މިހާ ހުން އައިސްގެން މާލެ އަށް އައިސް އަމިއްލައަށް ބޭސް ފިހާރައަކުން ބޭސް ގަނެގެން ކެއި ކަމަށެވެ.
"އޭނާ އެހެން ހުރެފައި އިއްޔެ ފްލޫ ކްލިނިކަށް މި ދިޔައީ، ގޮސް ސާމްޕަލް ނަގާ ޓެސްޓުކޮށްގެން މިއަދު އަޅުގަނޑުމެންނަށް ޕޮޒިޓިވް ރެޒަލްޓް ލިބުނީ". ނަޒްލާ ވިދާޅުވިއެވެ.
އަދި އޭނާ މިވަގުތު ހުރީ މާލޭގެ ގެއެއްގައި ކަމަށާއި، އެތަންވެސް ކަރަންޓީން ކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އޭނާ ހުޅުމާލޭގައި ހުރިތަންވެސް ކަރަންޓީންކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އެތަންތަނުގައި އެއްވެސް ބަލީގެ އަލާމަތްތައް ހުރި މީހަކު ހުރިތޯ ބެލުމާއި، އަލާމާތް ހުރި މީހުންގެ ޓެސްޓުތަކާއި އެއްޗެހި ކުރުމުގެ ކަންތައްތައް ކުރިއަށްދާނެ". ނަޒްލާ ވިދާޅުވިއެވެ.
Case: MAV036
Samples taken from a Bangladesh national via a flu clinic has tested POSITIVE for #COVID19.
This is the 16th person to become POSITIVE for COVID-19 in Male’ City.
The person will be transferred to an Isolation Facility.
— Health Protection Agency (@HPA_MV) April 19, 2020
މި މީހާއަށް ފަރުވާ ދިނުމަށް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ބަންގްލަދޭޝް މީހާއާ ސީދާ ބައްދަލުވެފައި ހުރި މީހެއް ހުރި ނަމަ، އެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.
ރާއްޖެ އިން މިހާތަނަށް 20 ދިވެއްސެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހއ. އުލިގަމުން ބައްޔަށް ފައްސިވި މީހާ ވެސް ހިމެނެއެވެ. އެޗްޕީއޭ އިން އެ މީހާގެ މައުލޫމާތު އަދި ހާމަ ނުކުރި ނަމަވެސް، ބަލި ޖެހުނު މީހާގެ އާއިލާ އަށް މިހާރު އޮތީ އެކަން އަންގައިފައެވެ.
މި ދިވެހިންގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސެކެވެ.
މީދުނިޔޭގެ ފުރަތަމަ ކޮވިޑްފްރީ ގައުމަށް ހަދާނަމަމޯ ބުނި އަލީ ވަ ހީދު ކޮބާ؟.
ގަދަ ބަސް ބުނަނީ. އިންޝާﷲ ބުނުމެއް ނޯވޭ
ތިއުޅެނީ މިހާރު ފައިސާގެ ކަމެތް ކަމަށް ލަފާކުރެވޭ. މީހުން ގޭގަ ތިއްބަސް ފައިސާ އަބަދުވެސް ދައުރު ވަމުންދޯ ދާނީ ވީމާ މިކަމަށް ވެސް މިހާރު ވިސްނަން އެބަޖެހޭ. ފިހާރަ ތަކުން އެއްޗެ ގަތީމަ ބާކީ އެދޭ ރުފިޔާ ވެދާނެ ބަލި ޖެހުމުން ސަބަބުކަށް. ސަމާލުވޭ.
ތިޔަވާނީ ދެއަންބަށް އިދެގެން އުޅޭމީހަކަށް!
އަންނި ފައްސިވީތަ؟
ބިރުވެރިކަން އިތުރު ވަނީ، ބިދޭސީ މީހާ އަކީ ބިދޭސީން ބައިތިއްބާ ތަނެއްގަ ހުރި މީހެއް ކަމަށް ވަންޏާ ބިރުވެރިކަން ބޮޑު. ﷲ އަށް ވަކީލ