މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގުމަކީ އެތަނުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެމަނިކުފާނު ގެއަށް ބަދަލުކުރަން ޕީޕީއެމާއި ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ދެ ޕާޓީގެ ޒިންމާއެއް ކަމަށެވެ. އެހެންވެ، މިހާރުން މިހާރަށް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

"އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލަސްކުރުުމެއް ނެތި މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ސަރުކާރަށް ގޮވައިލަމެވެ،" އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެކަމަކު، މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.

އެ ހަމަނުޖެހުންތަކަކީ ޖަލު ހަލަބޮލިކުރަން ބަޔަކު ހިންގި އަމަލެއް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވުނީ އޮފިސަރުންގެ ކުޅަދާނަ ކަމުން ކަމަށް ވިދާޅުވެ، އިމްރާން ވަނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ތައުރީފް ކުރައްވައިފައެވެ.

"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ، ނާޒުކު މިވަގުތު ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާ އޮފިސަަރުންނަށް މާބޮޑު ގެއްލުމެއް މުވެ ކޮންޓްރޯލްވުމަކީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަން،" ޓްވީޓްގައި އިމްރާން ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން މިނިވަން ކުރަން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މީ އެއްމެ އަވަހަކަށް ރައީސް ޔާމީނު ގެއަށް ބަދަލް ކޮށްދެއްވާ މިނުރައްކާ ބަލިމަޑުކަމުން ސަލާމަތްވާންދެން އެމަނިކުފާނު އާއިލާ ކައިރިއަށް އަވަހަށް ގެނެސްދެއްވާ އެމަނިކުފާނަށް ނުރައްކަލެއްވެއްޖެ ނަމަ އަޅުގނޑުމެން އިބޫގެ މަށްޗަށް ދައުވާ ކުރާނަން ރައީސް ޔާމީނާއެކު މިހާރު އެއްލައްކަ ފަންސާސް ހާސް ދިވެހި ރައްޔިތުން ތިބިކަން އިބޫ ހަނދާން ކުރާތި ، މިއެއްމެން ރައީސް ޔާމީނު ގިނިކަންޏާ ދޫކޮށްލާނޭ އިބޫ ހީނުކުރާތި މީ ވަރަށް ވާހަކަ އިބޫ....

  75
  25
  • ލޮލް

   get a life

   8
   3
 2. ވާފިރު

  ޔާމީނަށް ކުރީ ނުހައްގު ހުކުމެއް އިސްލާމީ ޝަރީއަތް ގަބޫލު ނުކުރާ އެތަށްކަމެއް އެހުކުމުގައި ވާއިރު އިސްލާމީ ޝަރީއަތް ދަންނަ ބޭފުޅުން އަދުލުއިންސާފް ގާއިމް ކުރަން ބާރުނާޅަނީ ހައްގުމަގު ދެނެ ދެނެ ތިބެ އެކަން ވަންހަނާކުރަން. ﷲ ގެ ޝަރީއަތް ގާއިމް ނުކުރާމީހުން އުޅޭ ބިމަކުން ފިތުނަ ނޫން އެހެން އެއްޗެއްނޫނީ ނުދެކޭނެ. އެފަދަ ތަންތަނުން ބަލިމަޑުކަމާއި ތަދުމަޑުކަން އަދި ބަލާޔާއި މުސީބާތްތަކާ ކުރިމަތި ލާންޖެހޭނެ.

  46
  10
  • މޯލްޑިވިޔަން

   ކޮން އިސްލާމީ ސަރީއަތެއް

 3. ވގ ޔ

  ނުރައްކާ އޮތްނަމަ އެހެން ގޮޅިއަކައް ބަދަލުކުރަން ފެންނަނީ. އޭރުން ރައްކާތެރިވާނެ

  20
  47
 4. ާހަހަ

  Not issues in jail but economical crisis of the country needs his hands,weather believe it or not. The reason he is coming out is for his brain as always current people of uphold ran out of brain power.

  3
  13
  • ލޮލް

   and yet he is locked up in prison... so much for brain power

   2
   4
 5. މަރިޔަބު

  މުޅިޤައުމު ނުރައްކާތެރި ކޮވިޑް19ގެ ސަބަބުން ގޯހުންގޯހަށް ދާއިރު ރ. ޔާމީނު ފަދަ ރައްޔިތުންލޯބިވާ ބޭފުޅަކު އެއްވެސް ރައްކާތެރިކަމެއްނެތް ތަނެއްގައި ބެހެއްޓުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން މި ޙާލަތުގައި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވާނެނަމަ .......

  37
  17
  • އަބޮއްފުޅު

   މައްސަލަޔަކީ އަދިވެސް ރައީސް އިބޫ ސޯލިހަށާއި އެ މްޑީޕީގެ ގިނަބޭފުޅުންނަށް ރައީސް ޔާ މީނު
   ޤައު މަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްތައް ބަލައިނުގަނެވު މެވެ.?

   18
   8
 6. ތަރައްޤީ

  އިއްޔެ ޖަލުގަތިބި އެތައްކުއްވެރިންނަކައް ވަނީ މަޢާފުދީފަ އެއިގެތެރޭގަ ނޭންގެ ބޮޑުބާޢީ ލުތުފީނެތްކަމެއްވެސް ކީއްވެ ރައީސް ޔާމީންއައް މަޢާފުނުދެވެންވީ އެއީއެތައްހާސް ރައްޔިތުންގެ ތާއީދުހޯއްދަވާފަ ހުންނެވި ދިވެހިރާއްޖެ ފަހުގެތާރީޚުގާދުއް ތަރައްޤީގެބާނީ #ރައީސްޔާމީން ދޫކޮއްލާ

  13
  8
 7. ލޮލް

  a criminal is a criminal ....

  6
  6
 8. ޙަަަސަނު

  މި ލާދީނީ ސަރުކާރަކުން ނުކުރާނެ ރަނގަޅު އެއް ކަމެއްވެސް

  15
  9
 9. ހުޅުލޭ ބޮޑުމީހާ

  މިވަގުތު ހުރިހާ ގައިދީން ގެއަށް ބަދަލު ކުރުން ރަނގަޅު އެކަމް ޕާސްޕޯޓް ހިފައްޓަން ޖެހޭނެ އެންމެންގެވެސް

  5
  7
 10. ފާތުމަ

  ލޯނޑަރީއަށް ވަރަށް މޮޅުވާނެ ކަމަށް ފެންނަނީ ޖަލުގައި ބަހައްޓާ.

  3
  4
 11. ނުހައްގުން

  ހެޔޮނުވާނެ ރ.އިބޫ މިދަނޑވަޅު ރ. ޔާމީން ގެޔަށް ބަދަލުކޮށްދެއްވާ. މާފުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގެންވޭ

  7
  3
  • މޯލްޑިވިޔަން

   ކޮބާ އަހަރެންގެ ބޮޑުބޭބެ

 12. ވަގު ޔާމީން

  ތަރައްގީ އައް އެގޭތަ އެއީބޮޑުވަގެއް އެހެންވެ

  1
  1