ކޮވިޑް-19 އާ ގުޅިގެން ހދ. އަތޮޅުން ތިން ރަށެއް ކަރަންޓީން ކޮށްފިއެވެ.

މިހާތަނަށް އެނގިފައިވާގޮތުން ކަރަންޓީންކޮށްފައި ވަނީ. ހދ. ހަނިމާދޫ އާއި ވައިކަރަދޫގެ އިތުރުން، ހދ. ހިރިމަރަދޫ އެވެ.

މި ރަށްތައް ކަރަންޓީން ކުރިކަން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ރަށްތަކުގެ ކައުންސިލްތަކަށް އަންގާފައެވެ.

މިކަމާއި ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލެ އައުމަށްފަހު ދިޔަ ހއ. އުލިގަމުގެ މީހަކު ކޮވިޑް-19 އަށް ހެދި ސްކްރީނިން އިން ފައްސިވެފައިވާ ކަމަށާއި، އޭނާ މާލެ އިން ރަށަށް ދަތުރުކުރި ބޯޓުން އެހެން ރަށްރަށުގެ މީހުންވެސް ވަނީ ދަތުރު ކޮށްފައި ކަމަށެވެ.

އެހެން ކަމުން އެބޯޓުން ދަތުރުކުރި އެންމެން ފޭބި ރަށްރަށް ހޯދައި މިހާރު ދަނީ އެރަށްރަށުގައި ކޮންޓެކްޓު ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދަމުން ކަަމަށެވެ. އަދި އެރަށްރަށް ކަރަންޓީނުކުރުމަށް ނިންމާފައި ވަނީ އެރަށްރަށުގައި ކޮންޓްރެކްޓު ޓްރޭސިން ހެދުމަށް ފަސޭހައަކަށް އަދި ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށް ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މި ވައިރަހަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން، މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް ބޭރަށް ނުނިކުތުމަށް ސަރުކާރުން އަންނަނީ ހަމައެކަނި ފުރަބަންދުކޮށްފައި އޮތް ރަށްރަށުގެ މީހުންނަށްވެސް އަންގަމުންނެެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި ބަލި ފެތުރެން ފަށާފައި ވަނީ ޕާޓީއެއްގެ ތެރެއިންނެވެ.

މިހާތަނަށް މި ބައްޔަށް މާލެއިން ވަނީ ގިނަ އަދަދަކަށް ބިދޭސީންވެސް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަޅުމަރިޔަނބު

    ހިރިމަރަދޫވެސް

  2. ޢަޒްރާ ޢަލީ

    ﷲ ަަްްްްްްއަކްބަރު

  3. ކާފަ

    ޙުިރިހައި ރަށެއްވެސް ކަރަންޓީން ކިުރައްވާ... ވައިރަސް ފަހާދުވުމުގެ ބަދަލުގއި ކިރިއަށް ފިޔަަޅު އަޅުއްވާ....