ރާއްޖެއިން ކޮވިޑް-19 ފައްސިވި މީހުންގެ އަދަދު 52 އަށް އަރައިފިއެވެ.

މިފަހަރު ފައްސިވެފައި ވަނީ ހއ. އުލިގަމުން ކޮވިޑް-19 އަށް ޓެސްޓު ކުރި މީހާ އެވެ. އެ މީހާއާ ގުޅޭގޮތުން "ވަގުތު"އިން ގެނެސް ދިން ކޭސް މިހާރު އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެރަށު ފިރިހެނެކެވެ.

އެ މީހާއަކީ މާލެ އިން ކަނޑުމަގުން ދާދި ފަހުން ރަށަށް ދިޔަ މީހެކެވެ.

އެޗްޕީއޭ އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްވައި ވިދާޅުވެފައި ވަނީ، އުލިގަމުން ނެގި ދެވަނަ ސާމްޕަލްގެ ނަތީޖާ ފައްސިވެފައިވާ ކަމަށާއި، އެ މީހާ އައިސޮލޭޝަން ފެސިލީޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މީހާ ފައްސިވުމުގެ ކުރިން ފަށައިގެންވެސް އެޗްޕީއޭއިން ދަނީ އެ މީހާ މާލެއިން ރަށަށް ދަތުރު ކުރި ބޯޓު ދަތުރު ކުރި ހުރިހާ ރަށެއް ކަރަންޓީން ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އެގެ ތެރޭގައި ހިމެނެނީ 15 ބަންގްލަދޭޝް މީހަކާއި 14 ދިވެހިންނެވެ. އަދި ދެ އިންޑީއާ މީގެ އޭގެ ތެރޭގައި ހިމެނެއެވެ.

ރާާއްޖެއިން ކޮވިޑް-19ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓައޕް

    ޜާއްޖޭގައ ޖެެހެނީ ޓައިޕް ސީ ސޯ..އެމެރިކާގަ އޮރިޖިނަަލް އޭ ކަމުގައިވަނީ