މާލެއިން ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ފިހާރަތަކަށް ދާން ޖެހޭނީ ހިނގާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 މާލެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ މުޅި ރާއްޖެ ފުރަބަންދު (ލޮކްޑައުން) ކުރުމެވެ. މިކަމުގެ ސަބަބުން ގެތަކަށް ކާބޯތަކެތި ގެންދަނީ ފިހާރަތަކުން ޑެލިވަރީ ކޮށްގެންނެވެ. އެހެންކަމުން މާލެ ސިޓީގެ ގިނަ ފިހާރަތަކުން އަންނަނީ ޑެލިވަރީގެ ހިދުމަތް ދެމުންނެވެ.

އެހެންނަމަވެސް ޑެލިވަރީތައް ގިނަވެ ގެތަކަށް ޑެލިވަރީތައް ކޮށްދިނުމުގައި ދަތިތަކެއް ވިޔަފާރިވެރިންނަށް ވެސް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ފުލުހުން ވަނީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގެއަކުން އެކަކަށް ވިޔަފާރި ކުރުމަށް ބޭރަށް ނިކުތުމުގެ ފުރުސަތު ދީފައެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ފިހާރަތަކަށް ދިއުމަށް ހުއްދަ ދެވިފައިވާ އެއް ގަޑިއިރަކީ ދުއްވާ އެއްޗެހީގައި ދިއުމަށް ދޫކުރާ ވަގުތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ފިހާރަތަކަށް ދާން މިދޭ 1 ގަޑިއިރުގެ ވަގުތަކީ ސައިކަލުގައި އެހެން ނޫނީ ދުއްވާ އެއްޗެހީގައި ދާން ދޭ ހުއްދައެއް ނޫން. ފައިމަގުގައި އެތަންތަނަށް ވަޑައިގަންނަވަން ވާނީ" ފައިރޫޝް ވިދާޅުވިއެވެ.

ފުލުހުން ވަނީ މިއަދުން ފެށިގެން ލޮކްޑައުންގެ ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކަށް ނަސޭހަތް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ މީގެފަހުން ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަން

  އެއިރުންތާ ބޭނުންވާ ފިހާރަކަށް ނުދެވޭނީ. ބޭނުންވާ އެއްޗެއްވެސް ނުގަނެވޭނީ. ތިންދުވަހަށް މުޅި އާއިލާއަށް ބޭނުންވާވަރަށް އެއްޗެހި ގަންނަން އެބަވޭ. ރައްޔިތުންނާދޭތެރޭވެސް ވިސްނާލަން ވާނެދޯ

  11
  12
  • .///....

   ބޭނުންހާ އެއްޗެއް ހޯދަން ނޫޅެ ލިބެންހުރި އެއްޗަކުން ފުއްދާލުން މިހާލަތުގައި ކިހިނެއްވާނެތޯ....

   6
   2
  • މުޙައްމަދު

   އެފަހަރެއްގައި ކަންކުރާނީ އެފަހަރެއްގެ ޙާލަތަށް ބަލާފައި! ކާމިޔާބުވާނީ އޭރުން ! މިވަގުތަކީ އަޅުގަޑުމެން އެންމެން ކިޔަމަންވެ އެއްބާރުލުން ދޭންވި ވަގުތު ! ކެތްތެރިވެ އިޤްތިޞާދު ކުރަންވި ވަގުތު ! އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޙާ އަށް ވީހިނދު، އެގޮތުގައި ބަލައިގެން ޢަމަލުތައް ބަހައްޓަންވީ ވަގުތު ! ފުރިހަމަ މުސްލިމަކަށް ވާނީ އެއިރުން!

   6
   1
 2. ކައި

  ބެސްޓް

  10
  9
 3. Anonymous

  ރައްޔިތުން ކެއްތެރިވެސް ވާންޖެހޭ ދޯ މިވަގުތު ހުރި އެއްޗަކުން ފުއްދަބަލަ. ކެއްތެރި ކަމެއް ނެތް ބައެއް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  5
  2
 4. އާވިމް

  ފިހާރަޔަކަށް ގޮސް ލިބެން ހުރި އެއްޗެއްވެސް ގަނެގެން އަވަހަށް އާދޭވޭނީ ސައިކަލްގަ ދިޔައީމަ. މީހުންނާ ބައްދަލު ނުވާނީވެސް ސައިކަލްގަ ދިޔައީމަ. އެހެން ލިބޭ 1 ގަޑިއިރުގަ ގަންނަންޖެހޭ އެއްޗެހި މަދެއް ނުވާނެ. ސައިކަލް ވަށިގަޑުގަ ގެނެވޭ އެއްޗެހި އަތުން ހިފައިގެން އަންނަން ޖެހުން އެއީ ފަސޭހަކަމެއް ނޫން. ދަތި އުދަގޫގަޑީގަ މީހުން އިމްތިހާ ކުރުން ރަގަޅެށް ނޫން. ބޭރަށް ދާން ބޭނުމެއްނޫން. ދާންޖެހުނީމަ ދަނީ. 1 ގަޑިއިރު އެޢީ މިކަހަލަ ހާލަތެއްގައި ވަރަށް ގިނައިރު. އެކަމު ހިގާފަ ވީމަ ހުރިހާގޮތަކުން ގެއްލުން.

 5. ސަލީމް

  މިގޮތަށް ނިކުތުމުގައި ވަކިހުއްދައެއް ނަގަންޖެހޭތޯ؟
  ނަގަންޖެހޭނަމަ ކިހިނެތްތޯ އެހުއްދަ ލިބޭނީ؟

 6. ލިޔާ

  ތެދެއް އޭރުންދޯ ބޮޑަށް ވައިރަސް ޖެހޭނީ