ނޯޓް: މިލިޔުމުގައި ރައުނާގެ މައުލޫމާތާއި ފޮޓޯ ހިމަނާފައި ވާނީ އޭނާ އާއި އާއިލާ އިން ހުއްދަ ދީގެންނެވެ.

ކޮވިޑް-19 އާއި އެކުވެސް ދިވެހިންގެ ތެރެއިން ބަދަލުނުވި ކިތަންމެ ކަމެއް އެބަހުއްޓެވެ. ދިވެހިން ބަހެއް ނޭހިއެވެ. އަނެކުންނަށް އިހްތިރާމް ކުރުމުގެ ސިފަ އިއާދައެއް ނުވިއެވެ. ބިދޭސީންނާއި، އަދި ދިވެހިން ވެސް ހިމެނޭ ގޮތައް ހުއްޓުމެއް ނެތި ޑެލިވަރީގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަނެއް ނުކުރިއެވެ. ނަމަވެސް މިއަދު އަދި ދައްކަން އޮތީ މާހިތާމަވެރި ވާހަކައެކެވެ.

ކޮވިޑް-19 މާލެ އިން ފެނި، ބަލި ޖެހުނު މީހުންނާއި އެމީހުންގެ އާއިލާތައް ވަރަށް ބޮޑު ހިތާމައެއްގައި އަދި އެހައިމެ ބޮޑު ބިރުވެރިކަމެއްގައި ތިއްބާ އެމީހުންގެ އިހްސާސްތަކަށް އެއްވެސް އިހްތިރާމެއް ކުރުމެއްނެތި، ބަލި ޖެހުނު ބައެއް މީހުންނާއި، އަދި ބަލި ނުޖެހޭ ބައެއް މީހުންގެ ފޮޓޯތައް މީސް މީޑިއާގައި އާއްމުން ހިތައް އެރި އެއްޗެއް ހިތައް އެރި ގޮތަކަށް ލިޔަމުން ގެންދަނީއެވެ. އެއިން އެހެން މީހަކަށް ކުރާނެ އަސަރެއް ވިސްނާވެސް ނުލައެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އެކަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެއްބާރުލުން ނުދެއްވާ ކަމަށް މިއަދު އެއިދާރާ އިން ވިދާޅުވުމާއި އެކު އެއީ ރައުނާ ނަމަކަށް ކިޔާ ޒުވާނެއްގެ ވާހަކަ ކަމަށް ބުނެ އޭނާގެ އަބުރު ކަތިލުމުގެ ގިނަ މަސައްކަތްތަކެއް ބަޔަކު ގެންދަނީ މީސް މީޑިއާގައި ކޮށްފައެވެ.

ރައުނާގެ މައުލޫމާތު "ވަގުތު" އިން ހާމަ ކުރުމުގެ ހުއްދަ އޭނާ އާއި އޭނާގެ އާއިލާ އިން ވަނީ ދީފައެވެ. ރައުނާގެ ގާތް ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އާއިލާ ބޮޑު ހިތާމައެއްގައި ވަނިކޮށް އޭނާ އަށް އަމާޒުކޮށް ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން އިތުރު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ރައުނާ އާއި އާއިލާ އަދި ގާތް އެކުވެރިން ވެސް މިތިބީ ވަރަށް ބޮޑު ހިތާމައެއްގައި. ގާތް އިތުރު މީހުން ވެސް ޓެސްޓް ކުރަމުން ގެންދާ މިދަނޑިވަޅުގައި އެއްވެސް ހަޤީޤަތެއް ނެތް މިފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ހިތާމަވެރި ކަމެއް. އަޅުގަނޑުމެން އެދެން އެފަދަ ކަންކަން ކުރަމުން ގެންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން." މައުލޫމާތު ދިން މީހާ ބުންޏެވެ.

ރައުނާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އަށް ފައްސި ވެފައިވާ އެއާޕޯޓްގެ ރެޕާއި އޭނާ އާއި ގުޅުވައިގެން ދައްކަމުން ގެންދަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށާއި، އެއާޕޯޓްގެ ރެޕާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އެޗްޕީއޭ އިން ބޭނުންވާ މައުލޫމާތު އެޗްޕީއޭ އަށް ނުދެނީ ކޭސް 21 އާއި ގުޅޭ ކްލަސްޓާއެއްގައި ހިމެނޭ މީހެކެވެ. އެއީ ރައުނާ ނުވަތަ އޭނާ ހިމެނޭ ކްލަސްޓާ އާއި އެއްވެސް ގުޅުމެއް ހުރި ކްލަސްޓާއެއް ނޫނެވެ.

މިފަދަ މައުލޫމާތު ހާމަކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ލިބިފައި ވީނަމަވެސް އަދި އެއްވެސް މީހަކާއި މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ރައުނާގެ އިތުރުން އިތުރު އެތައް ބައެއްގެ ފޮޓޯ އާއި އެމީހުންގެ ޒާތީ މައުލޫމާތުތައް ވެސް ވަނީ އާއްމު ކޮށްފައެވެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވި މީހުން ބެހިފައި ވަނީ މައިގަނޑު ހަތަރު ގްރޫޕަކަށެވެ. އެއިން އެއްވެސް ކޭސްއެއްގެ ޕްރައިމަރީ ކޮންޓެކްޓް ހޯދިފައެއް ނުވެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ބަލި ޖެހިގެން ފުރަތަމަ ރިޕޯޓް ކުރާ ކޭސް އަކީ ފުރަތަމަ ބަލި ޖެހުނު މީހާކަމަށް ނުނިންމޭނެ ކަމަށެވެ.

"އެއްވެސް ކްލަސްޓާއަކީ އޭގެ ފެށުން ކަމަކަށް އަދި އޭގެ ތެރެއިން ފެށުނީ ކިހިނެއް ކަން އަދި ދެނެއެއްނުގަނެވޭނެ. އެއްވެސް ހާލެއްގައި ބަލި ޖެއްސީ ވަކި މީހެކޭ، އެގޮތަށް ހީވާ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން. ފުރަތަމަ އައިޑެންޓިފައި ކުރާ މީހަކީ، އެއީ ޓެސްޓް ކުރެވިގެން ހޯދުނު ފަރާތް. މީގެ އިންވެސްޓިގޭޝަން ނިމުމުން އަޅުގަނޑުމެން އެކަން ދަންނަވާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީސް މީޑިއާގައި މީހެއްގެ ފޮޓޯއެއް އާއްމުކޮށް އެމީހެއްގެ އަބުރު ކަތިލުމަކީ މާމޮޅުކަމެއް ނޫނެވެ. މާދަމާ މީސް މީޑިއާގައި މިފަދަ ފޮޓޯއެއް ދައުރުވެ، ހިތާމައާއި ހިތްދަތިކަން ކުރިމަތިވާ މީހަކީ ތިބާ ކަމަށް ވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

  1. މަ

    ވަރަށް ރަނގަޅު ވާހަކައެއް

    141
    5
    • ލަޔާ

      ތި ޝާފާފް އަކާ މެދު އަބުރުގެ ދައުވާ ކުރަން ޖެހޭ... އަދި ސޯޝިއަލް މީޑިއާގަ ފާޑުފާޑުގެ ވާހަކަ ދައްކާ އެންމެނާމެދު ފިޔަވަޅު އަޅަންޖެހޭ.... އެހެންގައުމް ތަކުގަ ވެސް ހަރުކަށި އަދަބްދޭ.... އަޅުގަނޑު ތިއިން އެއްވެސް ބޭފުޅަކު ނުދަންނަން އެކަމަކު ވަރަށް ދެރަވޭ މި ކަހަލަ ކަންތައް ދިމާވީމަ.... ދިވެހިންގެ ބައެއް މީހުންނަކީ ހާދަ މޭލީޝިއަސް ބަޔެކޭ.!!!! މި ހިތާމަވެރި ދަޑިވަޅުގަ ވެސް ބައެއް ދިވެހިންގެ އަހުލާގީ މިންގަނޑު ހާދަ ހާ ދަށުދަރަޖައިގަ އޭ...

      223
      24
  2. އައްޔު

    ކޮބާހީވޭ ދިވެހިން ހަޔާތްކެޑުވި މީހުން މީގެ ޒިންމާ ނަގަންޖެހޭނެ ޚާއްސަކޮށް ހުކުރު ޚުތުބާގެ ތެރެއަށް ކާޑޫނު ކުރަހާ ހަޑިހުތުރުއެއްޗެހި ލިޔެ އެޅިމީހުން

    249
    13
  3. އައްޑޫ ލެއި

    މިފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާށި މާދަމާ ތިބާގެ މަންމަ ބައްޕަ ނުވަތަ އާއިލާޔައް މިފަދަ ކަމެއް ދިމާވުމުން ފޮޓޯ އާނމުކޮށް ހަޤީގަތާއި ޚިލާފް ވާހަކަތައް ދައްކާ އަބުރު ކަތިލަން ތިބާ ހިއް ރުހޭނެތޯ.

    205
    13
  4. އަދާލަތު

    އެކަކު އަނެކަކު ދަންނަ މަދު މީސްކޮޅަކު އުޅޭ ޤައު މެއްގައި ޙަޤީޤަތަކަށް ބެލު މެއްނެތި މީހުންގެ އަބުރު ކަތިލު މަކީ، އެވޭލާ ޒަ މާނުގެ ޘަޤާފަތެކެވެ. ތި މާޔަށް އެހެން މީހަކު ކުރަން ނޭދޭކަ މެއް ތި މާ އަނެކަކަށް ކުރު މަކީ، ވަރަށް ނާ ތަހުޛީބު ޢަ މަލެކެވެ. އެފަދަ ފަރާތް ތަކާ މެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އެޅުއްވު މަށް އިންސާނީ ޙައިސިއްޔަތުން ކަ މާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން. މާދަ މާ އަޅުގަނޑުގެ ވާހަކައެއް ހަދައިގެން ނެރު މަކީވެސް ކޮށްފާނެ ކަ މެއް.

    94
    8
  5. ކީކޭ ބުނާނީ

    ބައެއް މީހުންގެ ޢަމަލުތައް ހުރިގޮތުން ބަލިޖެހޭ މީހުންނަށް ބަލީގެ ސަބަބުން ލީބޭ ގެއްލުމަށް ވުރެ ލިބޭ ނަފުސާނީ ގެއްލުން ބޮޑުވުން އެކަށީގެން ވޭ.

    168
    3
  6. ސިސޫ

    ވަރަށް ދެރަވަރު ކަންކަން ދުނިޔެ ނިމޭއިރުވެސް މިހާލަތުގަ ބަޔެއް ދިވެހިން.. މީ އެންމެންގެ ހެޔޮދުވާ ބަލިވި ފަރާއްތަކަށް ކޮއްދޭންވި ވަގުތު..އެއްވެސް މީހެއް ހިޔެއްނުވޭ ބަލި ހުރިކަން އިނގި ހުރެ ބަލިޖެހެން ބޭނުންވެގެން ބަލިޖެހުނީހެން..އެކި މީހުން ގެ ހާލަތު ހުންނަގޮތުމް ބޭރުގަ އުޅެން ވެސް މަޖުބުރެއް އޮވެދާނެ..މާދަމަ ދިމަޔަކި ވެސް މިބައްޔަށް ޕޮސިޓިވް ވާމަހެއްކަމުގަ ވެދާނެ..ސޭނޯޓު ފުރާއްސާރަ.

    79
    4
  7. Anonymous

    ހުރިހާ ވަގުތެއްގައިވސް ހުރިހާ ޙާލެއްގައިވެސް މިފަދަ ކަންކަން ކޮށްގެން ނުވާނެ. އެފރާތްތައް ކުށްވެރިކުރަން.

    90
    5
  8. ބޭބެ

    ޢާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ވަގުތުގައި އިތުރު ހިތްދަތިކަމާއި ނުތަނަވަކަން ލިބޭގޮތަށް މީޑިޔާގައި ހަބަރުތައް ފަތުރާ ފަރާތްތަކާއިމެދު ފިޔަޅުއަޅައި ދިނުމަށް ގޮވާލަން އަދި އެކަން ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެ ކަމުގައިވެސް ދަންނަވަން.

    70
    3
  9. ބޯކިބާ

    މިރޭވެސް ނޫސްކޮންފަރެންސަށް އަރާހުރި ޑަކުޓަރެއްގެ މުޅިވާހަކައިގަ އޮތީ ނޫސްވެރިކަން ކުރަންވީގޮތް ކިޔައިދުނުން. ޑޮކްޓަރުންނާއި ނަރުހުންނާއި ދަނޑުވެރިންނާއި މާވަޑިން މިވެރިންނަށް ކިޔައިދޭން މިޖެހެނީ ނޫސްލިޔަންވީގޮތް. އެއީ ނޫސްވެރިންގެ ހާލަތުހުރި ހިސާބަކީ.

    116
    4
    • މުހައްމަދު

      އަވަސް ސިފާއެއް މިންވަރު ކުރައްވާށި

      37
      1
  10. ؟؟

    މިކުއްޖާގެ ކޭސް ނަމްބަރަކީ ކޮބާ؟؟

    39
    6
    • ސްޓޭ ހޯމް

      ފޮޓޯ ށެއާ ކުރި ކިތައް ބޭފުޅުން މިތާ ކޮމެންޓް ކޮއްފިންތޯ؟ ހަހަހަހަހަ

      21
      3
    • ބިރު

      އަޖާާުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބުު އޭނަ ތެދައްނުބުނީމައެންނު އެހެން އެވީ އަމިއްލަ އަށްއަމއްލަ މީހާ ބޭޒާރު ވަނީ

      13
      1
  11. ހާން

    މުޅި ހުރިހާ ދިވެހިން ސާ މިލް ވާހެން މިފަދަ އެއްޗެއް ލިޔުން ވެސް ރަންގަޅޭއް ނޫން، ހުރިހާ ދިވެހިންނަކީ ބަސްނާހާ މީހުންނެއް ނޫން.

    110
    5
  12. ފެކްޓް

    ދިވެހީންނަކީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވަރަށް ތައުރީފު ކުރާ އަޑުއިވޭ ގިނަފަހަރު. އެކަމަކު އެތައުރީފު މިއަދުގެ ދިވެހީންގެ ގިނަބަޔަކަށް ހައްޤެއް ނޫން! އަހަންނަށް ބުނެވޭނީ ދިވެހީންގެ ގިނަ ބަޔަކީ އެމީހުންގެ އަމިއްލަ ސިކުނޑި ބާއްވާފަ އެހެންީހުންގެ ސިކުނޑިން ވިސްނާބައެކޭ! އަދި ވަރަށް ގޮތްކުޑަ ޖާހިލު ބައެކޭ! ގިނަ ދިވެހީންނަށް އުޅެވެނީތިމާ ފެނިގެން!

    87
    3
  13. ދިލް

    ދިވެހިންނަކީ ހަގީގަތުގަވެސް ވަރަށް ގޮތެއްނެތް ބަޔެއް. ދިވެއްސަކަށްވެ މިފަދަ ވާހަކައެއްބުނަން ދެރަވެސްވޭ. ނަމަވެސް މިއީ ހަގީގަތް. ފޮތުގެ ބޭރުގަޑު މިވެރިން ކިޔާވާފަހުރީ.

    83
    6
  14. ޢާދޭސް

    ތިކަމުގައި އަނބުރު ކަތިލުމާއި ދެކޮޅު ، އެކަަމަކު ބަލިޖެހޭމީހާ އެނގޭނެ ކޮންމެވެސް ގޮތެއް އޮންނަންޖެހޭ އެބަ ، އެޗް.ޕީއޭއިން ބުނަނީ ރަހްމަތްތެރިންނަށް އެނގޭނެޔޭ އެމީހުންގެ ރަހްމަތްތެރިޔަކަށް ޖެހުނިއްޔާ ، ސުވާލަކީ އަހަރެން ބެންކް ފަަދަ ތަނެއްގައި ކިޔޫއެއްގައި ހުރެފައި ދާއިރު އޭގެ 12 ގަޑިއިރު ފަހުން މަގޭ ފަހަތުގައި ހުރި މީހަކު ފައްސި ވެގެން އުޅޭކަން އަހަރެންނަށް އެނގޭނެހޭ ، މަގޭ އެމީހާ ނުދަންނަ މީހަކަށް ވާއިރު ، އަދި އެޗްޕީއޭއިން މައުލޫމާތު އާއްމުކުރާއިރު

    86
    4
  15. އިބްރާހިމް

    ވަރަށް ދެރަ ވެއްޖެ. އެ މަންޖެ އާއި ދެންވެސް ވައިރަސް ޖެހޭ އެހެން މީހުންނަށް އަވަސް ޝިފާއެއް ދެއްވާންދޭވެ. އާމީން. ޝުކުރިއްޔާ ވަގުތު ނޫހަށް މިކަހަލަ އާޓިކަލް އެއް ނެރުނީތީ. މީސްމީހުންގެ ނެތިމޮށުމަކީ އިސްލާމް ދީނުގައި ބޮޑު ފާފައެއް. ރޯނު އެދުރު ވެގެން މޮޅު ވާހަކަ ދެއްކުމަކީ ދިވެހިންގެ ހުންނަ ވަރަށް ވިޔާނުދާ ނާތަހުޒީބު އަމަލެއް.

    67
    5
  16. ޖަލީ

    ބައެއް ފަހަރު "ދިވެހިން"މިހެން ބުނީމާވެސް ހިތުގައި ފާޑެއްގެ ނަފުރަތެއް އުފެދެނީ! ދިވެހިންނަކީ އިހަށް މިކަހަލަ ބައެއްނޫން. އެކަމަކު އެއްދުވަސްވަރެއްގައި ރާއްޖޭގައި ވެރިކަންކުރެއްވި ފަރާތެއްގެ "އޮފުކަނޑުވާލަން" މިރާއްޖޭގައި މީހުންގެ އަބުރު ކަތިލުމާއި ފުރައްސާރަކުރުމަކީ "ފެޝަން" ކަމަކަށް ބަޔަކު ހެދީ. އެބަޔަކީ އަދި އެމީހުންގެ އިސްމީހަކީ ކާކުކަން އެއްވެސް މީހަކަށް ނޯޅޭނެ!

    90
    5
    • މޯދީ

      އެއީ ބުއްޅަބޭ ! އޮފީސްތެރެއަށް މަސް އެޅީމަ ވަރަށް ގަދަ ކަމެއް ކުރިކަމަށްބުނެ އެމީހުން ބުރިކަށީގަ ފިރުމާލި މީހާ!

      21
      1
  17. ާްައަޙުމަދު ޢާތިފު

    ފުރަތަމަ ކަމަކައް ކޮވިޑު 19 މާލޭ ގައި ފެތުރެން މެދުވެރިވީ ސަބަބު, އަދި ެެެެެެެެެެެެެެެ އެކަން ކުރިބަޔަކާ މެދު ފިޔަވަޅު އަޅަންވީ, ކޮންމެ ކަމެއްގަ ރަށްޔިތުން ގެ ބޮލަށް ކަނޑާލަން ނަހަދާ!

    108
    6
    • ޙުދުހުދު

      އަޅެ މިހިރަ ބުރާންޗާ! ބަޔަކުމީހުން ކުރާނެ ކަމެއް ނެތިގެން ބޭރުތެރެއައް ނިކުމެ ގަސްތުގަ ބަލިފަތުރަން އުޅޭނީއޭތަ ކަލެއައްހީވަނީ!! ހަމަ ތަނެއްދޮރެއް ނޭންގުނަސް ތިމާމީ އެންމެ މޮޅުމީހާކަމައް ހެދިގެން އުޅޭތި

      3
      8
  18. ލަޔާ

    ތި ޝާފާފް އަކާ މެދު އަބުރުގެ ދައުވާ ކުރަން ޖެހޭ... އަދި ސޯޝިއަލް މީޑިއާގަ ފާޑުފާޑުގެ ވާހަކަ ދައްކާ އެންމެނާމެދު ފިޔަވަޅު އަޅަންޖެހޭ.... އެހެންގައުމް ތަކުގަ ވެސް ހަރުކަށި އަދަބްދޭ.... އަޅުގަނޑު ތިއިން އެއްވެސް ބޭފުޅަކު ނުދަންނަން އެކަމަކު ވަރަށް ދެރަވޭ މި ކަހަލަ ކަންތައް ދިމާވީމަ.... ދިވެހިންގެ ބައެއް މީހުންނަކީ ހާދަ މޭލީޝިއަސް ބަޔެކޭ.!!!! މި ހިތާމަވެރި ދަޑިވަޅުގަ ވެސް ބައެއް ދިވެހިންގެ އަހުލާގީ މިންގަނޑު ހާދަ ހާ ދަށުދަރަޖައިގަ އޭ...

    43
    13
  19. ދަރަނި ދަންތުރަ

    ވަރަށް ދެރަވެއްޖެ މިފަދަކަންތަށްތަށް ކުރާކަންނުވާނެ ، އެހެންމީހެއްގެ ވިޔާނުދާކަން ދައްކަށްއުޅުނި އެކަމަކު ތިމާގެ ވިޔާނުދާކަން މިދެއްކުނީ ވިސްނާނުލާ ކުރިކަމަކުން ތިމާޔަށް އެތަށް ބައެއްގެ ނަފުރަތާ ކުރިމަތިލާން ތިޖެހުނީ ކިހާދެރަ ދެން މިފަދަކަމެއްނުކުރާނެ ކަމަށް އުއްމީދު ކުރަން ސޮރީ

    11
    1
  20. އިބްރާހިމް

    ތި ޝައްފާފު އަކީ ހުސް ދޮގު ހަދާ މީހެއް. އޭނަގެ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮބާތަ؟

    14
    4
  21. އަހުމަދު

    ސްޓޮޕް ސްޕެރެޑިން ނެގެޓިވްޓީ!!
    އެއްވެސް މީހަކު ގަސްދުގައެއް މި ބައްޔަކާ ބައްދަލެއް ނުކުރާނެ!!
    ޕްލީސް ބީ ކައިންޑް އެންޑް މޯރ ސަޕޯރޓިވް ❤️
    ޕްލީސް ޕްރޭ ފޯރ ދެމް ❤️

    20
    2
  22. ާއެނޮން

    މިވައިރަސް އަކީ އެކަކުގައިން އަނެކަކުގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ވައިރަސްއެއް. ވީމާ މުޖުތަމުގެ ހުރިހާ ފަރުދުންގެ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން ބަލިޖެހިފައި ތިބި މީހުން ނަކީ ކޮންބައެއްކަން ތަފްސީލްކޮށް ފޮޓޯ އާއި އެކު އާއްމު ކުރަންޖެހޭ، ބަލިޖެހޭ މީހާވެސް ޤަބޫލުކުރަންވީ އެމައުލޫމާތު ސަރުކާރުން އާއްމު ކުރަނީ މުޖުތަމައުގެ މީހުން މިކަމުން ސަލާމަތް ކުރަންކަން، އަދި ބަލިޖެހޭ މީހާއަކީ ގޯސް މީހެއްކަމަށްވެސް ދެކިގެން ނުވާނެ. ވީމާ ސަރުކާރުން ބަލިޖެހިފައިވާ މީހުންގެ މައުލޫމާތާއި، އަދި މަޢުލޫމާތު ނުދެން އުޅޭ މީހުންގެ މައުލޫމާތު އާއްމު ކުރާނަމަ ނޫސްވެރިންވެސް އަދި އެހެނިހެން ފަރާތްތަކުންވެސް ސޯސަލްމީޑިއާގައި ކަމާ ގުޅުންނެއް ފަރާތްތަކުގެ ފޮޓޯ އާއި މަޢުލޫމާތެއް އާއްމެއް ނުކުރާނެ. ވީމާ ސަރުކާރު ތަންކޮޅެއް ހަރުދަނާވެ، މިކަމަކީ ކުޅޭކުޅޭ ކަމެއް ކަމަށް ނުހަދާ މިކަމާ ސީރިއަސް ވާންވެއްޖެ.

    12
    7
  23. އަލީ

    މީ ހަމަ ވަގުތު ނިވުސް ތަފާތު ދެއްތޯ

    7
    1
  24. ޥަހީދު

    ޢެހެންބޭފުޅަކުވެސް ފާހަގަކުރި ފަދައިން "ދިވެހިން" އޭ ބުނެފައި ވަގުތުން ލިޔެފަ އޮތީމަ ދެރަ. ނު ރަނގަޅު

    12
    1
  25. ޞޮނިބެ

    ތިސަށްފާފު އަށް ހަރުކަށި އަދަބު ދޭންޖެހޭ ރައުނާއަކީ ސޯލިހުދެމަފިރިންގެ ހުރިސޯލިހު ދަރިއެށް ރަނގަޅު ކުށްޖެށް ތަނެއްދޮރެށް ނުބަލާ މީހުންގެ ޅަދަރިން ތިމަރަނީ ހެއޮވާނީކިހިނެށް ބަލައެކުށްޖާގެވެސް އަބުރާއިށްޒަތާ ގަދަރެށްވެޔޭ ބޭބެއާ ފަހަރިއަށް ކެށްތެރިކަން ދެށްވާށި

    8
    4
  26. ާއެނގޭތަ!

    ފޭސްބުކް، ޓްވީޓަރ އެކައުންޓް ނުހުންނަ ފަރާތްތަކަށް މިފަދަ ބުހުތާނު ދޮގު، މުޑުދާރު ވާހަކަ ފަތުރަނީ، ފޭސްބުކް އިން ސްކްރީން ޝޮޓް ނަގާ، އެމީހުން އުޅޭ ވައިބަރ ގްރޫޕް ތަކަށެވެ. މަގޭ ގާތް މީހުންނަށް ވިސްނައި ދީދީ މަމިހުރީ ހަލާކުވާ ވަރުވެފައެވެ. މަށަކީ މީހުން ބަދުނާމުވާ ފަދަ ވާހަކަތައް ޞައްޙަ މަސްދަރަކުން ނޫން ގޮތަކަށް ޤަބޫލު ކުރަން ބިރުވެތިވާ މީހެކެވެ. ރަމްޟާން މަސް ފެށެން މިއޮތީ ދެދުވަހަކަށް ވެފައެވެ. މިމީހުންގެ ހުރި މިނުބައިކަމަށް ކުޑަވެސް މަޑުޖެހުމެއް ނެތެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ޔާ ﷲ މިއަޅާ މިކަންކަމުން ރައްކާތެރި ކުރައްވާށި! އާމީން

    15
  27. ހިތާމަ

    މި ޖީލުގެ ދިވެހިން ތަރްބިއްޔަތު ކުރީ މީހުންގެ އަބުރަށް އަރައިގަތުމަކީ އެއްވެސް ކަމެއް ނޫންކަމަށް ބުނެދީގެން. އަބުރާއި އިއްޒަތަކީ އޮންނަ އެއްޗެއް ނޫން ކަމަށް ބުނެދީގެން. އެގޮތަށް ތަރުބިއްޔަތުކުރާތާ މިހާރު ގާތްގަނޑަކަށް 17 އަހަރުވެއްޖެ. އޭގެ ނަތީޖާ މުޅި ގައުމުން މިފެންނަނީ.

    15
  28. ކޮތަރު

    މިކަމާ ޒިންމާވާންޖެހޭނީ އެޗް.ޕީ.އޭ އިން. އެއްބާރުލުން ނުދެނީ ކޮންފަރާތެއްކަން ސިއްރުކުރީތީވެ.

    14
  29. ޖޯން

    ދިވެހި ރާއްޖޭގެ ކޯޓްތަކުންވެސް ދަނީ ހަމަ ދިވެހިރައްޔިތުންގެ އަބުރުކަތިލައި މުޅިގައުމަށް ފަލީހަތްކުރަމުން. އެނުވޭތޯ އެއްވެސް މައްސަލައަކަށް؟

    16
  30. ރައުނާ

    ތި ކުއްޖާ އަށް ބުނެލަން، ތީ ފިސާރި ރީތި ކުއްޖެއް

    9
    3
  31. ކާފަރ

    އެކުދިންނަށް މިބަލި ޖެހުމަކީ އެކަމާ އާއްމުން ރުޅި އަންނަންޖެހޭ ކަމެއްނޫން. އެޔުނިފޯރމުގަ ގޮސް ހުންނާނީ އެއަރޕޯރޓަށް އަރާ މީހުންގެ ޕާސްޕޯރޓާ ޓިކެޓާ ބޮރޑިންގކާރޑް ގަ އަތް އުނގުޅަން. އެއީ އޭނަ ބޭނުންވެގެން ކުރާކަމެއްނޫން. އޭނަގެ ޒިންމާ. އޭނަ މާސްކް ނާޅުވައި އަންގި ނުލައްވައި ވިއްސާރަ ކޯޓުނުލައްވައި އެތާގައި ޤުރުބާންވާންހުރީ އޭނަކުރި ހުވަޔާ އެއްގޮތަށް. އޭނަގެ ވެރިންގެ ކަމެއް އޭނަ ހިމާޔަތްކޮށް ދިނުމަކީ. އެމީހުން އޭނަ ރައްކާތެރިކޮށްދީފަ މަސައްކަތަށް ނެރުނުނަމަ އެހެން ނުވީސްކަމަށް މިބަލަނީ. ވެރިންނަށް ނުވެގެން އެހެންވީކަމަށް ކާފަ މި ނިންމީ. ކާފަ ބުނާނީ ވެރިންނަށް ބަވާށޭ. ޒިންމާނަގަންޖެހޭ މީހުންގެ ވާހަކަ ދައްކާށޭ.

    16
    2
  32. ޝާނީ

    ފޮޓޯ ފެނުނީމަ ބޮޑަށް މީހުނަށް އެއީކާކުކަން ދެނެގަނެވޭނެ. މިދުވަސްކޮޅު އެއްކޮށް އުޅެވިފަ ހުރިއްޔާވެސް އެނގޭނެ. ފޮޓޯގެތިރީގައި މިއީ ބަލި ޖެހިފާވާފަރާތެއް މިހެން ޖަހާލިނަމަ ރަނގަޅު

    13
    3
  33. ޢަންސާރު

    މި އެއްޗިހި ގައުމު ހިންގާ ހަލަބޮލި ކުރަނީ ޓްވިޓާރގަ ...ސެކިއުލާ މުނާފިގުން...ރަނގަޅަށް ވިއްޔާ ގައުމީ ސަލާމް ވެސް ނޭނގޭނެ...ދައުލަތުގެ މުވައްޒަފެއް...ދަރިއެއް..ދިވެހި ރައްޔިތެއް..ހައްގުތަށް ކަށަވަރު ކުރެވެންޖެހޭނެ...ރައްޔިތުން އެބަޖެހޭ ޓްވިޓަގަ އެއްވެސް ގާނުޏީ ހައިސިއްޔަތެއް ނެތި މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހުން ދަނެގަނެ ފާރަވެރިވާން....

  34. ލޯ

    އަޅެފަހެ އެއާޕޯޓުގަ މަސައްކަތްކުރާ ދެ މީހުންނައް ބަލިޖެހެން މެދުވެރިވި ސަބަބަކައް ފުރައިގެން ދިޔަ 2 ކޭސްފުދޭނނު އެ މީހުންގެ ކޮންޓެކްޓް ޕޮސިބަލްދޯ. ޕްރައިމަރީ ކޮންޓެކްޓްއަކީ ފުރައިގެން ދިޔަ 2 މީހުންގެ ސައިޑުން އެއާޕޯޓް މުއައްޒަފަކައް ވުން ވަރައް ޕޮސިބަލް.

  35. ޖަމީލް

    ކުރިއްސުރެ އަޅަމުން ދިޔަފިޔަ ވަޅުތަށް ގޯސްވީމަ ތިހެން ތިވީ

    8
    1
  36. އެޖެންޓް

    ދިހެހިންނަކީ ޒަ މާނުންސުރެ ކިޔަ މަން ތެރި ބަސް އަހާ އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބައެއް ނަ މަވެސް ދައްޖާލުގެ ފަރާތުން ފޮނުވި އެޖެންޓެއް ރާއްޖެއަށް ފައުޅުވި ހިސާބުން ފެށިގެން މީހުންގެ އަބުރުކަތިލު މާއި، މީހުންނަށް އިޙްތިރާ މް ނުކުރު މާއި، މަދަނީ ބަސް ނޭހުން ފަދަ ނޭއްގާނީ ޢަ މަލުތަކާއި މިހިންގޮސް އިސްލާ މް ދީނުގައި ނަހީ ކުރެއްވި ހުރިހާކަ މެއް ދަސްކޮށްދީ އެކަންކަ މަށް ބަޔަކު ހައްލުވައި މުޅިޤައު މު ހަލާކު ކޮށް އަވަދި ކުރީ މާ ދެން އެވާހަކަ ދެއްކު މުގެ ބޭނު މެއް ނެތް

    15
    1
  37. ޢަލިބެ

    ޙަޤީޤަތާ ޚިލާފު މަޢުލޫމާތު މިގޮތަށް ފަތުރައި ހެދުންގޯސް. އެކަމަކު ސުވާލަކީ މިފަދަގޮތަކަށް ދިވެހިންގެ އަޚްލާޤް ބަދަލުކުރުވީ ކޮންބައެއްހޭ؟ އިންސާނީ ޙައްޤުތަކޭކިޔައިގެން ޣައިރު މުސްލިމުން ބުނާގޮތަށް ކޮންމެކަމެއްކުރުމުގެ އިޚްތިޔާރު ހަމަކޮންމެމީހަކަށް ލިބިފަވާކަމަށް ވާހަކަދައްކައި އެގޮތަށް އެތައްބަޔަކު އަނބުރުވާލި އިރެއްވެސްދިޔަ. ބަޔަކުކުރި މިފަދަނުބައި ކަންތައްތަކެއްގެ ސަބަބުން ދިވެހި މިޖުތަމަޢުގައި މިފަދަ އަޚްލާޤީ ދަށުދަރަޖައިގެ ކަންކަން އަށަގަތީ.

    14
  38. އެކޮއި

    ދިވެހިން ނަކީވަރައް ރަގަޅުބައެއް ދިވެހިން ނަކީ ވެރިންނަށް ކިޔަމަންވާ ބައެއް ދިވެހިންގެ އަގު ވައްޓާލަނީ ބޭރުގަ އުޅޭދިވެހިން އެމީހުންނަކީ މިއަދުމިގައުމައް އަށްނާނެބައެއްނޫން އެމީހުން އެތިބިތަނަކުތިބެ ގެންދިވެހިން
    ބަދުނާމު ކުރަމުން އެގެންދަވަނީ ކޮބާތޯދިނައްފިރައްސާރަކުރި ބައިގަޑު އެމީހުންއެތިބީ ޔޫކޭގަ ދިވެހިން ބުނާނަމަ އިގިރޭސިވިލާތުގަ ތިބެގެން މިގައުމާ މިގައުމުގަ މިއޮތް އިސްލާމް ދީން ނެތިކޮއްލުން ނޫއެހެން ކަމެން އެމީހުން ނުކުރާނެ

    14
    1
  39. ފިކް

    ކޯޓުތަކާ ފުލުސް ފެލްވެފަ އޮގައުމެއް

    16
    2
  40. ާދެރަކަމެއް

    ވަރަށް ދެރަ މީހުންގެ ފޮޓޯ ޖަހާތީ. މިއުޅެނީ ނުބައިކަ މެއް ކޮށްގެންބާއޭ ހިތަށްއަރާ. ފޮޓޯ ހާ މަނުކުރެއްވުން އާދޭހާއެކު ދަންނަވަން.

    5
    6
    • ޢަހަރެން?

      ނުބައި ކަމެއްކުރީމަ އެކަނި ތެ ތަންތަނުގަ ފޮޓޯ ޖަަހަނީ ބުރާންޗާ!.. ކެންޕޭނު ތަކުގައި ވެސް ފޮޓޯ ތަށް މުޅި ތާންގަ ހިއްޕަނީ އެމިހުން ނުބައި ކަމެއް ކުރީމަ ދޯ އެެހެންވެއްޖިޔާ??‍♀️

  41. އަހޫ

    ޝައްފާފުގެ މައްސަލަ އެބަޖެހޭ ބާ އެސޯސިއޭޝަނުންބަލަން. ޓްވިޓަރގެ ޕްރޮފައިލްގަ ލޯޔަރެކޭ ޖަސްޓިސްހޯދަދޭމީހެކޭ ޖަހާފަ މީހާގެ މުޢާމަލާތްހުންނަނީ އެންމެ ދަށުދަރަޖައިގަ. ފުލުހުންވެސް މީނާގެ މައްސަލަބަލާ ފިޔަވަޅު އަޅަން ގޮވާލަން.

    10
  42. ނަންނުގަތި

    ދިވެހިން ލަދުހަޔާތް ކެނޑުވި މީހުން އެތިބީ ވެރިކަމުގާ

    12
    1
    • ދޮންއައިސަ

      ވެރިކަމާމިކަމާ ކޮންގުޅުމެއްއޮތީ....... އުޅެވޭގޮތެއް ހިތަކައްނާރަ...?

      3
      4
  43. ހިތާމަ

    ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް ބަލާއިރު ބަލިޖެހުނު މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު އަދި ގައުމުތަކުގެ ވެރިންގެ ނަން ވަގުތުން ވަގުތަށް ނޫސްތައް މެދުވެރިކޮށް އެގޭ. އެކަމުގެ ސަބަބުން އެތަތަންތަނުގެ ރައްޔިތުންނަށް މައުލޫމާތު ލިބޭ ތިންމަނަ މެންގެ ގައުމުން ކޮންބަޔަކަށްކަން ވައިރަސްގެ އަސަރުކުރަނީ އެހެންނޭ ކިޔާފަ ވައިރަސް ޖެހުނު މީހާ އަށް ލިބޭ ހައްގެއް އުނިވެގެން ނުދޭ، އެހެންނަމަވެސް ވައިރަސް ޖެހުނުކަން ސިއްރުކޮށްގެން ހުރމުގެ ސަބަބުން މިވާގޮތަކީ އެހެން މީހުންނަކަށްނޭގޭ އެއީ ކާކުކަމެއް އަދި ވައިރަސް ޖެހުނު މިޙާއި އެކުގައި އުޅެފައިތިބީ ކޮން ބައެއްކަން މިކަންކަން ނޭގުމުގެ ސަބަބުން ވައިރަސް އިތުރަށް ފެތިރިގެން ދިއުމަށް މަުފަހިވެގެން ދެ.

    13
  44. ބިރު

    އަޖާާުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބުު އޭނަ ތެދައްނުބުނީމައެންނު އެހެން އެވީ އަމިއްލަ އަށްއަމއްލަ މީހާ ބޭޒާރު ވަނީ

    3
    1
  45. ދޮންއައިސަ

    އަޖާާުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބުު އޭނަ ތެދައްނުބުނީމައެންނު އެހެން އެވީ އަމިއްލަ އަށްއަމއްލަ މީހާ ބޭޒާރު ވަނީ

    2
    1
  46. ޙަބީބު.....

    މިއަދު ފާޑެއްގެ ޑިމޮކްރަސީއެއްގަޖެހި ދިވެހިންގެ ރީތިއާދަތައް ފަސްއަޅާ ފޮރުވައިފި ދުލާގަލަމުގެ މިނިވަންކަން ހައްދެއްނެތް މިންވަރައްދީފި ވަގައްގޮވުމާ މަރަންގޮވުމާ އެއީ ވަރައް އާދައިގެ ކަމަކައް ވެއްޖެ ދީނާހިލާފު ރިޕޯޓު ނެރުމުން ހިތުގަ ނުޖެހި ނުރޯމީހުން މިއަދު އަމިއްލަޔައް ފޭހުނު އިލޮށިހެރުމުން ރޮވޭކަމައް ދައްކައިފި މިއަދުގެ ހާލު

  47. އޭނާ

    ދެން ހަމަ ވަރަށް ރީތިކުއްޖެއް.

    5
    2
  48. ބޯބުރާންތި

    ކީއްކުރާނީ

  49. މިންނު

    ރަގަޅު ވާހަކަ އެއް

  50. ޙުދުހުދު

    އަޅެ މިހިރަ ބުރާންޗާ! ބަޔަކުމީހުން ކުރާނެ ކަމެއް ނެތިގެން ބޭރުތެރެއައް ނިކުމެ ގަސްތުގަ ބަލިފަތުރަން އުޅޭނީއޭތަ ކަލެއައްހީވަނީ!! ހަމަ ތަނެއްދޮރެއް ނޭންގުނަސް ތިމާމީ އެންމެ މޮޅުމީހާކަމައް ހެދިގެން އުޅޭތި

    3
    2
  51. މުޙާވިން

    މީ ވަގުތު ނޫހުގައި ލިޔުނު ރަނގަޅު ލިޔުމެއް ކަމަށް ފެނޭ.... ގިނައިން ހުންނަނީ ހިތް ނުތަނަވަސްކުރާ ޒާތުގެ އިދިކޮޅު ލިޔުންތައް.....

  52. އައްޑޫ މީހާ

    ދިވެހިންގެ ތެރޭގައި އެކަކު އަނެކަކަށް ކުރަމުންއައި އިޙްތިރާމާއި ޤަދަރުގެ ވާހަކައަކީ ދިވެހިން އެކަނި ދަންނަ ވާހަކައިން ނޫން މުޅި ދުނިޔެވެސް ވެސް ބަލައިގަންނަ އަގުވަޒަންކުރާ ކަމެއް ނަމަވެސް މިހާރު މިއޮތީ މުޅިން މަންޒަރު ބަދަލުބެ ހިރިހާ ކަމެއްވެސް ޒަމާނީ ނާތަހުޒީބު ޑިމޮކްރަސީއެއްގެ އަވައިގައިޖެހި ހަލާކުވެ ނެތިފަ މިހެން މިދެންނެވީ ޑިމޮކްރަސީގެ އަސްލަށް ބަދުބަހެއް ބުނުމުގެ ބިޔަތެއްގައެއް ނުން 2004 ހިސާބުގައި ދިވެހިންނަށް ދަސްވި ޑިމޮކްރަސީއަކީ ތިމާގެ އަޙާގެ އަބުރު ކަތިލުމާއި ތިމާގެ އަޙާގެ ގަޔަށްބޮލަށް އެރުމާއި ތަޅާފޮޅުމާއި ދޮގުވާހަކަ ފެތުރުނާއި ދުލުގެ މިނިވަންކަން ނަަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒް ފައިދާ ހާސިލްކުރަން އެމީހަކަށް ކުރެވުނު ކަމެއް ކުރަން އެކަން އެގޮތައް ކުރަން ދަސްކޮށްދިން ބޭފުޅުންވެސް މިގައުމުގައި އެބަތިބި ނޫސްވެރިންވެސް ދަންނަ ހަގީގީ ވާހަކައެއް މިބުނީ ، މިހާރު ދައުލަތުގެ މިއުޅުއްވާ ބޭފުޅުންނަށް އެކަންތައް ބޮޑުކަމަކަށް ވެގެން އެވާހަކަ ދެއްކީމަ އެއީ ހަމަގައިމުވެސް ހައިރާން ވާންޖެހޭ ކަމެއްނުން އަބުރު ހިމާޔަތްކުރުމުގެ ގާނޫނު އުވާލީ ކޮންބައެއް؟ އަބުރު ކަތިލަން ދަސްކޮށްދިނީ ކޮންބައެއް؟ އިންސާނީ ކަރާމާތް ނަގާލައި މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބު ކުރުމާއި ދިވެހިންގެ އަހުލާގު ހަލާކުކޮށް ހަޔާތް ކަަނޑުވާލި މީހާ އެކަމުގެ ޒިންމާ ނަގާނެބާ؟ ދެން ކުރާނެ ކަމެއްނެތް ވާނެ އެއްޗެއްވެ ބިމިއްޖެ

    7
    1
  53. ޙހގ

    އެއްބާރުލުން ނުދިން ކަމަށް ބުނުމުގެ ބަދަލުގަ އެއީ ކާކު ކަން ހާމަ ކުރިނަމަ މިހެން ނުވީސް. އަހަރުން ވެސް މިތިބީކީ މަޖާ ވެފާއެއް ނޫން. މި ވަބާއިން ސަލާމަތް ވުމުގެ އުއްމީދުގަ.

  54. ނަައީމް

    ތިކަމަކީ ސަރުކާރުން ރާވައިގެން މިވަގުތު ދިވެހިންގެ ތެރޭގައޮތް ހައިހޫނުކަމުގެ މިސްރާބު ބަދަލުކޮށްލުމަށް އެޅިސުރުހީއެއް އޭގަހިފައިގެނަ

  55. ޖަޑިބު

    ދިވެހިން ނަކީ މިހާރު އެދުރެއްގެ ގާތުން ވަރައް މޮޅަށް ޑިމޮކްރެސީ ކިޔަވައިގެން ދަރިވަރު ވެފައިވާ ބައެއް މިކަމުގެ ވަރަށްމަތީ ފާސްތައް މިޖީލުގެ ގިނަބަޔަކިު ދަނީހޯދަމުން ތިޔަ ބާވަތުގެ އަބުރު ކަތިލުމުގެ މައްސަލަ ޔަކީ އާގާނޫންއަސާސީ އިން ހޯޯާާާާާާާާާދ

  56. ޢިންސާފު

    ޕީ.ޖީ ވިދާޅުވޭ ބަލާނަމޭ، އަޅާނަމޭ. ޢޭ.ސީ.ސީ ވެސް ހަމަހިމޭން. މިލިއަނުން ކާލަނީ އޭ ކިޔާ. ވަރަށް ވާހަކަ.

  57. ފައްސި

    ބަލަ އޭނާ ނައްސިއޭ.

  58. ފަނޑިޔާރު

    ބަލަ އޭނާ ނައްސިއޭ.

  59. ޗާލު

    ކަލޭ ދެން ހުރޭ ހުރިހާ ކަމެއް ވެރިކަމާ ގުޅުވައި ގެން!

  60. ޢަހަރެން?

    ޢޭ ދިވެހިންނޭ ތިކިޔަނީ....ހުރިހައި ދިވެހިންނެއް ތިފާޑަކަށް ނުތެޅެ އޭ......!!!