މާލޭގައި މަގުމައްޗަށް ވެއްޓިފައިވާ އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ މިރޭ 20:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުން ފުލުހުން ދަނިކޮށް އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅޭ ހިސާބުން ބިދޭސީއަކު ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އޭނާ ވެއްޓިފައި އޮތީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަންގްލަދޭޝް މީހަކު މަގުމައްޗަށް ވެއްޓިފައި މިވަނީ މިއަދު ކޮވިޑް-19 އަށް މާލެއިން 14 ބަންގްލަދޭޝް ރައްޔިތަކު ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު ވެސް ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. ނަމަވެސް އެމީހާ މަރުވީ ކޮވިޑް-19 އާ ގުޅިގެނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ބަނގުލަދޭޝް މިހުނައްދެންކިޔަންވިލަންޑަނު މީހުނެތަޯ