މާލޭގައި މަގުމައްޗަށް ވެއްޓިފައިވާ އޮއްވާ މިރޭ ފެނުނު މީހާ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިރޭ 20:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުން ފުލުހުން ދަނިކޮށް އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅޭ ހިސާބުން ބިދޭސީއަކު ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އޭނާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.

މާލެ އިން މިހާރު ކޮވިޑް-19 ފެނި، އަދި ބިދޭސީންގެ ތެރޭގައި ވެސް ކޮވިޑް-19 ފެތުރެމުންދަނިކޮށް ބިދޭސީއަކު މަގުމަތީގައި ނިޔާވެފައި އޮއްވާ ފެނުމުން ވަނީ ބިރުވެރިކަން އިތުރުވެފައެވެ. ނަމަވެސް އޭނާގެ މަރާއި ކޮވިޑް-19 އާއި އެއްވެސް ގުޅުމެއް އޮތްކަމެއް އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޏަމްޏަމް

    ???

    34
  2. ދަވާލި19

    އަނެއްކާ ބަލި ޖެހިގެންތަ އެކަން ޔަގީންކުރިތޯ މިހެން އަހާލީ ހާލަތުގެ ގޮތުން

    71
    2
  3. ޔާ ﷲ

    އަވަހަށް އޭނާ މަރުވި ގޮތް ހޯދާ... ގުދުރަތުންތޯ ނޫނީ އަނެއްކާ ކޮވިޑް19 ކަމަކުން ތޯ؟ ޓެސްޓު ކުރޭ. ދުޢާ އަކީއިބަ އިލާހު މިންވަރުކުރައްވާފައިވާ އަޅުތަކުންނަށް ހިދާޔަތާއި ނަސްރު ދެއްވުން..ކޮވިޑުން މި ގައުމު ސަލާމަތް ކޮށް ދެއްވާށި އާމީން..

    123
  4. އަހްމަދު

    ނިޔާވި ސަބަބު ދެނެގަނެވޭނެ ގޮތެއް ނޯވޭތޯ.. މިހެންް މިދެންނެވީ ޚާއްސަކޮށް މިހާރުގެ ހާލަތު ހުރިގޮތުންނާ އެއްކޮށް

    62
    • ރަނާ

      އޭނާގެ ޓެސްޓް ހެދީ މަތާ އެނގޭނީ ކޮވިޑްގަކަން މަރުވީ ނުވަތަ ނޫންކަންވެސް

  5. ހުދުހދު

    އަނެއްވާ ކޮވިޑް ކޭސް އެއްތަ؟

    45
  6. މާމިގިލީ މީހާ

    ޔަގީން ތިވާނީ މި ޗައިނާ ރޯގާ، ޖެހިގެން މަރުވި މީހެކައް.

    8
    86
  7. ރައްޔިތުން އާދޭސް

    3ދުވަހުން1ދުވަހު ވަކިގަޑިއަކު ބޭރަށް ދެވޭގޮތް ހެދުން އެއީ ބިރުވެރި ކަމެއް...އާދޭސް ކޮއްފަ މި ބުނަނީ އެގޮތް ނަހަދާ ދަރިންނޭ...ފިހާރަތަކުގެ ކައިރީގައި އެއްޗެހިގަންނަން ކިޔޫލައިން ހަދައިގެން ހުންނައިރު ކާކަށް އެނގެނީ މިހިރީ ކޮވިޑް19 ޖެހިފަހުރި މީހަކު ކައިރީގައި ނޫންކަން؟ ސިފައިން ނުކުމެ ޑެލިވަރީކުރާގޮތް ހަދާ ދީބަލަ ހަމައެކަނި..

    94
    4
    • ސިފައިންގެ މީހާގެ ވައިފް

      ޙަމަ ކަމެއް ވާއިރަށް ސިފައިން އެކަމަކު ކޮށްދެވޭ ކަމެއްވެސް ނޯވޭ. ބަލަ އެމީހުންގެ ވެސް އަނބިންނާ ދަރިން ތިބެޔޭ ހެޔޮ ހާލުގަ އެމީހުން ދެކެން ދާން ބޭނުން ވެޔޭ. މިހާރުވެސް ާބައެއް ސިފައިން ތިބީ އައިސޮލޭޝަން ފެސިލިޓީ ތަކުގަ މަސް ދުވަހައްވުރެ ގިނަ ވަނީ އެތާ ތާށި ވެފަ ހުންނަތާ ??

      9
      1
  8. ޙުސޭން

    ވަރަށް ދެރަ ކަންތައް ތިހުންނަނީ، އެއިން ކޮންމެ މީހަކުވެސް މިތަނަށް އެތެރެވަނީ ސަރުކާރަށް 8000ރ ޑިޕޮޒިޓް ދައްކާ ގެންނަ އެޖެންޓަށް ފައިސާ ދައްކާ މިހުރިހާ ކަމެއް ކޮށްގެން، ބުރަމަސައްކަތް ކޮށްގެން އެމީހުންގެ އާއިލާއަށް ކާންދޭނެ ފައިސާ ކޮޅެއް ހޯދަން، އެމީހުން ގެނެސް ހާލުގަ ޖައްސާ މަގުމަތިކޮށް އެންމެފަހުން ފުރާންވެސް ޖެހެނީ މިތަނަށް ދޫކޮށްލަން، މިދަނޑިވަޅުގަ އެމީހުން ވަރަށް ހާލުގަ ޖެހޭނެ، ކާންވެސް ނުލިބޭނެ، އެމީހުނާ ދޭތެރޭވެސް އިންސާނިއްޔަތުކަން ބަހައްޓން ޖެހޭނެ. ޢެވެސް އިންސާނުން..

    140
    6
  9. ??

    إنا لله وإنا إليه راجعون
    ?????

    111
  10. ސެކު

    މަދެކުނިން އޭނަ ކައިރީ ކަމާބެހޭމީހުން ފުރަތަމަ ހަރަކާތްތެރި ވީގޮތް. އަންގި އަކާ މާސްކެއް އެކަނި އަޅާގެންވެސް ހުރީ. އޭރު އަދި ނޭނގޭނު ކިހިނެއްވެފަ އޮތްމީހެއްކަންވެސް. މިކަންކަމަށް އެބަޖެހޭ ތަންކޮޅެއް ސަމާލުވަން.

    92
    1
  11. Anonymous

    إنا لله وإنا إليه راجعون މައްޔިތާއައް ސުވަރުގޭގެ ނިއުމަތް ދެއްވާންދޭ..އާއިލާއައް ކެއްތެރިކަން ދެއްވާންދޭ

  12. މޯދި

    މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭން ބަޔަކު ހާލުގައި ޖެހި ބާޑުހާ ހޫނުކަމުގައި ނުކާނުބޯއި އެބަތިބި އެއީވެސް އިންސާނުން ކަމަށް ވީތީވެ. އަހަރުމެން ތެރޭން ކޮއްމެ މީހަކުވެސް މިފަދަ މީހަކު ދިމާވެއްޖެނަމަ ވެދެވުނު ކޮއްމެވެސް ވަރެއްގެ އެހީތެރިކަމެއް ވެދެއްވާ އާދޭސް ދައްނަވަން.

    8
    2
  13. އިންސާނާ

    ބަނޑަށް ޖެހިގެން މަރުވި ވާހަކައެއްވެސް އެބަ ދެކެވޭ. ބިދޭސީންނަކީވެސް އިންސާނުން. ސިޓީ ކައުންސިލް ނުވަތަ ސަރުކާރު އިދާރާއަކުން އެ މީހުންނަށް ކެވޭނެ ގޮތެއް މި ދުވަސް ކޮޅު ފަހިކޮށް ދޭންވާނެ ކަ މަށް ދެކެން.

    2
    2
  14. ޏަމްޏަމް

    އެ މީހުންވެސް ކިހާ ދެރަވާނެ. އެމީހުންގެ ޤައު މު އެ މމމ މީހުންގެ އާއިލާއަށް އެމީހުންގެ އެކުވެރިންނަށް މިފަދަ ގޮތެއް މެދުވެރިވީމަ. ހާޓް އެޓޭކެއްޖެހުނީ ކަ މަށް ވެދާނެ.?

    2
    1
  15. ސަދސ

    ތަންކޮޅެއް ކުރިންވެސް އެކަކު މަރރުވެފައި އޮތްވާ ފެނުނު. ޢެއީ މީގެ 14 ވަރަކަށް ދުވަސްކުރިން.
    ރަނގަޅަށް ޓެސްޓް ކުރޭބާ ؟

  16. ޙޯގުޅާ

    ޥެދާނެ ބަޑަށް މަރުވީކަމަށް!

    2
    1
  17. ޑަބިޔާ

    ޕެޓްރޯލް ކުރަން އުޅުނު ފުލުހަކަށް ނުފެންނާނެ. ފުލުހަކު ސާއިކަލްގަ ދަނިކޮއް އާމުމީހަކު ބުނެގެން ދިޔައީ. އޭނަ ވެއްޓިގެން ބޭލީ އޭރުވެސް ނެެތް ކަމެއް އޭނަގައިގަ

    2
    1