ޑޮކްޓަރުންނަކީ ޤައުމީ ހަނދާނުން ފޮހެވިގެން ނުދާނޭ ބަތަލުންތަކެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީޑޮކްޓަރުންގެ ދުވަހު ޝުކުރާއި ތަހާނީ، ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށް ހިތުގެ އެންމެ ފުންމިނުން އަރިސްކުރައްވާ ކަމަށެވެ.
"ކޮވިޑް-19 އާއި ދެކޮޅަށް ރެއާއި ދުވާލު ފުރާނަ އަތްމައްޗަށް ލައްވައިގެން ހިތްވަރާއި އެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިޔަ ކުރައްވާ ބުރަ މަސައްކަތާއި، ވެވަޑައިގަންނަވާ ޤުރުބާނީ އަޅުގަނޑުމެން ބަލައިގަންނަމެވެ. ތިޔަ ބޭފުޅުންނަކީ ޤައުމީ ހަނދާނުން ފޮހެވިގެން ނުދާނޭ ބަތަލުންތަކެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ރައްކާތެރިކަން މިންވަރު ކުރައްވާށިއެވެ." މިނިސްޓަރ ވިދާޅުވިއެވެ.
— Abdulla Shahid (@abdulla_shahid) April 18, 2020
އިއްޔެ އަކީ ރާއްޖޭގެ ޑޮކްޓަރުންގެ ދުވަހެވެ. މިހާރު ދުނިޔެއަށާއި އަދި ރާއްޖެ އަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރަން އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުންނާއި، ސިއްހީ ޚިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
?ކާޕެޓް ޓްރޭސް
ކީކޭ ކާޕެޓް ޝާހިދޫ؟؟؟؟؟؟
ކުރިންވެސް ތިގޮތް އޮތެއްނު! އަބަދުވެސް ފޫކޮޅުގަ ރޯވީމަ ކަންކުރާ އުސޫލު ރާއްޖެއިން މިފެންނަނީ. ރާއްޖޭގެ ރައްޔިތުންނާ ނުބައްދަލުވަރަށް މިތާ ބިދޭސީން ގިނަ! މިކަމަށް ދާއިމީ ހައްލެއް ހޯދަދީ!
ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވަން ކަމުންކަންފަށާ ބިދޭސީންތިބޭކަށް ނުޖެހޭ! ދިވެހީން ހަރުދަނާކޮށް މިފަދަމަސައްކަކުގައި އުޅެވޭނެ ގޮތަކަށް ދައުލަތުން ވިސްނަން ޖެހޭ!
ދައްކަން ބައިވަރުވާހަކަ އެބަހުރި...
ހޫން!! ބޭފުޅާ އިންނަވާ ފޮނި ކަނޑަން!!
ފުރަތަމަ ޝާހިދު ޓެސްޓު ކުރޭ
ސަރުކާރުތަކުން ބޭނުންވީމަ ބޭނުންވާ ކަމެއް ކުރެވޭ ކޮންމެވެސް އެއްޗެކޭ ކިޔާފަވެސް. ވެގެން އުޅެ ގޮތަކީ އާންމުންގެ ރުހުން ހޯދުމަށްޓަކާ ދައްކަން ނުޖެހޭ ވާހަތައް ދެއްކެނީ! ވިސްނަދީގެން ނުވާފަދަ ކަންކަން ވިސްނަދެނީ! އާންމުންނަށް ލިބެން ނުޖެހޭ ބާރެއް ލިބިގެންވާކަމަށް އަންގަދެނީ! ބޭނުމަކީ ބާރުވެރިވުން! ނަތީޖާއަކީ އާންމުން ބޯހަރުވެ ހަރުކަށިވުން.
އަޅެ ބަޔަކު ބުންޏަސް ނުބުންޏަސް ތިމާމެން މީހުންގެ މައްޗަށް އިސްވަނީ ހަމަ އާންމުންގެ ޒަރޫރަތްތަކާއި ޙައްޤުތައް ރައްކާތެރި ކުރުމަށް! ކުރަން ހުރިކަންތައް ކުރިމަށް، ބޭނުންޖެހޭ ކަންތައްތައްފަހިކޮށްދީ ފުއްދާދިނުމަށް. އެއީ ވައުދުތަކެއް ވެގެން ކުރަންޖެހޭ ކަމެއް ނޫން!
މިފަދަ އެތައްކަމެއްގެ ނުރަނގަޅު ވިސްނުން އާންމުންގެ ސިކު ޑިތަކަށް ވައްދައިފި!
މީނާ ކޮންބޭކާރު އަނގައެއް މިތަޅަނީ މިހާރު، މިގައުމުގަ އެބައުޅޭ ކަލޭމެންގެ ސަބަބުން އެތައްހާލެއްގަ އުޅޭ ޑޮކްޓަރުން.
ދިވެހިން އަބަދުވެސް އެބައެއްގެ މަތިން ހަދާންވަނީ އެބައެއްގެ ބޭނުން ޖެހުނީމަ އޭގެ ކުރިން އެއީ ޤައުމުގަ އުޅޭވެސް ބައެއްނޫން ޤައުމުގެ ބަތަލެއްވެސްނޫން ބައެއްފަހަރު އެމީހުންނާ ދިމާލަށް މުހާތަބު ކުރަމުން ގެންދަނީ ވަރަށްވެސް ހަޑިހުތުރު ބަހުން، ބައެއްފަހަރު އެމީހުންނާ މާރާމާރީ ހިންގާ މަރާލާނެ ކަމުގެ އިންޒާތަށް ދެމުން ގެންދޭ. އެކަމަކުވެސް އެމީހުން މަސައްކަތް ކުރަމުންދަނީ އެކަމަކަށް ބެލުމެށްނެތި ކެތްތެރިކަމާއި އިހްލާސްތެރިކާމައި ވަރަށްވެސް އޯގާތެރިކަމާއެކު.
ކަލޯ ކޮން ބައެއްގެ މަތިންތަ ހަނދާން ހުރީ؟ އަނގަ ގޮއްވަން ނޫޅޭ
ހާދަ ލަހަކުން ޑޮކްޓަރުންމަތިން ހަނދާންވީ.
ހުރިހާ ނުައެްހަދާފަ ދެން ކީރިތިކުރައްވާ ޤަވްމަށް ގެްލުމެއް ދެވު ނީތި