00:13

އޭޕްރީލް 21 ވަނަ ދުވަހުގެ ބްލޮގް

23:15

22:44

22:32

22:14

22:11

22:03

21:38

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބަންގްލަދޭޝް އަށް ފޮނުވާ 78 ބިދޭސީން ޓެސްޓް ކުރާނެ. އެމީހުން ފޮނުވާލާނީ ޓެސްޓްގެ ނަތީޖާ ލިބުމުން.

21:37

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ފިލިޕީންސުން އައި ބައެއް ކުދިން މިހާރު މެޑިކަލް ކްލަސްޓާގެ ތެރެއިން މަސައްކަތް ކުރޭ.

21:30

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ނެގެޓިވް ކޭސްތައް އެ އެމީހުންނަށް އެންގުމުގައި ލަސްތަކެއް އުޅޭ. އެކަން އަޅުގަނޑުމެން އެބަ ރަގަޅު ކުރެވޭތޯ ބަލަން.

21:22

ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ: އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ޓްރާންސްމިޝަން އުޅޭތާ ދޭއް ނޫނީ ތިން ހަފްތާ ވާނެ ކަމަށް ލަފާ ކުރެވޭ.

21:21

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: އެއްވެސް އަލާމާތެއް ނެތް މީހުން ވެސް އެބަހުރި ޕޮޒިޓިވްވެފައި. ޕޮޒިޓިވްވާ ފަހުން އަލާމާތްތައް ފެނިފައިވާ މީހުން ވެސް ހިމެނޭ.

21:18

ޑރ. ނަޒްލާ މުސްތޮފާ: އަޅުގަނޑުމެންގެ ލެބްގައި ވަރަށް ފުރުސަތު ކުޑަވާނެ ކޮންޓެމިނޭޓް ވުމުގެ ފުރުސަތު. މިސާލަކަށް އަޅުގަނޑުމެން ބަލާނެ އެހެން ޕޮޒިޓިވް ކޭސްތަކާ ގުޅުން ހުރިތޯ. ސާމްޕަލް ނެގޭ ގޮތުން ވެސް ނެގެޓިވް ވެސް ވެދާނެ. ޕޮޒިޓިވް ވެސް ވެދާނެ.

21:14

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ލަފާ ދީފައި އޮތް ފެނަކީ އެމްޑަބްލިއުއެސްސީގެ ޓެޕް ވޯޓަ ފެން. އަޅުގަނޑު ވެސް ބޮނީ އެ ފެން.

21:14

21:13

21:12

ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ: ކުޑަ ދޮރުތައް ހުޅުވާލާފައި ބެހެއްޓުމަކީ މުހިންމު ކަމެއް. މޫނުގައި އަތް ނުލުން މުހިންމު. ގިނަ ފަހަރު ވައިރަސް އަރަނީ ނޭފަތުން، ނޫނީ ކުޅުގެ ޒަރިއްޔާ އިން. މިދުވަސްކޮޅު މުހިންމީ މޫނު މަތީގައި އަތް ނުލުން، އަތް ނުދޮވެ.

21:11

ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ: ސޯޝަލް ޑިސްޓެންސް ވަރަށް މުހިންމު. އެންމެ ކުޑަ މިނުން ތިން ފޫޓު ދުރުގައި ހުންނަން ޖެހޭ. ރަނގަޅީ އޮންލައިން ޓްރާންސެކްޝަން ހެދުން. ރުފިޔާ ދޭ ނަމަ، ގޮނޑިއެއްގައި ބެހެއްޓުން. ރަނގަޅަށް ކައްކާފައި ހުންނަ އެއްޗެހީގައި ވައިރަސް ފިލާނެ. ދޮވެވޭ ކަހަލަ އެއްޗެހި ސައި ބޯނިން ދޮވެލުން ރަނގަޅު.

21:06

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް: ބޭރަށް ދާ ނަމަ، މާސްކް އެޅުމަކީ މިހާރު މުހިންމު ކަމެއް.

21:05

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް: ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅީ ތެދު ހެދުން. އަޅުގަނޑުމެން ވެސް ތެދު މި ހަދަނީ.

21:05

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް: ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަން އެންގެވުން އެދެން. ބައެއް މީހުން ހާސްވެގެން ބުނެފާނެ، ނޭވާ ހާސްވެއޭ، ހުން އެބަހުއްޓޭ. މީގައި ތެދު ހެދުން ވަރަށް މުހިންމު. އެހެން ނޫނީ ވަރަށް އުނދަގޫ ވާނެ.

21:03

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ކޭސްތަކުގެ ތެރެއިން 61 އެއީ ކޭސް 36 އާ ގުޅުންހުރި ކޮންޓެކްޓެއް. 62 އާއި 63 އަދި 64 އެއީ ކޭސް 28 އާ ކޮންޓެކްޓްވެފައި ހުރި ކޭސްތައް. މީގެ އިތުރުން 65، 66 އަދި 67 އަކީ ކޭސް 29 އާ ގުޅުން ހުރި މީހުން.

21:02

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް: ބަލި ޖެހުނު އެއްވެސް މީހަކު އިތުރަށް ފަރުވާ ދޭކަށް ނުޖެހޭ. އެކަމަކު އަދަދު ގިނަވާ ނަމަ، ބައެއް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިދާނެ.

21:00

ބާޒާރު ލިލީ އަދި މާފަންނު އިހުސާން ފިހާރަ އަށް ދިޔަ މީހުން އެންގުމަށް އެދިއްޖެ. އެއީ މި މަހުގެ 15، 16 އަދި 17 ގައި އެ ފިހާރަތަކަށް ދިޔަ މީހުން.

20:57

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ފަހުން ފައްސިވި މީހާއާ ގުޅެނީ އެހެން ކޭސްތަކާ.

20:56

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: 95 މީހަކު މިހާތަނަށް ވަނީ ޖޫރިމަނާކޮށްފައި.

20:55

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: 3،472 ތަނަކަށް ޑެލިވަރީ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވޭ.

20:54

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިއަދުގެ މިހާތަނަށް 945 ކޮންޓެކްޓެއް ވަނީ ޓްރޭސް ކުރެވިފައި. މިއަދާ ހަމައަށް 164 އިމާރާތްތައް ވަނީ މޮނިޓަރިން ހާލަތުގައި. މިރޭ 7:30 އާ ހަމައަށް 38 ތަނެއް މޮނިޓަރިން ހާލަތުގައި. ކ. ގުރައިދޫ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައި.

20:53

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް 4،271 ސާމްޕަލެއް ވަނީ ނެގިފައި. މިހާތަނަށް 3،890 ސާމްޕަލެއް ވަނީ ނެގަޓިވްވެފައި. ނަތީޖާ ނުލިބޭ 344 ސާމްޕަލެއް އެބައޮތް. ކަރަންޓީނު ފެސިލިޓީތަކުގައި 1،141 މީހުން އަދި އައިސޮލޭޝަންގައި 115 މީހުން އެބަތިބި.

20:51

އެންއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

20:49

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ އީސްޓޯރު މެދުވެރިކޮށް ގިނަ އޯޑަރުތަކެއް ލިބިފައިވާ ކަމަށް.

20:45

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިރުޝާދަށް ބޯނުލެނބައިގެން އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި. ފުލުހުން ކުރި ޓުވީޓުގައި ބުނި ގޮތުގައި އެމީހާ ހައްޔަރު ކުރީ ގއ. ގެމަނަފުށިން ގއ. ކޮނޑޭ އަށް ދަތުރު ކުރުމުން.

20:43

އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު އިންޑިއާގެ ރައްޔިތުން ކަމަށް އެޗްޕީއޭއިން ބުނެފި.

20:38

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

20:18

20:13

19:51

19:31

19:10

18:46

18:35

17:49

16:48

16:19

މެކްސިކޯ އިން އިތުރު 36 މީހުން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 686 މީހުން ވަނީ މަރުވެފައި. އިތުރު 764 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8,261 އަށް އަރާފައި.

 

16:16

ދެކުނު ކޮރެއާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 236 މީހުން ވަނީ މަރުވެފައި. އިތުރު 13 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،674 އަށް އަރާފައި.

 

16:15

އިސްރާއީލުން އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 173 މީހުން ވަނީ މަރުވެފައި. އިތުރު 163 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،654 އަށް އަރާފައި.

 

16:14

އޮސްޓްރިއާ އިން އިތުރު 18 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 470 މީހުން ވަނީ މަރުވެފައި. އިތުރު 46 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14،795 އަށް އަރާފައި.

 

16:11

16:07

ބްރެޒިލުން އިތުރު 22 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 2،484 މީހުން ވަނީ މަރުވެފައި. އިތުރު 490 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39،144 އަށް އަރާފައި.

 

15:54

ޗައިނާ އިން އިތުރު 12 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 82،747 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މަރުވި މީހުންގެ އަދަދަކީ 4،632.

 

15:53

ސްވިޒަލެންޑުން އިތުރު 13 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 1،406 މީހުން ވަނީ މަރުވެފައި. އިތުރު 204 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 27،994 އަށް އަރާފައި.

 

15:52

ރަޝިއާ އިން އިތުރު 44 މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 405 މީހުން ވަނީ މަރުވެފައި. އިތުރު 4،268 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 47،121 އަށް އަރާފައި.

 

15:49

ބެލްޖިއަމުން އިތުރު 145 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 5،828 މީހުން ވަނީ މަރުވެފައި. އިތުރު 1،487 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39،983 އަށް އަރާފައި.

 

15:43

15:26

15:19

15:16

މާލެ އިން އިތުރު ތިން ދިވެހިންނާއި ހަތަރު ބިދޭސީން ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:13

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މޮނިޓަރިން ހާލަތުގައި ހުރި ތަންތަނަށް ކާބޯތަކެތި ގެންދިއުމަށް އުނދަގޫތަކެއް އެބަހުރި. ބައެއް ޑެލިވަރީ ކުރާ ފަރާތްތަކުން ދެކޮޅު ހަދާ އެގެތަކަށް ޑެލިވަރީ ކުރަން. އޭސީޕީ މެދުވެރިކޮށް އަޅުގަނޑުމެން އެދެން އެކަން ކުރުމަށް.

15:12

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: ލޮކްޑައުނެއް ނައި ނަމަ، އިތުރުން ގޯހުން ގޯހަށް ގޮސް ބަލި ފެތުރޭތަން. މީގެ ހަފްތާއެއް ކުރިން ބަލި ޖެހިފައި ތިބި މީހުން މި ފެންނަނީ. އެހެންވީމަ، މިހާރު މިއޮތީ ނުރައްކާތެރިކަން ކުރިމަތިވެފައި.

15:12

15:06

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ މީހެއް ބޭރަށް ނުކުންނަން ޖެހޭނީ ހުއްދަ އޮވެގެން. ބޭރަށް ނުކުންނަ އިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން، އަތް ރަނގަޅަށް ސާފު ކުރުން، ގެއަށް ވަނުމުގެ ކުރިންނާއި ފަހުން އަތް ދޮވުން. އެމީހަކު ގަންނަން ބޭނުންވާ އެއްޗެއްގައި އަތްލުން. މި އިރުޝާދުތަކަށް އަމަލު ކުރަން އެދެން. މިހާރު ދީފައި އޮންނަނީ ތިން ދުވަހުން އެއް ދުވަހު ބޭރަށް ނުކުންނަން އޮންނަ ލައިސަންސެއް ނޫން.

15:06

15:02

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: މިއަދު ފައްސިވި މީހުންގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ މީހެއް ހިމެނޭ. އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން.

15:00

15:00

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިމާވާ ދަތިތަކުން އަރައިގަތުމަށް. މިވަގުތު މަސައްކަތް މި ކުރަނީ ވީހާވެސް ގިނަ ބަޔަކު މި ބަލިން ސަލާމަތް ކުރުމަށް.

14:54

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: އިންޑެކްސް ކޭސް އެނގިފައެއް ނުވޭ. އެއް ކޭސްއަށް ވުރެ ގިނަ ކޭސްތައް އިންޑެކްސް ކޭސްއަށް ވުން އެކަށީގެންވޭ އެކިއެކި ކްލަސްޓާތަކުގައި.

14:53

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ، ރިޕޯޓު ކުރަން އެދެން. އޭރުން އެސެސް ކުރުމަށް ފަހު، ސާމްޕަލް ނަގާނެ. ފްލޫ ކްލިނިކަށް ދާ އެންމެން ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައި. މިގޮތަށް މަސައްކަތް ކުރާ އިރު، އެއް ތަނެއްގައި މަސައްކަތް ކުރާ ބިދޭސީންނާއި ދިވެހިން އެބަތިބި. އެންމެންނަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް. ޑެލިވަރީ ކުރާ އިރު، މަސައްކަތް ކުރަން އެބަޖެހޭ.

14:46

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: 53 ވަނަ ކޭސްއަކީ ފްލޫ ކްލިނިކަށް ދިޔަ މީހެއް. އެއީ ބީއެޗްއެމްގެ ޑެލިވަރީ ސްޓާފެއް، 54 ވަނަ ކޭސްއަކީ ފްލޫ ކްލިނިކަށް ދިޔަ މީހެއް. 55 ވަނަ ކޭސްއަކީ ކޭސް 29 އާ ގުޅުން ހުރި މީހެއް. 56 ވަނަ ކޭސްއަކީ 34 ވަނަ ކޭސްގެ ކޮންޓެކްޓެއް. 57 ވަނަ ކޭސްއަކީ ކޭސް 29 އާ ގުޅުން ހުރި މީހެއް. 58 އަކީ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެއް. 59 އަދި 60 އަކީ ބަންގްލަދޭޝް ދެމުން. ދެ މީހުންނަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހުން.

14:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް 4000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން 3،834 ސާމްޕަލްއެއް ނެގަޓިވް. ނަތީޖާ ނުލިބެނީ 245 ސާމްޕަލެއް. މިހާތަނަށް 16 މީހަކަށް ޝިފާ ލިބިފައި ވަނީ. މިހާރު ފަރުވާ ދެނީ 42 މީހުންނަށް. 903 މީހުން ފާޙަގަ ކުރެވިފައި ވަނީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އަދި 152 ތަނެއް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި. ވިލިވަރުން ތިން މީހަކު ދޫކޮށްލެވިފައި ވަނީ.

 

14:40

އެންއީއޯސީގެ ނޫސް ކޮންފަރެންސް ފަށައިފި.

14:16

14:14

14:01

14:00

ކޮވިޑް-19 އާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ. އެފަދަ އަމަލުތަކުން ހުރިހާ ރައްޔިތުން ދުރުވުމަށް ވެސް ޕޮލިސް ކޮމިޝަނަރު ވަނީ އެދިވަޑައިގެންފައި.

13:49

އއ. މަތިވެރި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އަދި ގޭސް ބަލާ ނަސްރު 5 ދޯނި މާލެ ދިއުމަށް ދަތުރު ފަށައިފި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓާކައި ޓާސްކް ފޯސްގެ ފަރާތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައި، އަދި މާސްކާއި އަންގި ފަދަ ތަކެތި ވަނީ ހެލްތް ސެންޓަރުގެ ފަރާތުން ފޯރުކޮށްދީފައި.

13:45

ނޫސްވެރިންގެ ބައްދަލުވުން 2:30 އަށް ފަސްކޮށްފި.

13:45

13:33

13:29

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 2 ޖަހާ އިރު، އޮންނާނެ ކަން އިއުލާންކޮށްފި.

https://twitter.com/HPA_MV/status/1252151075630694400?s=20

13:24

13:17

12:37

12:16

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޯނުން މަޝްވަރާ ކުރައްވައިފި.

12:07

11:45

11:28

11:13

11:00

10:38

ހުރިހާ ގައުމަކުން މަރުވި ޖުމްލަ އަދަދަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިއްޔެ މަދުވެއްޖެ. އިއްޔެ މަރުވެފައި ވަނީ 4984 މީހުން. އިއްޔެ އަކީ ފާއިތުވި 14 ދުވަސް ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަސް. މަރުވާ މީހުންގެ އަދަދު އިއްޔެ މަދުވެފައި ވަނީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމުތައް ކަމަށްވާ އެމެރިކާ، އިޓަލީ، ފްރާންސް، އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އިއްޔެ މަރުވި މީހުންގެ އަދަދު މަދުވުމުން.

އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ މަދުވެފައި. އިއްޔެ ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 75804 މީހުން. އިއްޔެ އަކީ ފާއިތުވި ހަދުވަސް ތެރޭގައި ފައްސިވި މީހުން އެންމެ މަދުވި ދުވަސް.

ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,407,467 އަށް އަރާފައި. އޭގެތެރެއިން 165,074 މީހަކު ވަނީ މިބަލީގައި މަރުވެފައި. ބަލިން އަދި ރަނގަޅުވީ 625,202 މީހުން.

10:19

09:36

09:36

09:18

03:15

03:03

02:15

01:38

ސީރިޔާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 3 އަށް އަރައިފި. އެގައުމުން އިތުރު މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފަ

01:38

ލަންކާ އިން ކޮވިޑް-19 އަށް އިތުރު 10 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 271 އަށް އަރާފަ. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17 މީހަކު ފައްސިވިއިރު، މިހާތަނަށް 7 މީހަކު ވަނީ މަރުވެފަ

01:37

ފަލަސްތީނުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 3 އަށް އަރައިފި. އެގައުމުން އިތުރު 19 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 437 އަށް އަރާފަ

01:36

ބަންގްލަދޭޝް އިން ކޮވިޑް-19 ޖެހިގެން އިތުރު 7 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 91 އަށް އަރައިފި. އެގައުމުން އިތުރު 312 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2456 އަށް އަރާފަ

01:35

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު 16 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 168 އަށް އަރައިފި. އެގައުމުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 8348 އަށް އަރާފަ

01:34

އެކުއެޑާއިން ކޮވިޑް-19 ޖެހިގެން އިތުރު 18 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 474 އަށް އަރައިފި. އެގައުމުން އިތުރު 446 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 9468 އަށް އަރާފަ

01:34

ޖަޕާނުން ކޮވިޑް-19 ޖެހިގެން އިތުރު 14 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 236 އަށް އަރައިފި. އެގައުމުން އިތުރު 501 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10797 އަށް އަރާފަ

01:33

އައިލޭންޑުން އިން ކޮވިޑް-19 ޖެހިގެން އިތުރު 39 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 610 އަށް އަރައިފި. އެގައުމުން އިތުރު 493 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15251 އަށް އަރާފަ

01:32

ޕެރޫއިން ކޮވިޑް-19 ޖެހިގެން އިތުރު 52 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 400 އަށް އަރައިފި. އެގައުމުން އިތުރު 1208 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15628 އަށް އަރާފަ

01:32

ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން އިތުރު 27 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 2388 އަށް އަރައިފި. އެގައުމުން އިތުރު 715 މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 37437 އަށް އަރާފަ

01:30

ކޮވިޑް-19 އަށް އެމެރިކާއިން އިތުރު 3610 މީހަކު ފައްސިވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު 22565 އަށް އަރައިފި. މިހާތަނަށް އެގައުމުން 761357 މީހަކު ވަނީ ފައްސިވެފަ

01:29

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 189 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 1402 އަށް އަރައިފި. މިހާތަނަށް އެގައުމުން 4416 މީހަކު ވަނީ މަރުވެފަ.

01:24

00:57

00:38

އިންޑިއާގައި އިތުރު 1250 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 38 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 17615 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 559 މީހަކު ވަނީ މަރުވެފައި.

00:38

ކެނެޑާގައި އިތުރު 1430 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 113 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 34813 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 1583 މީހަކު ވަނީ މަރުވެފައި.

00:37

ތުރުކީގައި އިތުރު 3977 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 127 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 86306 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 2017 މީހަކު ވަނީ މަރުވެފައި.

00:36

އެމެރިކާގައި އިތުރު 18955 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 1213 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 757747 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 18955 މީހަކު ވަނީ މަރުވެފައި.


މާލޭގައި އެތައް ބިދޭސީންނެއް ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭއިރު ބިދޭސީންގެ ތެރެއަށް ކޮވިޑް-19 ފެތުރިއްޖެނަމަ އެތައް ބަޔަކު ބަލިވެ، ހާލަތު ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އެންމެ ކުރިން ފެށިގެން ވެސް އޮތީ އުފެދިފައެވެ. ނަމަވެސް މިއަދު ވަނީ މާލޭގައި ބިދޭސީންގެ ތެރޭގައި ބަލި ފެތުރެމުންދާކަން ކަށަވަރު ވެފައެވެ. އެއާއި އެކު ކަންބޮޑުވުމާއި ހާސްކަން ވަނީ އިތުރުވެފައެވެ.

މިއަދު ލިބުނު ކަންބޮޑުވުން ގެނުވި އަނެއް ޚަބަރަކީ އުލިގަމުން ކޮވިޑް-19 ފެނުނު ޚަބަރެވެ. އުލިގަމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހާ އާއި ގިނަ ބަޔަކު ބައްދަލުވެފައިވާ ކަން ވެސް މިހާރު ވަނީ ކަށަވަރު ވެފައެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު މިއަދު ބައެއް ގައުމުތަކުން މަރުވި މީހުންގެ އަދަދު މަދުވި ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މިއަދު މިހާތަނަށް 56,736 މީހަކު ފައްސިވެ 4,147 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާލިމް

    މާލޭގައި ބަލި ފެތުރެންފެށީ ބިދޭސީންގެ ތެރެއަކުނޫން. ދޮގު ނަހައްދަވާ ، ފެތުރެންފެށީ ދިވެހިންގެ ތެރޭގައި. ދިވެހިންގެ ސަބަބުން ބޭރުމީހުނަށް ޖެހެންފުނީ

  2. ޖަޒީރާ 07

    ރާއްޖޭގައި ބިދޭސީން ގެންގުޅުމަށް އިތުރު ވިސްނުންތަކެއް ވިސްނަންވެއްޖެ..

  3. ޞވގގ

    މާރޗް 30 ގަ ބިދޭސީއެއް ނިޔާވި. މަރުވު ގޮތެއް ނޭނގޭ. މަރުވުމުގެ އެއްދުވަސް ކުރިން ބަނޑަށް ތަދުވެގެން އުޅުނު. މިމީހާ ނިޔާވީ ކޮވިޑް ބަލި ޖެހިގެންތޯ/؟