މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިން އެކްރެޑިޓް ކުރަން ނިންމައިފިއެވެ.

އެމްއެމްސީން އެގޮތަށް ބުނީ ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" ގެ ނޫސްވެރިއެއް ކަމަށް ބުނާ މީހަކު، ބަންގްލަދޭޝް ރައްޔިތުންނަށް އަމާޒުކޮށް، "ބަންގާޅީންނޭ" ބުނި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މީގެކުރިން، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެމީހާ ބަންގާޅީންނޭ ބުނެ ސުވާލު ކުރުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވަނީ އޭނާގެ ވާހަކަތައް ހުއްޓުވައި، ކޮންމެ މީހަކީ ވެސް އިހްތިރާމް ލިބިގެންވާ ބައެއް ކަމަށް ވިދާޅުވެފައެވެ.

އެމްއެމްސީން ރޭ ކުރި ޓްވީޓްތަކެއްްގައި ބުނެފައި ވަނީސުވާލު ކުރި މީހާގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު ނޫސްވެރިންގެ ހައްގުގައި ކުރިޔަށް އޮތް ތަނުގައި ކައުންސިލްގެ ރޫހު އޮތީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވައިލާނެ ކަމަށް އެމްއެމްސީން ބުންޏެވެ.

އަދި ވީހާވެސް އަވަހަށް އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް އެ ޓުވީޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ނަކް

  އެހެންވީމަ އަހަރެމެންނަށް ދިމާލަށް ދިވެހީންނޭ ވެސް ނުކިޔާތި އަދި މާލްދީފިއްޔާއޭވެސް މޯލްޑިވިއަންއޭ ކިޔަން ޖެހޭނީ.. މިސްރޭވެސް ކިއުމް މަނާވާނެ ދެއްތީ އީޖިޕްޓްކިޔަންވާނީ.. ބަލަ ބަންގާޅު އަދި ބަންގާޅީން އެހީ ދިވެހި ގޮތް ދިވެހި ބަސްފޮތުގަ އަދި ރަދީފުގަ ހިމެނޭ ރަސްމީ ދެބަސް.. އެއް ދުވަހު ބުނާމެ ދިވެހިބަހާ ޤައުމިއްޔަތޭ އަނެއް ދުވަހު ފަޅޮލޭ.. ތިޔަ ކިޔާ އެއްޗެއް ދިމައެއް ނުވޭ..

  23
  6
 2. ނޭނގުނު

  "ބަންގާޅީން"ނޭ ދިވެހިބަހުން ވާހަކަދެއްކުމުގެ ތެރޭގައި ކިޔައި އުޅެނީ ކޮންމެހެން އިހުތިރާމުކުޑަކުރުމަށް ކަމަށް ކަނޑައެޅުމަކީ މާ ހަމަޖެހޭ ކަމެއް ކަމަކަށް ނުދެކެމެވެ. ދިވެހިބަހުގައި ބޭނުންކުރާ "ބަންގާޅު" މިނަމަކީ "ބަންގްލަދޭޝް" އަށްވުރެ މައްދިވެހީންނަށް މާ ރައްޓެހި ފަރިތަ ބަހެކެވެ. ބަންގާޅުގެ އެއްބައި ބަންގްލަދޭޝްއަކަށް ވުމުގެ މާކުރިންވެސް ބަންގާޅަކީ ދިވެހިން ދަންނަ ފަރިތަ ނަމެކެވެ. އެބަޔަކު ނިސްބަތްވާ ތަނަށް ނިސްބަތްކޮށް ކިޔައި އުޅޭ ކިތަންމެ ނަމެއް ދިވެހިބަހުގައި އެބަހުއްޓެވެ. އަރަބީން، ފާރިސީން، ސިނައިން، ޖާވީން، ފަރަންސޭސީން، މިގޮތަށް ކިތަންމެ ނަމެއް ހޯދިދާނެއެވެ. މިނަންތައް ބޭނުންކުރުން އެންމެރަނގަޅުވެފައި ބަންގާޅުމީހުންނަށް ބަންގާޅިީން ކީމަ ކަމުނުދިޔުމަކީ "މެންޓަލިޓީ" ގެ މައްސަލައެއް ނޫންބާވައޭ ހިތަށް އަރައެވެ. ފަހަރެއްގައި އަޅުގަނޑުގެ ކަމަށްވެސް ވެދާނެއެވެ!

  30
  1
  • އަލް ޣަޒާލީ

   ސަޅި ކޮމެންޓެއް. ބަންގްލަދޭޝް މީހުންނަކީ ބަންގާޅީން.

 3. ޓީވީ ބަލާ މީހާ______

  ބަ އެއް ނޫސްވެރިން HPA އިން ބާއްވާ ނޫސް ބައްދަލުވުމުގައި ޓީވީން ފެންނަ އިރު ތިބެނީ ފެންވެސް ނުވަރާ ވަރަށް މުޑުދާރުކޮށް

  23
  11
 4. ާއާވިމް

  ބަންގާލި، އެއީ ބަންގްލަދޭޝްގައި އުޅޭ ރައްޔިތުންނަށް ކިޔާ ޖޮގްރަފިކް ނަމެން. ޢަހަރެމެންނަށް މޯލްޑިވިއަން އޭ ކީމަވެސް އިހްތިރާމް ކުޑަވާނެ ބާ؟ ދިވެހިންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތް އެއީ. 'ކަލޭ' ބުނީމަ ހަޑި ވާގޮތަށް. ދެން އަހަރެމެން ކިޔާ ގޮތް ގޯހީ. ޢެބަސް ހަމަ ރަގަޅު.

  22
  1
  • ބަންގާޅީ

   ބަންގާޅީ މިހެން ބުނީމާ އިހްތިރާމް ކުޑަވަނީއެއް ނޫން. ބަންގާޅީއޭ ގޮވާފައި އެމީހުންނަށް ހަދާގޮތާއި ބަލާގޮތާއި ކަންކުރާގޮތް ފެންނަން މިއޮތީ. އެއަށް އިޙްތިރާމް ކުޑަކުރަނީއޭ މިކިޔަނީ. ދިވެހި ރައްޔިތުންނަށް އެތައް ޚިދުމަތެއް އެމީހުން ފުރިހަމަކޮށްދީފި. އިންޑިއާއޭ ލަންކާއޭ ނޭޕާލޭ ޕިލިޕީންސޭ ކިޔާފައި ހިތުހުރި ގޮތެއް ނުހަދާތީ އެވާހަކަ ނުދައްކަނީ. ބަންގާޅީން މިތަނަށް ގިނަވީ އެމީހުން އަމިއްލައަކަށް ނޫން. ބަޔަކު މީހުން އެމީހުން ގެނެސްފައި ދޫކޮށްލީ. އެމީހުން ދޫކޮށްލި މީހުންނާ ދިމާއަށް ނުގޮވާ އެއްޗެއް އެމީހުންނާ ދިމާއަށް ގޮވާކަށް ނުޖެހޭ.

   12
   1
 5. މަށަކީ ދިވެއްސެއް، ރާއްޖެތެރޭމީހެއް

   Home | About | News | Contact

  ބަންގާޅީން
  (1) ބަންގާޅުގެ މީހުން. (2) ބަންގާޅުގެ ހިންދީން.

  Technova Pvt. Ltd, 2006.

  މީދިވެހި ބަހުގެ ރަދީފުގަ އޮންނަ ގޮތް.

 6. ކިޔެކޭ ބުނަނީ

  ބައެއް ކަން ކަމުގަ އޯވަވާބައެއް..ދިވެހިންގެތެރޭގަތިބޭ...ބަންގާޅީންނޭ ބުނުމުގެ މާނަޔަ ކީ ބަޔަ ކަށް އިހާނެތިވުމަށް ކަމަށް ބެލެންޏާ އިންޑިޔާ އިންޑިޔާމީހުންނޭ ސިލޯނުމީހުންނޭ ބުނީމަވެސް ގޯސްވާނެ..ބަންގްލަދޭޝަށް ދިވެހި ކާބަފައިން ކިޔަމުންއައިގޮތެ ބަންގާޅު...މީޑިޔާތަ ކުގަ ފާސްނަގައިގެންތިބި މީހުންގެ ފެންވަރަ ކީ ކޮބާ ފެންވަރު ވަޒަން ކުރަނީ ލިބިފައޮތް ފާސްގެ މަތި ކަމަށްބަލައިގެން ވެއްޖެއްޔާ އެގޮތުން މަތީމީހުންތިބެދާނެ އެ ކަމަ ކު ގިނައިންތިބީ ނޫސްވެރިންގެ ނަމުގަތިބި ގަނެވިއް ކާ ބައެއް..

 7. ނަައީމް

  ހަދާނެ ނަހަދާނެ ގޮތެއްނޭގިގެން އުޅޭ ބައެއް އަބަދުވެސް ޖޫރިމަނާ ޖޫރިމަނާ ޖޫރިމަނާ ކިހާދެރަވެއްޖެކަމެއް މިމިހުން މިތަނުން ބާލަންވީ ވަގުތުކަންނޭގެ މިޖެހުނީ

 8. ސާތިރު

  މި ހުރިހާ ދުވަހެއް ވަންދެން އެންމެންވެސް ކިޔަމުން އައީ ބަންގާޅިންނޭ މިޔަދު ވެގެން އުޅޭގޮތެއްނޭގެ.

 9. ޢަދުރޭ

  ނަޒްލާ. ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ( އިޙްތިރާމް) މި ބަސް ނުބައިކޮށް ބޭނުން ކޮށްގެން އެއީ ކުށެއް ނެތް ދިވެހި ރައްޔިތަކު ގަސްތުގައި ކުށްވެރި ކުރަން ކކުރި ޢަމަލަކީ ބަކލައިގަނެވޭނެ ޢަމަލެއް ނޫން .

  8
  3
 10. އެކްރެޑިޓް

  ހަމަތަކާ އެއްގޮތަށް ދިވެހިބަހުން ލިޔަންކިޔަން ނުދަންނަ ދިވެހިބަހުން ހަމަޔަށް ވާހަކަދައްކަން ނުދަން އެކްރެޑިޓް ކަމަށް ވެދާނެ. އެނޫން ގޮތަކަށް އެކްރެޑިޓެއް ނުކުރެވޭނެ. މުޖައްރިބުކަމެއް.

 11. ޢަލިބެ

  މީޑިއާ ކައުންސިލުގެ މެންބަރުންނަށް އަދިކިރިޔާދޯ މިއެނގުނީ ރިޕޯޓަރުންގެތެރޭގައި އުޅޭބައެއްގެ ފެންވަރުބަލަން. ސުވާލުކުރުމުން ޖަވާބުދެއްވަން ތިއްބަވާބޭފުޅުން ، ސުވާލުގެ ރާގާއި ބަހުވަޔާ ޒާތީކަން ބޮޑުވެގެންދިޔައީމަ ހިތްހަމަނުޖެހޭހިސާބަށް ގޮސް އެއްޗެއް ވިދާޅުވީމަދޯ. ސާބަސް ތިއަދާކުރެވެނީ މީޑިއާ ކައުންސިލްގެ މެންބަރުންގެ ޒިންމާއެއްނޫން. މަޤާމެއްލިބުނީތީ ދެންތިބެނީ.

 12. ހުޅުލޭ ބޮޑުމީހާ

  ބަންގްލާ ނުވަތަ ބެންގާލް ނިސްބަތް ކުރަނީ ބަންގްލަދޭޝް ހިމެނޭ ސަރަހައްދުގައި ދިރިއުޅެނީ ބެންގާލް ނުވަތަ ބަންގްލާ ބަހުން ވާހަކަ ދައްކާ މީހުންނނަށް..މިހާރުގެ އިންޑިއާގެ ވެސްޓް ބެންގޯލް ނުވަތަ ކަލްކަތާ ގައި ވެސް މައިގަނޑު ކޮށް އުޅޭނީ ބެންގާލް ދަރިކޮޅު ނުވަތަ ބަންގާލީ..އިންޑިއާ އަށް 1947 ގައި އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނީ މިހާރު މިފެންނަ ޕާކިސްތާން މިނިވަން ގައުމެއްގެ ގޮތުގައި ވުޖޫދު ވުމާއެކުގަ..އަދި މިހާރު ގެ ބަންގްލްދޭޝް އަކީ އޭރުގެ އިރުމަތީ ޕާކިސްތާން..ދުނިޔޭގައި މާދަރީ ބަހަކަށް ޓަކައި ހަނގުރާމަ ކުރި ހަމަ އެކަނި ބަޔަކީ މިހާރުގެ ބަންގްލަދޭޝް އެހަނގުރާމައިގެ ނަތީޖާ އަކަށްވީ ޕާކިސްތާނުގެ އަތްދަށުން މިނިވަންވެ ބަންގްލަދޭޝް ވުޖޫދަށް އައުން. ބަންގްލާ+ދޭޝް ގެ މާނައަކީ ބަންގްލާ މީހުންގެ ގައުމު..އެމީހުންވެސް އެމީހުންނަށް ކިޔަނީ ބަންގާލީ..އަހަރެމެން ކިޔަނީ ބަންގާޅީ..ލ އަދި ޅ ތަފާތުވަނީ

 13. އަލީ

  ބަލަ ބަންގާޅު މީހުނަށް ދިވެހިން ކިޔައި އުޅެނީ ބަންގާޅީންނޭ. އެހެން ބުނެގެން ގޯސްވާކަށް ނުޖެހޭ. ބަންގާޅު މީހުންނަށް ބަންގާޅީންނޭ ކިޔުމުން ގޯހިއްޔާ އަވަހަށް ދިވެހި ބަހުގެ އެކަޑަމީގަ އެދިގެން އެހެން ބަހެއް ހޯއްދަވައި ދެއްވާ.

 14. ބަންގާޅު މީހާ

  ޑރނަޒްލާ އަށް ދިވެހިބަސް ނޭގޭކަމަށް ފާހަކަކުރެވޭ.
  އަދި ދިވެހިބަހުގެ ރަދީފުގަވެސް ވަނީ ބަންގާޅު. ވީމާ ރަދީފުވެސް ބަދަލުކުރަން އެދެން.
  މިމީހުން ބަންގާޅު ބުނީމަ ހުންއަންނަނީ ކީއްވެ؟

 15. އަބުއާ

  މަރުޙަބާ މީޑިޔާ ކައުންސިލް

 16. ޜައްޔިތު އަހުމަދު

  އަޅެ މީ ގުނބޯތަކެއްތަ. މީހަކު ހަމަ އެެއްޗެކޭ ބުނާއިރަށް އެ ތަނުން ރަނގަޅު ނުބައިވެސް ބަލާނުލާ ތި ތެޅިގަންނަނީ. ޢެކްރެޑިޓް ކުރަންވީ ނޫސްވެރިންނެއް ނޫން. އެމް އެމް ސީ ގަ ތި ތިބި ގުނބޯތައް އެކްރެޑިޓް ކުރަންވީ.

 17. އައްޑޫ މީހާ

  އޯކޭ ދޭސީ ، ބިދޭސީ މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެ ކޮބާ މިނިވަން ނޫސްވެރިކަން؟ އޑޕ އިދިކޮޅުގައި އޮންނައިރު އެކަނި މިނިވަން ނޫސްވެރިކަން އޮންނަން ޖެހެނީ އެހެން ނޫނިއްޔާ ދެން މިއޮންނަނީ އަބުރުކަތިލާ ނޫސްވެރިކަން މިގައުމުގަ މިހިންގަނީ ކޮންކަހަލަ ކަންތައްތަކެއް؟