"އަޅުގަނޑުމެން އެންމެ ލޯބިވާ ސްކޫލްތައް އެހުރީ ބަންދުކޮށްފައި. ކުޅެ މަޖާކޮށް ހެދި ދަނޑުތަކާއި ކޯޓުތައް އެހުރީ ތަޅުލެވިފައި. އެކުވެރިންނާއި ރައްޓެހިންނާ އެކީގައި ނެގި މަޖާތައް މިވަނީ ހުއްޓިފައި. މި ހުރިހާ ކަމަކުން ދުރުވެ، އަޅުގަނޑުމެން ކުޑަކުދިން މިއަދު މިތިބީ ގޭގައި. ކީއްވެތޯ ތިޔަބޭފުޅުންނަށް ގޭގައި ނުތިއްބެވެންވީ؟ ކީއްވެތޯ އެ ދެއްވާ ނަސޭހަތްތަކުގެ އަޑު ނޭއްސެވެންވީ؟ އަޅުގަނޑުމެން ވެސް ގަބޫލު ކުރަން، އަޅުގަނޑުމެންނަށް ބޭނުންވާ ތަކެތި ހޯއްދަވަނީ ތިޔަބޭފުޅުން. އެކަމަކު މި ހިތްދަތި ހާލަތުގައި، މި ވޭނީ ފުރަބަންދުގައި އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވަން ތިއްބެވީ ވެސް ހަމަ ތިޔަބޭފުޅުން،" ޖަމާލުއްދީނު ސްކޫލުގެ ދަރިވަރު ފާތުމަތު ސާރާ ނަޒީރު ދޫކޮށްލި ވީޑިއޯ ފެށުމާ އެކީގައި ބުނެލިއެވެ.

ދިވެހި ސާފު ރީތި، ބަހުން ސާރާ ދެއްކި ވާހަކަތަކުން އެތައް ބަޔަކަށް ކުރީ އަސަރެވެ. ސާރާ އަށް ގިނަ ބައެއްގެ ހިތުގެ ލޯބި ލިބިއްޖެއެވެ. އޭނާގެ ވީޑިއޯ މުޅިން ހެން އަމާޒު ކުރީ ކަމާބެހޭ ފަރާތްތަކުގެ އަޑު ނާހައި، މަގުމަތީގައި އުޅެމުންދާ އެންމެންނަށެވެ. ބަސް ނޭހި މީހުންނަށެވެ. އުފެއްދީ ވަރުގަދަ ސުވާލުތަކެކެވެ.

"އަޅުގަނޑު ކިތަންމެ ހަގަސް، ފެންވަރު ކިތަންމެ ދަށަސް، އެ ވިދާޅުވާ ވާހަކަފުޅުތައް ސާފުވޭ. އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ނަމަ، ވާނެ ގޮތް އެބަ އެނގޭ. ބޭރަށް ގޮސްފި ނަމަ، އޮތް ނުރައްކާތެރިކަން އެބަ ވިސްނޭ. އަޅުގަނޑަށް ނުވިސްނެނީ، ވިސްނޭ ވަރުގެ މީހުންނަށް ނުސްވިނެނީ ކީއްވެގެން ކަން،" ސާރާ ކިޔައި ދިނެވެ.

https://www.facebook.com/1373570136/videos/10222074105186345/?id=1373570136&__tn__=CH-R&eid=ARBW7smnbKnMONTDvKo9W-OOXNjd4FkqUM8_X8jDolxr6xa6XaIyYXZsykr2F8oRHkDFfBi6lRh7EK_J&hc_ref=ARTMuU4I-bxANEVd59_TX5N0Xm5-KjKgcDXhlM0Sm_mTgXc02BnuqmdPQC7Xxzlt1Fg&fref=nf&__xts__[0]=68.ARABCi7_4v2Qzzyh9sRbmuyzSvABWmeg3f5-grMCYnPjdNzZ6Gc9FrKgnQt5IFSYXPbPuJjQ7By6LJFiTFSTE-t6_X3tgp4ghN5kbDk_2_0oiuY4B3JOeTjxlmX-TBC1QukzGoVm2V6efkfw66-kZ_C_MlTCTw5RgvyFjxWcH72TPNRAMMhfr_rghnyu_ACUOwGvahbZKXw8H4CRbzn-Z6PpfIey

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތް އިރު، ރާއްޖޭގެ އެހެން ބައެއް ރަށްތައް ދަނީ ކަރަންޓީން ކުރަމުންނެވެ. މާލޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެން ފަށައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 17 މީހެއްގެ ގައިން ބަލި ފެނިއްޖެއެވެ. ބަލީގެ ނުރައްކާތެރިކަން އިންތިހާ އަށް ބޮޑުވެއްޖެެއެވެ. ފަރުވާއެއް ހޯދިފައި ނެތް ބައްޔަށް މިއަދު އޮތް ހައްލަކީ ގޭގައި ތިބުމެވެ. ގިނަ ގިނަ އިން އަތް ދޮވުމެވެ. ސާފުތާހިރުކަމަށް އާދަޔާ ހިލާފަށް އިސްކަން ދޭންވީއެވެ.

ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 52 އަށް އަރައިފައެވެ. މިއީ ރާއްޖެއާ އަޅާ ބަލާ އިރު، ސީރިއަސް އަދަދެކެވެ.

ސާރާ ބުނީ މާދަމާ ވާނެ ގޮތަކާ މެދުގައި ފިކުރުކޮށް ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖެ މި ހާލަތަށް ވެއްޓުނީ "އެހެން ނަހަދާށޭ" ގޮވަ ގޮވާ އޮއްވައި ކަމަށް ބުންޏެވެ.

"ކާކުތޯ ބޭނުން ވަނީ މަރުވާން؟ ކާކުތޯ ބޭނުން ވަނީ މި ކުޑަ އާބާދީން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެން؟ ކާކުތޯ ބޭނުން ވާނީ ތިބާގެ އާއިލާގެ މީހަކަށް ފަރުވާ ނުދެވި ނުބެލޭ ހާލަތުގައި ނިމިދާން؟ އެކަކު ވެސް ބޭނުމެއް ނުވާނެ،" ބައެއް ރައްޔިތުންގެ ދޭ ޖަވާބުތަކާއި އަމަލާ ދިމާ ނުވާ ކަން ފާހަގަކޮށް ސާރާ ބުންޏެވެ.

ސާރާ ބުނި ގޮތުގައި އަދިވެސް ވަގުތެއް ނުގެއްލެއެވެ. ދިވެހިންނަށް އޮތީ އަމަލުތައް އިސްލާހުކޮށް، ވިސްނުންތެރިކަމާއި ކެތްތެރިކަން އިސްލާހު ކުރުން ކަމަށް ބުންޏެވެ. ބޭނުން ހުރިހާ އެއްޗަކާއި ބޭނުން ހުރިހާ ކަމެއް މިވަގުތު ނުކުރެވިދާނެ ކަމަށް ވެސް ސާރާ ބުންޏެވެ.

"މިއީ އަޅުގަނޑުމެން ވެސް، އަދި ތިޔަބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު. ކުރަންވީ ކަމަކީ ގޭގައި ތިއްބެވުން. އިޖުތިމާއީ ގައިދުރު ކަމަށް ޖާގަ ދެއްވުން. އެއްކައުވަންތަ ﷲ އަށް ދުއާ ދެންނެވުން. އިރާދަކުރެއްވިއްޔާ މި ނުރައްކާތެރި ވަބާ އިން މި ދިވެހި އުންމަތް ސަލާމަތް ކުރައްވާނެ،" ސާރާ ބުންޏެވެ.

ސާރާގެ ވާހަކަތަކަށް ތައުރީފްކޮށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ސާރާގެ ވާހަކަތައް އިވިފައި އޭނާއަށް ރޮވުނު ކަމަށެވެ. އަދި ސާރާގެ ވާހަކަތަކުން ކަރުނަ އިން ތެމި ފޯވެ، ހިތްފަޅައިގެންދާ ވަރުވެފައިވާ ކަމަށް ވެސް އަޝްރަފް ބުންޏެވެ.

"ދޮންކަނބުލޮގެ ލޮބުވެތި ވާހަކަކޮޅު ބޭބެ އަޑު އަހައިފިން. ނުނުކުންނާނަން ބޭރަށް. ގޭގައި މަޑު ކުރާނަން. މި ފުރިހަމަ މަސައްކަތުގެ އަގު ވަޒަންކޮށް ސާރާގެ ލޮބުވެތި ބެލެނިވެރީންނަށާއި ސާރާގެ ސްކޫލުގެ ވެރިންނަށާއި މުދައްރިސުންނަށް އިހުތިރާމް އަދާކޮށް ޝުކުރު ދަންނަވަން،" އަޝްރަފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބޯގިރި

    ކަލޭ ހިތް ނުފެޅޭ ވަރެއް ނުވާނެ

    13
    60
    • ސަމްސިއްޔާ

      މިކަަލަ ނާތަހުޒީބު ދިވެހިން ގިނަވީމަ މައްސަލައަކީ. ދެން ހިތުން ވަރައްގައްޑާ ކޮމެންޓެއް ކޮށްލެވިފައި އެ އޮތީ.

      49
      2
  2. ހދޔޔދ

    އެއާދޭސް ގަބޫލު ކޮއްބަ

    42
    2
  3. ނައިންޓީ

    ކުއްޖާގެ ވާހަކަ ގޯހެއްނޫން.. އެކަމަކު ސަރުކާރުން ކަންތައްތައް އިހުމާލޭބުނެވޭވަރަށް ކަންތައް ކޮށްފަ ކުޑަކުއްޖަކު ލައްވާ ދެންތިބި އެންމެންނަށް ރީތިބަހުން ބެވީމަ އަސަރެއް ނުކުރޭ! ހާލަތުގެ ވާހަކަ މަބުރޫކްމެން ދެއްކި. އެކަމަކު ދެއްކި ގޮތާ ސަރުކާރުގެ އިސްވެރިން ދިން މެސްޛުތަކާ ތައްޔާރުވެފަ އޮނާނާނެ ފެންވަރި ގަދަބަހުން ބުނަމުން ދިޔައިމާ ހާލަތު ސީރިއަސް ކަމަށް ވިސްނާނެ ތަނެއް ނެތް. 5 8 އަށް ބަނދުކުރި ވަގުތުތަކުގަ ނިކުތް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރީމާ ހާލަތު ސޯރޮއަސް ކަމެއް ދޭހައެއް ނުވޭ. ކުޑަކުއްޖަ ލައްވާ ޢާންމުން ސިފަކުރުވި ގޮތުން ޢާންމުން މައިތިރިކުރެވޭނީ މިއަދު ދިވެހިން މައިތިރި ކުރެވޭނީ އަމުރުކުރާމީހާ ވެސް ކިޔަމަންވެގެން. އަމުރުތައް ހަރުކަށިކޮށް ވަކިފެންވަރެއްގެ މީހަކު އިސްތިސްނާ ނުކޮށް އަމުރު ތަންފީޒުކޮށްގެން. ކުޑަކުދިން ލައްވާ ބޮޑެތިމީހުންނަށް ބަވަން އާ ފަލްސަފާއެއް ޢާންމު ނުކުރޭ!. އެދުމަކީ އެންމެން ވެސް މި ހާލަތުން ސަލާމަތްވުން

    41
    15
  4. Anonymous

    ހަގީގަތުގައި ވެސް އެ ދިނީ ވަރަށް އަސަރުން ފުރިގެންވާ ސްޕީޗެއް. ވަރަށް މުހިންމު މެސެޖެއް. އަހަރެންނަށް ވެސް ވަރަށް އަސަރުކޮށްފި. ދެން ބޭރަކަށް ދާކަށް ނުކެރޭނެ

    47
    5
  5. Anonymous

    އެހެން އެކަން އޮތީ!އެކަމަކު ކޮއްކޮއަށް އެނގޭތަ ސަރުކާރުން އިހުމާލުވީމަކަން މިހެންމިވީ! އިރާދައޭކިޔާނެ ބައެއްމީހުން!އެކަމަކު ދީނުގައޮންނަ ގޮތައްފިޔަވަޅުނާޅާ އެހެންމީހުންނަށް އިނގިލިދިއްކުރުން ވަރަށް ކަޑަކަމެއް!އިހުމާލުމީ ކޮއްކޮ ގެ ގައުމުގެ ވެރީން އިނގޭތޯ

    31
    7
    • ޏަމްޏަމް

      ލޮލް?

      6
      1
    • ޏަމްޏަމް

      ދެން ކުޑަކުދިން ސިޔާސީ މައިދާނަށް ނުގެނޭ ޕްލީޒް?

      12
      1
  6. އާރު

    ބޮޑު މީހަކު ލިޔެދީފައި، ވީޑިޔޯ އެޑިޓުކޮށްފައި ހުންނަ މި ކަހަލަ ވީޑިޔޯ ކަމަކު ނުދޭ. ތުއްތު ކުދީންގެ އަމިއްލަ އިބާރާތުން ހުންނަ ތުއްތު އިބާރާތްތަކާއި ތުއްތު ވީޑިޔޯގައި މާ އަސަރު ގަދަ. މިއީ އެ ދަރިވަރުގެ އަމިއްލަ މަސައްކަތަކާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ! އަޅުގަނޑުގެ ހީކުރުމަކީ ކުށަކަށް ވާނަމަ ވަރަށް މަޢާފު.

    24
    1
  7. Anonymous

    ???? ރީތި ޅެން ބައިތެއް

    10
    2
  8. ފެކްޓް

    މެސެް ލިބިއްޖެ! އެކަމަކު އެކުއްޖާގެ ވާހަކައިގަ ނެތެއްނޫންތޯ އެއްވެސް އަސރެއް، އަމިއްލަވަންތަ ކަމެއެއް! ބަހުސެއްތޯ ކުރައްވަން ދަސްކޮށްދެއްވީ!ވޮމިތޓިންގ ޑައިލޮގްސް! ނީޑް ޓުބީ މޯ ކްރިއޭޓިވް!

    17
    3
    • ޏަމްޏަމް

      ޙެހެހެހެހެ

  9. ހެޔޮގޮތް

    ސާރާ ނު ކިޔާ ހިތް ފަޅައިގެން ދާވަރުގެ އެއްޗެއް. އެ ކަމަ ކު ނޫސްވެރިންގެ ބައްދަލުވުން ތަ ކުގައި ޑޮ ކްޓަރުން ދެއް ކެވި ވާހަ ކަތަ ކުން މިހުންނަނީ ބިރުވެރި ކަމެއްގެ ތެ ރޭގައި މާތް ﷲ އަހަރުމެންނަށް ހެޔޮގޮތް މިންވަރު ކުރަށްވާށި. އާމީން.

    5
    2
  10. ދޮން ބަބުރު ސޮރު

    ކުޑަކުދީން މިކަމުގެ ތެއަށް ވެއްދުން ރަގަޅު ކަމެއްތަ؟؟؟؟

    7
    5
  11. ޏަމްޏަމް

    ވަގުތުން އެނގިއްޖެ. މީ ބޮޑު މީހެއްގެ އެހީ?

    9
    1
  12. ...

    ކުޑަ މީހާ އަނގަ ގަދަ ނުކުރޭ. އަހަރެންނަށް އިނގޭ ހާލަތު?

    8
    3
  13. ޢަބު

    ތީ އަންވަރު މަޝްހޫރުވާަން ކޮށްފައިވާ ކަމެއް.

  14. ފޭރު

    ބޮޑު މީހަކު އެހީ ވިޔަސް ކީއް
    ބަލަ އެކުއްޖާ ުއުޅުނީ ކަލެމެނަށް ވިސްނަދޭށޭ
    މި ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް
    ??

    10
  15. ދީނާ

    ހަގީގަތުގައި ވެސް މިއީ ވަރަށް ފުރިހަމަ ވީޑިއޯއެއް. ދަރިވަރުގެ ހުށަހެޅުން ހަމަ 100. މިފަދަ ކޮންމެ ކަމެއް ސިޔާސީ ނުކުރޭ. މި ފަދަ ކަންކަމަށް ހިތްވަރުދީ

    • ޏަމްޏަމް

      ދޯ.

  16. Anonymous

    އަމިއްލަ މަސައްކަތަކީ އެ ދަރިވަރުގެ ހުނަރު. އޭނާގެ ކެރުމާއި ހުށަހެޅުންތެރިކަން. ހަގީގަތުގައިވެސް މިއީ ހުނަރުވެރިކަމަކީ. ދަރިވަރުގެ މަޢުލޫމާތަކީ މުޅިން އެހެންކަމެއް. މިފަދަ ކޮންމެ މަސައްކަތަކަށް ސާބަސްދެން. ސާރާއަށް ސާބަސް. ސްޕީޗް ލިޔެދީފައި ކުދީންނަށް ދެވިދާނެ. ނަމަވެސް އޭތި ހުށަހަޅާކަށް ނޭނގޭ. ޑެލިވަރކުރާކަށް ނޭނގެ. ސާރާގެ މޮޅުކަމަކީ އެކަން ފިސާރި މޮޅަށް ކުރުން. ހަމަ ސެލިއުޓްކުރަން.

  17. ނަރީމާ އަހުމަދު

    ދަރިވަރުގެ މޮޅުކަމަކީ ކޮބައިހޭ ސުވާލު ކުރީމާ ހިތަށް އަރާ އެ މޮޅުކަން ނުފެންނަނީބައޭ. އެ ކުއްޖާގެ ކެރުން، ހުށަހެޅުންތެރިކަން، ޑެލިވަރީކޮށްދިން ގޮތް. ހަރަކާތްތައް. މިއީ ހަގީގީ ހުނަރަކީ. ސްޕީޗެއް ކިޔުމާއި ވާހަކަދެއްކުންތެރިކަމަކީ ތަފާތު ދެކަމެއް. މިކުއްޖާއެދެއްކީހަގީގީ ހުނަރު. ބައެއް މީހުންނަށް އެކަން ނޭނގޭތީ ހަމަ އައިޖުހީވޭ

  18. ތަހުމީނާ

    މިކަހަލަ ކަންކަން ސިޔާސީ ނުކޮށް ދެން ވެސް އެ ކުއްޖާގެ އެ ގޮވާލުމަށް އިޖާބަދީ!
    މިއީ ހަގަތުގައި ވެސް ވަވަރަށް މޮޅު ސްޕީޗެއް. ވަރަށް އަސަރުކޮށްފި

    3
    1