ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ބުނެފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައިވާ އިރު، މިހާތަނަށް އެ ބަލި 52 މީހެއްގެ ގައިން ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ 33 ބިދޭސީއަކާއި 20 ދިވެއްސެކެވެ. އޭގެތެރެއިން 16 މީހަކަށް ވަނީ ޝިފާ ލިބިފައެވެ. މިވަގުތު 36 މީހުންނަށް ފަރުވާދެމުންދާ އިރު، އެމީހުުންގެ ހާލު ރަނގަޅެވެ.

ރާއްޖެ އަށް ކޮވިޑް-19 ގެ ބިރުވެރިކަން އުފެދިފައި އޮތް ދަނޑިވަޅުގައި އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނެވެ. އެމީހުން މަސައްކަތް ކުރަމުން ދަނީ ބަލި ޖެހުނު މީހުންގެ ފުރާނަ ސަލާމަތްކޮށް ދިނުމުގައެވެ.

އެމްއެޗްޕީޔޫ އިން ކުރި ޓުވީޓެއްގައި ބުނީ ގޭގޭގެ އިމާރާތްތަކުގެ ވެރި ފަރާތުންނާއި މުޖުތަމައުގެ ތެރެއިން ވެސް ސިއްހީ ޚިދުމަތްތެރިންނަށް ފުރުސަތު ކުރަމުންދާ ކަމަށެވެ. މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެ މީހުން އެ ތަކެއް ގުރުބާނީތަކެއް ވަމުން އަންނައިރު އެ ފުރައްސާރަ ކުރުންތައް ބަލައިނުގަނެވޭނެ ކަމަށް އެ ޓުވީޓުގައިވެއެވެ. އެހެންވެ، ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ވެސް އެމްއެޗްޕީޔޫ އިން ވަނީ ބުނެފައެވެ.

އެމްއެޗްޕީޔޫ އިން ފަހުން ކުރި ޓުވީޓެއްގައި ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގެއިން ނުކުންނަން ވެސް އަންގަމުންދާ ކަމަށެވެ. އަދި އެންމެ ރަނގަޅީ ވަޒީފާ އަށް ނުދިއުން ކަމަށާއި ވަޒީފާ އަށް ނުދާން ވެސް ބައެއް މީހުން އަންގާ ކަމަށް ކަންބޮޑުވުމާ އެކި އެ ޓުވީޓުގައި ފާހަގަކުރިއެވެ.

މި ކަންކަމުން އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޓަވަރު

  މިއީ ވަރަށް ދަށު ދަރަގައިގެ އަމަލެއް ...ބަލައެއް ނުގަނެވޭނެ....

  15
 2. އާދަމުގެދަރި

  މިރާއްޖޭގައި ގިނައިން ތިބޭނީ މިނިވަންކަން އިންތިހާއަށް ގޮސްފައިވާ ޅޮހުންނާއި އަނގަގަދަމިތުރުން. އެމީހުންގެ ކަމަކަށް އޮންނާނީ ހިތްމަތްތެރި މަސައްކަތްތެރި ހީވާގީ މީހަކު ހުރިއްޔާ އެމީހަކަށް ފުރައްސާރަކުރުމާއި ނެތިނުބައި ކިޔުމާއި އެމީހެއްގެ ފަތިފުށް ހާވައިގެން ކިރިޔާވެސް ކަމެއް އޮތިއްޔާ، އޮތްވަރަށްވުރެ އެތައް ގުނައެއް ބޮޑުކޮށްގެން އެމީހެއްގެ އަގު ވައްޓާލައި މުޖުތަމައުގައި ގަދަރެއް އަބުރެއް އިއްޒަތެއް ނެތް މީހަކަށް ހެދުން.

  14
 3. ހުސޭނުބޭ

  އެންމެ ބޭނުންތެރި މަސައްކަތެއް ކޮށްދޭމީހަކަށް ދިވެހިން ކުރާނީ ފުރައްސާރަ! ދިވެހިންގެ އާދަ! ދެރަކަމެއް!

  15
 4. ރަޔާން

  ހިދުމަތްތެރިންގެ އަގުވަޒަން ނުކުރޭ ބައެއް ދިވެހިން.... ގެއިން ނެރެލަން އުޅޭއިރު ބަލިވީމަވެސް އެހީވާނީ ހަމަ ބޭފުޅުން.... ވިސްނަވާ...

 5. ކާފަރ

  ކިތަންމެ އެއްޗެއް ކިޔަސް އޯކޭ. އަޑު އަހާނެ ހިތްވަރު އެބަހުރި. ހިތަކުވެސް ނުޖެހޭނެ. ލޭ ނަގާލަން ނޫނީ އިންޖެކްޝަނެއް ޖަހާލަން ޖެހޭ ދުވަހު ކޮއްޕާލާނީ އެންމެ ފަލަ ކަށި. އެހާ ހިތްވަރުގަ މިތިބީ. ދެރަވަނީ އެންމެ ކަމަކާ. އެއީ އަހަރުމެން ފްރަސްޓްރޭޓްވެގެން ވަޒީފާ ދޫކޮއްލާފަ ގެއަށް ހިންގައްޖެއްޔާ ނޫނީ ފާހަގަ ކުރާ މީހުންނަށް ފަރުވާ ދޭން އުޒރުވެރިވެއްޖެއްޔާ """""ދެން ކާކުބާއޭ އެހީއެއް ފޯރުކޮށްލަދޭނީ ، ކާކަށް ބާއޭ އެހީތެރިކަމެއް ވެދެވޭނީ، ތަމްރީންވެފަހުރި ސިއްޙީ އެހީތެރިއަކު ނެތްނަމަ މިފަދަ ނުރައްކާތެރިކަން ބޮޑު ބައްޔަކަށް ސިއްހީ ފަރުވާއެއް މަންމަ ނޫނީ ބައްޕައަށް ދެވޭނެބާއޭ. ނޫނީ އަނބިމީހާ އަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިންނަށް އެކަން ކޮށްދެވިދާނެބާއޭ. ނޫނީ ރައްޓެހިންނާ ހެޔޮ އެދޭ ފަރާތްތަކަށް މިކަން ވާނެބާއޭ. އެހެންނޫނީ ފޮލޯވަރުންނާ ލައިކް ޖަހާ މީހުންނާއި ޝެއަރކުރާ މީހުން އައިސް ފަރުވާދޭނެބާއޭ؟"""""""" މިހެން ހިތަށްއަރާތީ

 6. ހިތާމަ

  މިއަދު އެމީސްމީހުނައް ހިއްވަރު ދެންވީ ވަގުތު. ދެރަކަމެއްމިއި..ﷲ އެއެއްމެނައް ހެޔޮ ވިސްނުން ދެއްވާށި. ސިއްހީދާއިރާގަ މަސައްކައް ކުރާ އެއްމެނާއި އެމީހުންގެ އާއިލާ ތަކައް ކެއްތެރިކަން ދެއްވާށި. އާމީން.

 7. ނާބެ މުހަންމަދު

  ހިތާމައިގެ ކޮޅެއްނެތެވެ ދިވެހިން ގެތެރެއަށް މިޑިމޮކުރަސީއެއް ގެނައިފަހު އެކަކުއަނެކަކަށް އިހުތިރާމް ކުރުމާއި އަދަބު އަޚުލާގު ވަނީ ވަރަށް ދަށުދަރަޖައެއްގައެވެ ވިސްނަވާ ބައްލަވާށެވެ އަނބިދަރިން ދޫކޮށް ނަފުަުސު ގުރުބާން އެކުރަނީ ހަމަ އިންސާނިއްޔަތައްޓަކައެވެ އެއީ އަގުހުރި ޚިދުމަތްތެރިންނެވެ މާތްالله އަށް ޓަކައި ސިއްޚީ ހުރިހާޚިދުމަތްތެރިން އެވެލައްވާ ގުރުބާނީ މިއަދު އަހަރުމެ އަގުވަޒަން ނުކޮއްފިނަމަ މާދަމާ ކުރްންޖެހޭ ހިތާމަ މާބޮޑުވާނެެެވެ އާދޭސް ކޮއްފަބުނަމެވެ އެބޭފުޅުންނަށް ކުޑަވެސް ބަދުބަހެއްނުބުނާށެވެ އެމީހުންނަށް ހެޔޮދުޢާކޮޢްދޭށެވެ. މާތް الله ސިއްޚީ ހުރިހާ ޚިދުމަތް ތެރިންނަށް ކެއްތެރިކަންދެއްވައި ހެޔޮ ރަހުމަތް ލައްވަވާށި އާމީން.