މުޅި ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ގޮސްދާނެ ކަމުގެ ބިރުވެރިކަމުގައި އެތައް ބަޔަކު ތިއްބައި ވިލާ ކޮލެޖުން އިމްތިހާނު ބޭއްވުމަށް ނިންމާފައިވާތީ ގިނަ ދަރިވަރުންތަކެއް ނުރުހުން ފާޅުކޮށްފިއެވެ.

އެ ކޮލެޖުގައި ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ނަން ހާމަ ނުކުރުމަށް އެދޭ ދަރިވަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މީގެ ކުރިން ނަގަމުން އައި ގޮތާއި ހިލާފަށް އޮންލައިންކޮށް ކްލާސްތައް ނަގައިދޭން ފެށުމުން ކިޔެވުމަށް އަދި، ކްލާހުގައި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ދެނެގަތުމަށް، ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށާއި، އެހެން ކަމުން ގިނަ ކުދިންތަކެއް އެއްބަސްވެގެން ކޮލެޖުގެ މެނޭޖްމެންޓަށް އީމެއިލްގެ ޒަރިއްޔާއިން އެކަން އަންގާފައި ވާނޭ ކަމަށެވެ.

ނަމަވެސް އެ ކޮލެޖުގެ އިސްވެރިން ވަނީ އިމްތިހާނު ބާއްވާ ތާރީހު ބަދަލު ނުކުރެވޭނެ ކަމަށް ދަރިވަރުންނަށް އަންގާފައި ކަމަށާއި، މިފަދަ އިމްތިހާނެއް ކުއްލިއަކަށް ބާއްވައިފި ނަމަ ދަރިވަރުންގެ ނަތީޖާ ދަށްވުމަށް ބޮޑު ފުރުސަތެއް އޮތް ކަމަށް އޭނާ ބުންޏެވެ.

"ކްލާހުގައި ކިޔަވައިދޭ އެއްޗެއް ދެނެގަންނަން އަހަރުމެންނަށް އަސްލު ވަރަށް އުނދަގޫ. އަހަރުމެންގެ ކްލާސްތައް މިއޮއްހާ ދުވަހު ކިޔައިދެނީ ވަޓްސްއެޕް މެދުވެރިކޮށް. އަދި އެންމެ ކްލާހެއް ނަގައިދިނީ ވީޑިއޯ ޗެޓް އިން." އޭނާ ބުންޏެވެ.

އިތުރު ދަރިވަރަކު ބުނީ ޓެސްޓަށް ތައްޔާރުވުމަށް ދެ ހަފްތާއަށްވުރެ ކުޑަތަން ވެފައި ވާއިރު، މި ދުވަސްކޮޅުގެ ގޮތުން، ބައެއް ދަރިވަރުންނަށް ހުރިހާ ކްލާހަަށް ހާޒިރުވުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. އެއީ ފުލުހުންނާއި ސިފައިން އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރި ވަމުން އަންނަ ބައެއް ފަރާތްތަކުންވެސް ކިޔަވަމުންދާތީ ކަމަށާއި، މި ދުވަސްކޮޅު އމްތިހާނު ނަގައިފި ނަމަ އެމީހުންނަށްވެސް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ސިލަބަސްވެސް އަދި ރަނގަޅަށް ކާވާނުވޭ. ދެން ސިލަބަސް ކަވާކުރާށޭ ކިޔާފަ އަވަސް އަރުވާލައިގެން ލެކްޗާތައް ނަގައިދިނީމަ، މިއޮއް ހާލަުގެ ކިހާ އުނދަގޫ ވާނެ. އަސްލު އަހަރުމެން ގަބޫލުކުރާ ގޮތުގައި އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރެވޭނީ މި ދަނޑިވަޅުގައި އަހަރުމެންގެ ކޮންސާންތައްވެސް ކޮލެޖުން އަޑު އަހައިގެން" އޭނާ ބުންޏެވެ.

ހުރިހާ ފެކަލްޓީއެއްގެ ދަރިވަރުން ވެސް މިކަމާއި ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. "ވަގުތު" އިން ވާނީ ވިލާ ކޮލެޖުގައ ތިބި އެހެން ބައެއް ކުދިންގެ ހިޔާލު މިކަމާއި ގުޅޭ ގޮތުން ހުރި ގޮތް އޮޅުން ފިލުވާފައެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް މިކަން މާބޮޑު މައްސަލައަކަށް ނުވި ނަމަވެސް ގިނަ ކުދިން ތިބީ އިމްތިހާނު މި ދަނޑިވަޅުގައި ބޭއްވުން ފަސްކުރަން ޖެހޭ ކަމަށް ނިންމައިގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އިމްތިހާން މިހާރު ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޑރ. ނަޖީބް ވަނީ އެކޮލެޖުގެ ބެޗްލާސް ޑިގްރީ އަށް ކިޔަވަމުން ގެންދާ ކުދިންގެ ޕްރެކްޓިކަލް ހިމެނޭ މޫޑުލްތައް ފިޔަވާ އެހެން ހުރިހާ ކޮންޓެންޓެއް ކަވާވެފައިވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޕްރެކްޓިކަލް ހިމެނޭ މޮޑިއުލްއަކަށް ވެއްޖެ ކަމުގައި ވާނަމަ އެ މޮޑިއުލެއް ނެގޭނެ ހާލަތަށް ބަދަލުވަންދެއް ފަސްކުރާނެ ކަމަށް ޑޮކްޓަރ ނަޖީބް ވަނީ ވިދާޅުވެފައެވެ.

ވިލާ ކޮލެޖުގައި ގިނައިން ކިޔަވައިދެމުން ގެންދަނީ، ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑް (ޔޫޑަބްލިއުއީ)ގެ ޕްރޮގްރާމަތައް ކަން ފާހަގަ ކުރައްވައި ޑރ. ނަޖީބް ވިދާޅުވީ، އެ ޕްރޮގްރާމްތަކުގެ އެސެސްމެންޓު ޕީރިއަޑާއި ދާދި އެއްގޮތަށް ވިލާ ކޮލެޖުގެ ހުރިހާ ޕްރޮގްރާމްތަކަކާއި އެސައިމެންޓުތައްވެސް ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޖީބް ވިދާޅުވީ މިހާރު ކިޔަވައިދެމުން އަންނަނީ ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށާއި، އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ވީޑިއޯ މެދުވެރިކޮށް ލެސަންތައް ދަރިވަރުންނަށް ނަގައިދެމުން ދާކަމަށެވެ. އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔައިދެމުން ދިއުމަކީ އޮންލައިންކޮށް ކިޔަވައިދިނުން ނޫން ކަމަށާއި، އެއީ އަބަދުވެސް ދަރިވަރުން ކުލާހުގެ ބޭރުން އެއްޗެހި އޮޅުން އަރައިފި ނަމަ، އެ އެއްޗެއް އޮޅުން ފިލުވައިދިނުމަށް ބޭނުންކުރާ ޕްލެޓްފޯމްތައް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަމުގެ އިތުރުން ހާއްސަ ހާލަތެއް ދިމާވެފައިވާ ދަރިވަރެއް ކަމުގައިވާނަމަ އެކަމެއް ކޮލެޖަށް އެންގުމުން އެސެސްމެންޓުތަކުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅަނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަން ވާނީ ދަރިވަރުންނަށް އަންގާފައި ކަމަށް ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ވަނީ އިމްތިހާނު ދެވޭ މޮޑިއުލްތަކާއި އެސައިމެންޓުތަކުގެ މައުލޫމާތު މީގެ ކުރިން ދަރިވަރުންނާއި ހިއްސާކޮށްފައި ކަމަށާއި، މި ދުވަސްވަރު ހުރިހާ އިމްތިހާނެއް ނެގުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް ޑރ. ނަޖީބް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ގައުމު މިހާލަތުގައި އޮއްވައި ވިލާކޮލެޖުން ތިކަން ކޮށްފިނަމަ ފިޔަވަޅު އަޅަންޖެހޭ

  32
  6
  • ޙައްޖަ

   ޢަޅުގަޑު މީ ދަރިވަރެއް..ބައެއް މާއްދާގަ ކޮވިޑްގެ ކުރިން ދީފައިވާ އެސައިންމަންޓުން ބޮޑުބައި ޓެސްޓު ކޮށްފައިވާތީ އިތުރު އިމްތިހާނެއް ހަދާކަށް ނުޖެހޭ..3 މާއްދާގަ އިތުރު އެސައިންމަންޓެއް ހަދަން ޖެހޭ އެކަމަކު ވަގުތު އެބައޮތް ހަމަޖެހިގެން ސަބްމިޓުކުރަން.. 1 މާއްދާގަ އެކަނި އެގްޒޭމް ހަދަން ޖެހެނީ .. އެއީ ކުރިން ހެދި އެސައިންމަންޓު އަކީ 10 ޕަސަންޓު ކަމަށްވާތީ.. އެގްޒޭމް އޭ ކިޔަސް އެއީ ޓޭކްހޯމް އެގްޒޭމް، 24 ގަޑިއިރު ތެރޭ ގޭގަ ހަދާފަ އޮންލައިންކޮށް ސަބްމިޓު ކުރަންޖެހޭ..ކޮލެޖަށް ދާކަށް ނުޖެހޭ.. މީ ޔޫކޭ ޔުނިވާސިޓީގެ އިރުޝާދާ އެއްގޮތަށް ކޮލެޖުން ނިންމިގޮތް.. ކޮންމެސް އެއްޗެއްދަސް ވާން ޖެހޭނެ އެއްނު ކިޔަވާނިމޭއިރު.. މީގެން އިގެނީ ކޮލެޖު ކޮލިޓީ ހިފަހައްޓާކަން ޔޫކޭ ޔުނިވާސިޓީގެ ބްލެކްބޯޑުގައި ހުރި އެއްޗާ ދިމާވޭ ކޮލެޖުން ކިޔާ އެއްޗާ..އަޅުގަނޑު އަށް ހަމަ ރަގަޅު މިދަނޑިވަޅު ކޮލެޖުން ކަންކުރާގޮތް..ލެކްޗަރަސް ވެސް ވަރަށް ރަގަޅު..މޫޑުލް ގެ އިތުރުން އެހެން ގޮތްގޮތަށްވެސް އޮޅުންފިލުވާދޭ.. ވަރަށް މަދު މާއްދާއެއްގަ އެގްޒާމް މިއޮތީ . ޢެވެސް އެސައިންމަންޓެއްގޮތަށް ގޭގަ ހަދާފަ ސަބްމިޓު ކުރަން..އެސައިންމަންޓުވެސް އެކްސްޓެންޝަން ދީފަ..ކުދިންނަށް މިހާރު ދިމާވެފައިވާ ސްޓްރެސް އާހެދީ އެކަމަށްޓަކައި ލުއިތައްވެސް ދީފަ...އަދި މީގެ އިތުރުން ކަމެއް ބޭނުމިއްޔާ އެކުއްޖެއްގެ ހާލަތް ރިޔާއަތްކޮށް ފޯމު ހުށައަޅައިގެން އިތުރު ލުއިތަކާ ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް.. އަޅުގަނޑު އޮފީހުން ސްޓަޑީ ލީވް ހަމަވާނެ މިސެމް ނިމުނީމަ..މީ އެންމެ ފަހު ސެމް..އެހެންވެ ބޭނުންވަނީ ކޯސް ނިންމަން ހިތްވަރުކޮށްފަ ކޮލެޖުން ދީފައިވާ ލުއިތަކާ އެކު..ފަހުން އަދި މާގޯސްވެދާނެތީ މިހާރު ނިންމުން ރަގަޅީ..އަޅުގަނޑުގެ ގިނަ ކްލާސް ކުދިންވެސް ތިބީ މިގޮތަށް

   19
   1
 2. ަަރެރެ

  ގައުމު މިހާލަތުގައި އޮއްވައި ވިލާކޮލެޖުން ތިކަން ކޮށްފިނަމަ ފިޔަވަޅު އަޅަންޖެހޭ

  22
  8
 3. މާހިރު

  ވިލާ ކޮލެޖުގެ ނިންމުން ރަގަޅު. ކަމަކާ ދިމާވާއިރަށް ކިޔެވުން އެއްކޮށް ހުއްޓާލީމާ ކޮލެޖް ޔުނިވާސިޓީ ތަކުގެ ކިޔެވުމުގެ ޕްލޭންތަކަށް އަސަރު ކުރާނެ.

  17
  27
 4. އަޙުމަދު

  އަޅުގަނޑަކީ ވިލާ ކޮލެޖުގަ ބެޗްލާރސް ކިޔަވާ ދަރިވަރެެއް. އެކަމަކު ތި ލިޔެފަ އޮތް ޚަބަރަކީ ރަނގަޅު ޚަބަރެއްނޫން. އަޅުގަނޑުމެންވެސް ކިޔަވަނީ އިންލައިންކޮށް. ހުިރހާ ބައެއް ކަވަރުކޮށް މިހާރު އެގްޒާމްފަށައިފި. ވިލާ ކޮޅެޖުގެ ލެކްޗަރާއިންނަކީ ވަރަށް ގާތުން ދަރިވަރުންގެ ކަންތައްތައް ބަލާ ބައެއް. ވަރަށް ދެރަވެއްޖެ މިފަދަ ޚަބަރެެއް މިހެން އޮތީމަ.

  13
  2
 5. ޙައްޖަ

  ޢަޅުގަޑު މީ ދަރިވަރެއް..ބައެއް މާއްދާގަ ކޮވިޑްގެ ކުރިން ދީފައިވާ އެސައިންމަންޓުން ބޮޑުބައި ޓެސްޓު ކޮށްފައިވާތީ އިތުރު އިމްތިހާނެއް ހަދާކަށް ނުޖެހޭ..3 މާއްދާގަ އިތުރު އެސައިންމަންޓެއް ހަދަން ޖެހޭ އެކަމަކު ވަގުތު އެބައޮތް ހަމަޖެހިގެން ސަބްމިޓުކުރަން.. 1 މާއްދާގަ އެކަނި އެގްޒޭމް ހަދަން ޖެހެނީ .. އެއީ ކުރިން ހެދި އެސައިންމަންޓު އަކީ 10 ޕަސަންޓު ކަމަށްވާތީ.. އެގްޒޭމް އޭ ކިޔަސް އެއީ ޓޭކްހޯމް އެގްޒޭމް، 24 ގަޑިއިރު ތެރޭ ގޭގަ ހަދާފަ އޮންލައިންކޮށް ސަބްމިޓު ކުރަންޖެހޭ..ކޮލެޖަށް ދާކަށް ނުޖެހޭ.. މީ ޔޫކޭ ޔުނިވާސިޓީގެ އިރުޝާދާ އެއްގޮތަށް ކޮލެޖުން ނިންމިގޮތް.. ކޮންމެސް އެއްޗެއްދަސް ވާން ޖެހޭނެ އެއްނު ކިޔަވާނިމޭއިރު.. މީގެން އިގެނީ ކޮލެޖު ކޮލިޓީ ހިފަހައްޓާކަން ޔޫކޭ ޔުނިވާސިޓީގެ ބްލެކްބޯޑުގައި ހުރި އެއްޗާ ދިމާވޭ ކޮލެޖުން ކިޔާ އެއްޗާ..އަޅުގަނޑު އަށް ހަމަ ރަގަޅު މިދަނޑިވަޅު ކޮލެޖުން ކަންކުރާގޮތް..ލެކްޗަރަސް ވެސް ވަރަށް ރަގަޅު..މޫޑުލް ގެ އިތުރުން އެހެން ގޮތްގޮތަށްވެސް އޮޅުންފިލުވާދޭ.. ވަރަށް މަދު މާއްދާއެއްގަ އެގްޒާމް މިއޮތީ . ޢެވެސް އެސައިންމަންޓެއްގޮތަށް ގޭގަ ހަދާފަ ސަބްމިޓު ކުރަން..އެސައިންމަންޓުވެސް އެކްސްޓެންޝަން ދީފަ..ކުދިންނަށް މިހާރު ދިމާވެފައިވާ ސްޓްރެސް އާހެދީ އެކަމަށްޓަކައި ލުއިތައްވެސް ދީފަ...އަދި މީގެ އިތުރުން ކަމެއް ބޭނުމިއްޔާ އެކުއްޖެއްގެ ހާލަތް ރިޔާއަތްކޮށް ފޯމު ހުށައަޅައިގެން އިތުރު ލުއިތަކާ ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް.. އަޅުގަނޑު އޮފީހުން ސްޓަޑީ ލީވް ހަމަވާނެ މިސެމް ނިމުނީމަ..މީ އެންމެ ފަހު ސެމް..އެހެންވެ ބޭނުންވަނީ ކޯސް ނިންމަން ހިތްވަރުކޮށްފަ ކޮލެޖުން ދީފައިވާ ލުއިތަކާ އެކު..ފަހުން އަދި މާގޯސްވެދާނެތީ މިހާރު ނިންމުން ރަގަޅީ..އަޅުގަނޑުގެ ގިނަ ކްލާސް ކުދިންވެސް ތިބީ މިގޮތަށް

  8
  2
 6. އައިމީ

  ބަޔަކު ގަސްތުގަ ހިތްހަމަ ނުޖެހިގެން ދައްކާ ވާހަކައެއްމީ. އޮންލައިންކޮށް ވިލާ ކޮލެޖުން ކިޔަވާ މީހެއް އަޅުގަނޑުވެސް މީ.ކޮވިޑް 19 ގެ ކަންތައް އަންނަންވީއިރު ސިލަބަސް އޮތީ އެއްކޮންހެން ނިމިފަ. ނުނެގި އިން 1 ކުލާސް ނެގީ ޗެޓް ސެޝަންއަކުން. ދެން މީޓިންތައް ބަރާބަރަށް ބާއްވާ. ކޮންމެ ލެކްޗަރާއަކާއި ވަކިން ގޫގޫލްމީޓްއިން ކޮންފަރެންސްކޯލް ކުރި.. ކުދިންގެ ހިތްތަކުގަ ނުތަނަވަސްކަން ބާއްވަން މިހެން މިކަންތައްކުރަނީ ބައެއް ދަރިވަރުން.

  11
  2
 7. އެކުދިން

  އޮންލައިންކޮށް ކިޔެވުމަށާއި ޓެސްޓްހެދުމައްތައްޔާރުވަންޖެހޭ އާނޯމަލްގައި އުޅެންދަސްކުރޭ

  9
  2
 8. މާސޭ

  މީވިލާކިޔާފިއްޔާވާގޮތެއްބާ

  2
  2
 9. ޝުކުރުކުރަން ދަންނަ ކުއްޖާ

  ދިވެހިންނަކީ ދިވެހިން، ރަގަނޅު އެއްގޮތެއްވެސް ނޯންނާނެ މިވެރިންނަށް. އަޅުގަނޑަކީ ވެސް ވިލާ ކޮލެޖްގަ ކިޔަވާ ދަރިވަރެއް ކޮންމެ ސަބްޖެކްޓެއް ބައިހާޓްކޮށްގެން ގޮސް އެގްޒާމް ހެދުމެއްނުން މުހިންމީ، މިފަދަ ދަޑިވަޅެއްގަ ކުދިންގެ ކިޔެވުމަށް ވިލާކޮލެޖްއިން މިނިއްމީ ވަރަށް ވެސް ފުރިހަމަ ނިންމުނެއް.
  ޝުކުރިއްޔާ ވިލާކޮލެޖް❤️

  2
  1
 10. ާއަހަންނަކީވެސް ވިލާ ކޮލެޖް ދަރިވަރެއް

  މިލިޔުމުގައި އެދަރިވަރު ދީފައިވާ މައުލޫމާތަކީ ހަަމަ ވ ރަނގަޅު މަޢުލޫމާތު. ހުރިހާ ކޯހަކީ އެއްގޮތަކަށް ހިންގޭނެ ކޯސްތަކެއްނޫން. ހަމަގައިމުވެސް އަޅުގަނޑު ކިޔަވާ ކޯހުގަ ސިލަބަސް ކަވަރ ނުވޭއަދި. އެއްމެދުވަހަކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްލާސްބޭއްވި. އެހެންނޫނީ ދެން ހުރިހާ ދުވަހެއްގައި ވަޓްސް އެޕްއިން އަގތެޅުން އޮންނީ. އެކައްޗެއްވެސް ދޭހަނުވޭ. ޥިލާ ކޮލެޖް އިން މިފަދަ ބޮޑު ކަމެއް ދުނިޔެ އަށް ދިމާވެގެން އުޅޭއިރު ވިލާ ކޮލެޖް އަށް ނުކެރުނު ޕޭމެްޓް ދެއްކުނ 15 ހަމައަށްވެސް ޑިލޭ ކޮށްލން. ޢަލހުގަނޑުމެންގެ މުސާރަ ކުޑަކޮށްފާއި މިވާދަނޑިވަޅުގައި ގޭގެ ކުލިދައްކަންވެސް ނުކުޅެދިފައިމިތިބީ.

  2
  1
 11. ޤާސިމް އިބްރާހީމް

  އަޅުގަނޑަކީވެސް ވިލާ ކޮލެޖް ދަރިވަރެއް... ސިލަބަސް ކަވަރ ނުކުރެ.. އޮންލައިންކޮށް ވީ ކަމެއ ނެތް. މޫޑަލް ޑައުން ވަނީ... ހާޒިރީ މާކް ކުރީ.. ފައިސާ ލިބޭތޯ ވިލާއިން އުޅެނި