މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ އާއި ހަވާއީ އާއި ސީޝެލްސް ފަދަ ގައުމުތަކުން މީހުން ހުސްވެ މިގައުމުތައް ފަޅު ތަންތަނަށް ވެގެން ހިނގައިދާނެ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޔުނިވަސިޓީ އޮފް ހަވާއީގެ ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ނެތިގެން ދިއުމަށް އޮތް އެންމެ ބޮޑު ބިރަކީ ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. މީގެ އިތުން ސާފު ފެން ލިބުމަށް ކުރިއަށް އޮތްތަނުގައި ގިނަ ދަތިތައް ދިމާވާނެ ކަމަށް ވެސް މިދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި ބުނެފައި ވަނީ އަތޮޅުތަކުގެ ބިމުން ސާފު ފެން ހޯދުމަކީ 21 ވަނަ ގަރުނުގެ މެދާއި ހަމައަށް ދާއިރު އެއްވެސް ވަރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ޖަޒީރާ ރަށްތަކުގައި މީހުން ދިރިއުޅެން އުނދަގޫވެ އެމީހުން ހިޖުރަކުރުމުގެ ކަންކަން 2030 ވަނަ އަހަރުން ފެށިގެން ކުރިއަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އެއީ މިގައުމުތައް ފަޅުވާން ފެށުން ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމާއި ބެހޭ ގޮތުން ކުރި ބައެއް ދިރާސާތަކުގައި ޖަޒީރާ ގައުމުތައް ކަނޑުގެ އަޑިއަށް ހިނގައިދާނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މިފަދަ ބައެއް ދިރާސާތައް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތުން ގައުމުތަކުގެ ބިންގަނޑު ވެސް ކޮންމެވެސް ވަރަކަށް އުފުލެއެވެ. އެހެންކަމުން މިއީ ސައިންސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހައްހާ

    ހުސްހޮޅިވާހަކަ މާތްﷲ މިދުނިޔެއާއި މިކާއިނާތުގަ ލެއްވިހާ ނިޒާމެއް އުފެދުނުގޮތް ނޮހޯދޭއިރު ، ތަންތަން އަޑިއަށް ދާނެކަމަށް ބުނުމަކީ މޮޔަކަމެއް... ނިލަކޯރު ނުވަތަ އެމޭޒަންކޯރު އުފިލިގެން ކޯދުލާފަ އަރާނެވަގުތެއް ސައިންސުވެރިން ހާމަކުރަންވީނުންތޯ...

  2. މުސްތާގް

    ދެންރާއްޖެ ވާނީ ސުޕަރ ރިޗްމީހުންގެ ޕްލޭގްރައުންޑް އަކައް..... މޮޔައެއް ނުހެއްދޭނެ ދިވެހިންނެއް

  3. ތަކުރުބޭ

    ލޮލް... އެހެން ބުނި 2020 ގަޔޭ ވެސް. 2012 ގަ ވެސް...

    1
    1
  4. ޅާހޫޜޭ

    ސައިންސް ވެރިން އަތްގުޅި ނުކާވަރުގެ ވާހަކަ ނުދައްކަބަލަ މިކައުނުގެ ވެރިފަރާތް ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވޭ

  5. ހުސޭނުބޭ

    ހަނދާނެއް ނުނެތޭ! ހަތްއުޑުމަތިން އޯގާވެރި ކަލަކު ވޮޑިގެންވޭ! ދިރާސާ ކޮށްކޮށް ތިބޭ!

  6. Anonymous

    ސައިންސުވެރިން ދުނިޔެއިން ނެތިހިގާދާނެ ފަހުގެ ދިރާސާ ބުނޭ

    1
    1
  7. ޖޯ

    ސައިންސުވެރިން ދުނިޔެއިން ނެތިހިގާދާނެ ފަހުގެ ދިރާސާ ބުނޭ

  8. ވަކަރުބޭ

    2000ވަނަ އަހަރު ރާއްޖެ އެއްކޮށް އަޑިޔަށް ދާނެވާހަކަ ތިޔަ ސައިންވެރިންދިން 1990ގަ.މިހާރު މީ 2018 ކީއްވެ ރާއްޖެއާއި އަޅައިގަނެގެން މިއުޅެނީ އެމެރިކާއިންވެސް މީހުންހުސްވެދާނެ. މިހެން މިގައު އޮއްވައި ސައިންސްވެރިން އުފަންވީވެސް.

  9. ރިހާކުރާބެހޭ ސައިންސްވެރިޔާ!

    ދުނިޔެ ޤިޔާމަތް ވާނީ، ޢަރަބި ޖަޒީރާތަކާއި އެ ޖަޒީރާ ތަކާއި ބިމުގެ ގޮތުން ގުޅިފައިވާ ބިންތައް ފިޔަވައި އެހެން ހުރިހައި ބިމެއް ނެތި ދިއުމަށް ފަހުގައި ކަމަށްވޭ! އެއީ ތެދަކަށްވާނަމަ ދިވެހިރާއްޖެ، ކީއްކުރަން އެމެރިކާވެސް ނޯންނާނެ! ޔޫރަޕު އެއްކޮށް ނެތިދާނެއެވެ. ވަﷲ އަޢުލަމް!!!

  10. މޯޑް

    މިހާރު ތިބި ކޮއްމެ ރައްޔިތަކަށް 100 އަހަރުވަންދެން ކޮށްމެ މަހަކަށް 1000 ޑޮލަރު (އިންފްލޭޝަނަށް އަންނަ ބަދަލު ހިމަނައި) ދީފައި އަދި ފުރިހަމަ ގެއަކާއި އެކު ރަށްވެހިކަންދޭން ތައްޔާރަށް އޮތް ގައުމަކަށް ރާއްޖެ ދޫކޮށްލަންވީ.
    އެއިެރުން ދަރިންނަށް ރަނގަޅު ގޮތެއްވެސް ހޯދައިދެވުނީ.

  11. ާައިބްރާހިމް

    ދިވެހިން ބުގޯ ނުހައްދާ

  12. މޭޑް

    ކީއްވެގެންބާ ކީރިތި ޤުރުއާނާބެހޭގޮތުން ދިރާސާކޮށް އެކަމާއިބެހޭގޮތުން ސައިންސްވެރިން ރިޕޯތެއް ނުނެރެނީ.

  13. އަލީ

    މޮޔަނުގޮވާ ތިބޭ ، ކަނޑުގެ ލޮނުގަނޑާއި އެކު މިރައްތައްވެސް ދަނީ އުފުލެމުން

  14. އަޙުމަދު

    ރާއްޖޭގަ އިންވެސްޓް ކުރާފަރާތްތައް ހުއްޓުވުމަށް "ކްރިްސްޓިއަން ބިން ގަންޖަތުލް ވައްކަމަތުލް ޔަހޫދިއްޔަތު އިބުނު ސޮނިފުހޭ " ބާރު އަޅައިގެން ނެރުނު ދިރާސާ ރިޕޯޓަކަށް ތިވާނީ .... މައިބަދައޭ ކިޔާފަ އޭނަކުރާ ކަމަކީ އެއީ..

    • ސަމާ

      ހައްހައްހާ. ތީތި ވަރަށް މަޖާ. މަ ހީހީ ހަލާކު. އެއީ އައްނިގެ ކުންނިޔަތް ދޯ.

  15. ރާޖާރާއްޖެ

    ރާއްޖެ މިއޮންނަނީ ބިންގަނޑު އުސްވެގެންނެއް ނޫނެވެ ރޢްޖެ މި އޮންނަނީ މިތަނުގައި ތިބި މުސްލިމުން ނަމާދުކުރުމާ ޒަކާތްދިނުމާ ކުރާ ހެއުދުޢާގެ ސަބަބުންނެވެ

  16. ދަބަދާ

    އެމެރިކާ މީހުން ބުނި އެމެން ހަނދަށް ދިޔައިމޭ އެކަމަކު ހަގީގަތް ބެލިއިރު އެއީ ރޯ ބުހުތާނު ދޮގެކޭ އެމެރިކާ އާލާތުން ދައްކާ ވާހަކަ ހެޔޮ ނުވާނެ ގަބޫލުކުރަން އެއީ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ މެންނޭ. ތަމެންނަށް އިނގޭތޭ އެކަން. މަހަށް ދޭބަލަ ދެން ތަމެން އެމެރިކާ ގޮވައިގެން. މަހަށް މަަހަށް މަހަށް ދޭބަލަ

  17. މ

    މާތްﷲ މޮޅަށް ދެނެވޮޑިގެންވަނީ. ޔާﷲ އަޅަމެނަނަށް އިންޝާﷲ އަބަދުވެސް ރަށްކާތެރިކަންދެއްވަވާށި. އާމީން

  18. ޢަލީ ޔަހުޔާ

    އެމެރިކާމީހުން މިތަންބޭނުންވީ.އެންމެން ބާާލާފައި އެމެރިކާއަށް އައިސް ދިދަޖަހާނީ.

  19. Anonymous

    އަޅުގަޑު ކުރި ދިރާސާއިން ދައްކަނީ ވަރަށް އަވަހާ އެމެރިކާ ފަނާވެގެން ގޮސް ފަޅުތަނަކައް ވެދާނެ ކަމުގެ ބިރު ބިން ހެލުމާއި ސުނާމީ އާއި ފޫފާނުގެ ސަބަބުން

  20. ޒިޔާ

    ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ތިރިޤައުމެއް .... ތިހެން ސައިންސްވެރިން ކިތަންމެއް ވަރަކަށް ދިރާސާ ކޮށްފަ ބުންޏަސް މާތް ﷲ ހުރިހާއެންމެން ހެއްދެވި ރަސްކަނލާގެ ،،،،،،،، އެކަލާނގެއަށް އެއްވެސްކަމެއް ސިއްރެއް ނުކުރެވޭނެ

  21. ޒާ

    ތީ މިހާތަނަށް ސައިންވެރިން ހެދި އެންމެ ބޮޑު ދޮގު. މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުވެސް ކަނޑުގެ ލޮނުގަނޑު އުފުލޭތީ މައުމޫނު އެވާހަކަ ދައްކާ ސައިންވެރިންވެސް އެކަމުގައި އުޅުނު. އޭރުބުނި 21 ވަނަ ގަރުނު ފެށޭއިރުވެސް ދިވެހިރާއްޖެ އޮންނާނެކަމާމެދު ޝައްކުކަމަށް. އެކަމަކު އަދިވެސް ހަމަ އެބައޮތް ވަކި ބަދަލެއް ނުފެނޭ. ދެން އެބުނީ ސާފު ފެން ލިބުން ދަތިވާހަކަ. މިހާރު ރާއްޖެތެރޭގެ ރަށްރަށުންވެސް ކުރިޔަށްވުރެން ސާފު ފެންލިބޭ. އޭގެ ތެރޭގައި އަމިއްލަޔަށް އުފައްދާވެސްވެސް ހިމެނޭ. އަދި ރަށްރަށުގެ ބިމުން ފެންނަގާލެއް މަދުވީމާ ފެންފަށަލަވެސް އަންނަނީ ރަނގަޅުވަމުން.

  22. ދުމައިން

    އެމެރިކާ ވެސް ނެތިފަނާވެދާނެ!

  23. މޯޑް

    މިތާ ލިޔެފައއި މިހުންނަ ކޮމެންޓ ކިޔާލީމާ އެބަ އިނގޭ ދިވެހިން ހޭލުންތެރިވެފައި ތިބި މިންވަރު.
    މިހާ ސާފްކޮށް ކަންކަން ފެންނަ ޒަމާނެއްގައިވެސް އެކަންކަން ގަބޫލު ނުކޮށް ހަމަ ގަދަކަންމަތީ ތިބުމަކީ ޖާހިލުކަން

  24. ސައްލޭ

    ބޭނުމަކީ މި ރާއްޖޭގެ މީހުންގެ ހިްތަކުގައި ބިރުވެރިކަން އުފައްދައި ހިޖުރަ ކުރުމަށް ހިްތަވަރު ދިނުން. ހުޅަގު ސައިންޓިސްޓުންނަކީ ފޭކް ބައެއް.

  25. އަބްދުއްލާ

    ހީކުރާހެން ވުމަކަށް މާތް ﷲ މިންވަރުނުކުރައްވާނެ. މި ގައުމުގާ އިސްލާމަދީން ދެމިއޮތްހާ ދުވަހަކު މިގަުމަށް މާތް ﷲ ގ ރަހުމަތްފުޅު ލިބެމުންދާނެކަންޔަގީން.

  26. ކޮކީ
  27. މަރިޔަމާ

    ހީކުރާހެން ވުމަކަށް މާތް ﷲ މިންވަރުނުކުރައްވާނެ. މި ގައުމުގާ އިސްލާމަދީން ދެމިއޮތްހާ ދުވަހަކު މިގަުމަށް މާތް ﷲ ގ ރަހުމަތްފުޅު ލިބެމުންދާނެކަންޔަގީން.

  28. ކަނަމަނަ

    އެބަޔަކަށް އެނގޭވަރުގެ ވާހަކަދައްކާނީ. އުފެއްދެވުމާ ފަނާކުރެއްވުމަކީ ހަމައެކަނި الله އަށް ނިސްބަތްވާ ކަންތައް. ބިންހެލުމެއްއައިސް ބޮޑަތިގެއްލުންތައް ވަމުންދާއިރު އެފަދަބިންހެލުމެއް އަންނާނެކަން ހޯދައިނުގަނެވޭބަޔަކަށް ތަންފަޅުވުމާ ނެތިދިޔުމުގެ ކޮންވާހަކައެއް ދައްކާކަށް.

  29. އަލީ

    ޖަޒީރާ ގައުމު ތަކުގަ ދިރިއުޅޭ މީހުންގެ ރަށްކާތެރި ކަން ގާއިމު ކޮށް ދޭ ބަޔަކީ ތިޔަ ބުނާ ސައިންސް ވެރިން ކަމެއް އެގިފަ އެއް ނެތް.