އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު - ފޮޓޯ: މިހާރު

ރާއްޖޭގެ އަތޮޅުތެރެ ތަރައްޤީވާން ބޭނުން ނުވާ އެތައް ބަޔަކު މިސަރުކާރުގައި އެބަ ތިބި ކަމަށާއި ރައީސް ޔާމީނަކީ އޭގެ ތެރެއިން އެކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީން އަކީ ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަމަށެވެ.

"އަތޮޅުތެރޭގެ ތަރައްޤީއަށް މިސަރުކާރުން ގެންގުޅޭ އެއްވެސް ސިޔާސަތެއް ނެތް, އިޤްތިސޯދެއް އޮވެ، ޒުވާނުން އަމިއްލަ ރަށުގައި ތިބެ މަސައްކަތްކޮށް އާމްދަނީ ހޯދުމަށް މިސަރުކާރުން ކޮށްފައިވާ އެއްވެސް ޕްލޭނެއް ނެތް" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ބޮޑެތި ލޯނު ނަގައިގެން ޚަރަދުކޮށްގެން މިކުރާ ކަންކަމުން ރައްޔިތުންނަށް ކުރާ މާބޮޑު ފައިދާއެއް ފެނިގެން ނުދާ ކަމަށެވެ.

"ރާއްޖޭގެ ރަށްރަށް ތަރައްޤީވުމުގެ މަންޒަރު އެއީ އެމީހުންނަށް ޤަބޫލް ކުރެވޭ ސިޔާސަތެއް ނޫން, އޭގެ މީހެއް ޔާމީނަކީ. އޭގެ ތެރެއިން ހައްދުފަހަނައަޅާފައި ހުރި މީހެއް ޔާމިން އަކީ. އަތޮޅުތެރެ ތަރައްޤީވާން ބޭނުން ނުވާ މީހެއް ޔާމީނަކީ" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމަށް އައިސް ރަށްރަށުގައި ގެސްޓް ހައުސް އެޅުމުގެ ސިޔާސަތެއް ގެނައި ކަމަށް ފާހަގަ ކޮށް ނިޒާރު ވިދާޅުވީ މާފުށި، ރަސްދޫ އަދި ހިންމަފުށި ފަދަ ރަށްރަށަށް އަރާ ބެލުމުން އެކަމުން ލިބިފައިވާ ކުރިއެރުން ފެނިގެންދާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫއަކީ މާލެ ފިޔަވާ އެންމެ ބޮޑު އާބާދީ ކަމަށާއި އެންމެ ގިނައިން ޒުވާނުން ކިޔަވައިގެން ނުކުންނަ ތަނަކީ އެއީ ކަމަށެވެ.

"ތަރައްޤީގެ ގޮތުން އައްޑޫ ރައްޔިތަކަށް މިނިވަންކަމާއެކު އުޅެވޭނެ ސިޔާސަތެއް ރައީސް ޔާމީންގެ ދައުރު ނިމިގެންދާއިރު ލިބިފައި ނެތް" ނިޒާރު ވިދާޅުވި އެވެ.

"އަތޮޅުތައް ތަރައްޤީވުމުގެ މަންޒަރު އެއީ އެމީހުންނަށް ޤަބޫލް ކުރެވޭ ސިޔާސަތެއް ނޫން. އެކަހަލަ މީހުން އުޅޭނެ. އޭގެ މީހެއް ޔާމީނަކީ. އޭގެ ތެރެއިން ހައްދުފަހަނައަޅާފައި ހުރި މީހެއް ޔާމިން އަކީ. އަތޮޅުތެރެ ތަރައްޤީވާން ބޭނުން ނުވާ މީހެއް ޔާމީނަކީ" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ މަޝްރޫއުތައް ހިންގަނީ ކޮންމެހެން ތަރައްޤީ ކުރަން ނޫން ކަމަށާއި އެއީ އަމިއްލަ ޖީބަށް ލިބޭ އެއްޗެއް ބޮޑު ކުރަން ހިންގާ މަޝްރޫއުތައް ކަމަށް ނިޒާރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަލޭމެން ތިދައްކާ ވާހަަކަ ގަބޫލެއް ނުކުރެވެ. މީގެ ކުރިން އަތޮޅު ތެރޭ ރައްޔިތުން ނަށް އަޅާނުލިޔަސް މިސަރުކާރުން އަތޮޅުތެރެ ތަރައްގީ މެކުހައް ޖަހާފަ ހުރިކަން ނުދަންނަ އެކަކުވެސް ނޫޅެ.

  2. ސިޔާދުގާސިމްހީސީ

    މަޝްރޫއު ހިންގާކަން މީނާވެސް ގަބުލުކުރޭތާ

  3. ނިޒާރު ކަލޭ ތިހުރީ ހަމަހޭގަތަ؟ ނުވަތަ ރާކަނިމަސްކައިގެން ރީނދޫ ޖޫސް ބޮޔެގެން ހާންތިވެފަތަ؟ އައްޑޫ ސިޓީ ހިތަދޫއިން ރައްޔިތުންގެ މަޖްލީހަށް ފަހުޒަމާނުގައި ހޮވުނު "ފުރޭތަ" އެއް ފަދައިގެން މީނާ މިއުޅެނީ!! ކަލެއަށް ވާނުވާ ނޭނެގެނީތަ؟ ދެދޮލަށް މިރުސް ދުންއެޅިފަތަ ތިހުރީ؟ މިރާއްޖޭގެ އަތޮޅުތަކަށް މިސަރުކާރުގެ މިވީ ހަތަރު އަހަރު ދުވަހުގެތެރޭ ގެނަސްފައިވާ ތަރައްގީ ނުފެނިގެން އުޅޭނީ ލޯ އަނދިރި މީހުންނަ އެކަނި!! ކަލޯ ވާނުވާ ނޭނގި ހާންތިވެފަ ހުރެގެން ތިވާހަކަ ދެއްކެނީ!! ހަމަހޭވެރިކަންވެލާ ދެލޯ ޑޮކްޓަރަށް ދައްކައިގެން ވަށައިގެން ބަލާލާ ފެންނާނެ ތަރައްގީ!!

  4. އަތޮޅުތަކުގެ ތަރައްގީއައް މިސަރުކާރުން ކުރާ ކަންތައް ރައްޔިތިންނައް ފެނޭ . ނުފެންނަނީ ކަލެއައް.

  5. ނިޒާރޫ ކައެގެ ލޮލައް ލޮނުމިރުސް އެޅިފަތަ ހުރީ. ރައްޔިތުންނައް ފެނޭ މިސަރުކާރުން ކޮއްދޭ ކަންތައްތައް. ރައްޔިތުން ތިބީމިސަރުކާރާއެކު.

  6. ނިޒާރޫ! ތިބާގެ ދެލޯ ހުރީ ސަލާމަތުންހެއްޔެވެ؟ އަތޮޅުތެރެޔަށް ދަތުރެއްކޮށް އެ އަތޮޅުތަކަށް އައިސްފަހުރި ތަރައްޤިއާއި ކުރިއެރުން އަމިއްލަ ލޮލުން ދެކިލުމަށް ދައުވަތު އަރުވަމެވެ. ހަމަ އެކަނި ތިބާގެ އަމިއްލަ އަތޮޅަށް ގޮސް ސާފްހިތަކާއެކު ބަލާލާފިނަމަ ތިބާ ކޮސްވާވަރުގެ ތަރައްޤީ އެއޮތީ އައިސްފައެވެ. ތިބާއަށް ޖެހިފައިވާ ބޮނޑިބަތުގެ ސިިޙްރު ފިލުވާލުމަށް އެކަމަށް ހިތް ޚަލާޞްކޮށް ފަރުޟު ފަސްނަމަދު ކުރުމާއެކު ފަތިސްނަމަދުގެ އިހުސުންނަތް ލިބިގަނެ ހެނދުނާއި ހަވީރު ބަޤަރާސޫރަތާއި ޔާސީންސޫރަތް ކިޔަވަން ފައްޓާށެވެ! ހަފްތާއެއްގެ ތެރޭގައި ތިބާގެ ލޯ ސާފުވެ ވަހުމް ފިލައިގޮސް ހަށިފަސޭހަވެ ޙައްޤު ލޮލަށްފެންނަންފަށާނެއެވެ.

  7. ދެންފަހެ އެ ނިޒާރޫ އެއްގެ ލޮލައް ނުފެންނަ އެއްޗެއް އެހެން މީހުންނައް ފެންނަނީ ހަމަ ގައިމުވެސް އެ ނިޒާރޫގެ ލޮލައް ކޮންމެވެސް ގޮތެއް ވެފާ ހުރީމާތާއެވެ. ވައްސަލާމް

  8. ލޯ މަރާގެެއްތަ ތިއުޅެނީ ، ވާނުވާނޭގޭ

  9. ރައީސް އޮފީހުންދޫކުރާ ފޮތް ބަލާލަން ފުރުސަތު އަދި ނުލިބޭދޯ. 35 އަހަރާ ނުބައްދަލު ތަރައްގީ އަތޮޅުތަކަށް ރައީސް ޔާމީންވަނީ ގެނެސް ދެއްވާފަ.

  10. ޜާއްޖެ ޓީވީއަށް އަރާ އިނދެ ގޮވިދާނެ ކޮންމެ އެއްޗެއްވެސް. އެކަމު އަތޮޅުތެރޭ ރަށަކަށް އަރާ މިރަށަކަށް ކަމެއް ނުކޮށްދެޔޭ ބުނަން ކެރިދާނެތަ؟ ނޫނީ ނަޝީދު ސަރުކާރުން މިރަށް ނުވަތަ މިއަތޮޅަށް މިސަރުކާރަށް ވުރެ މާގިނަ ކަންތައްކޮށްދިނޭ؟

  11. ކޮއްކޯ ދެލޯކަނުތަ؟ ދެލޯކަނަސް އަޑުއިވުން ސަލާމަތުން ހުރިއްޔާ މީހެއްގެ ކައިރިންވިއަސް އަހައިލަބަލަ ކިތައް ރަށުގެ ނަރުދަމާ، ކިތައް ރަށުގެ ބަދަރު ކިތަށް ރަށުގައި ކިތައް މަޝްރޫޢު މި ސަރުކާރުން ހިންގާފިތޯ!

  12. ކިހާ ދެރަކަމެއް އަދިވެސްމުޒާހަރަާ ކުރަންދާތި ލޮލައް މިރުސްދުން އެޅިފަތިހުރީ..

  13. ލޮލަށް ނުފެންނަނީތަ ނޫނީ ނުފެންނަކަމަށް ހަދަނީތަ؟ ކާކަށް އޮޅުވާލަން ކަމަށޯލަ ތިކަހަލަ ވައި އަނގަތިތަޅަނީ؟