ވިލިވަރު ފެސިލިޓީ އަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަށާ ޖެހޭ ވިސްނުމެއް ނެތުމުގެ ސަބަބުން ސަރުކާރުން ބޭކާރު ހަރަދުކޮށްފައިވާ ކަމަށާއި ވިލިވަރުގައި މިލިއަނުން ޚަރަދުކޮށްގެން ހެދި ފެސިލިޓީއަކީ އޭގެ މިސާލެއް ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިފަދަ ވަގުތެއްގައި ޚާއްސަކޮށް ޚަރަދުކޮށްގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ފައިސާއިން ވަކި ވިޔަފާރިވެރިން ފައިދާ ނަގަން ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ކުރާ ކަންކަން ދެފުށް ފެންނަން ޖެހޭނެ ކަމަށާއި ކޮރަޕްޝަންގެ ކަންކަން އަމުދުން ހިނގައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭ ވަގުތީ ހޮސްޕިޓަލް އެއަށް ވުރެ ޚަރަދު ކުޑަކޮށް ހެދޭނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

30 ކޮޓަރި ހިމެނޭގޮތަށް ހަދާފައިވާ މި ކަރަންޓިން ފެސިލިޓީ ހެދެމަށް ސަރުކާރުން ވަނީ 2.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މި ރަށް ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރު ކުރުމުގެ ކުރިން، ސަރުކާރުން ބޭނުން ކުރަމުން އައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ. އަދި އެތަނަށް އިތުރު 70 އެނދު އިތުރުކުރަން ފަހުން ނިންމިއެވެ.

ސަރުކާރުން ހަދާފައިވާ ވިލިވަރު ކަރަންޓީން ފެސިލިޓީގައި ބަލި ޖެހިގެން ކަރަންޓީން ކުރާ މީހުންނަށް ގޯސް ތަޖުރިބާއެއް ނުކުރެވޭނެ ކަމަށާއި، ޓީވީ ފަދަ ތަކެތި ހިމަނައި ތައްޔާރު ކޮށްފައިވާ މިތަނުގައި ކަރަންޓީން ކުރާ މީހުންނަށް ހިތްހަމަޖެހިގެން ތިބެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބޯބުރާންތި

    މ މި ހައްސާސް ދަނޑިވަޅުވެސް އުޅޭ ގޮތެއް ދޯ...ބަލަ ކަންތައް ކުރަންވީ ގޮތް އެނގޭނީ އޭރަކު ތިބޭ ބަޔަކަށް......އެއްބާރުލުން ދީގެން އުޅެބަލަ.....ނިކަން

    56
    22
  2. އަލެކްސް ނިރިހާލަ މޮހޮދާ

    ފުރުސަތުގެ ބޭނުން ކުރާނެ ބަޔަކުވެސް އުޅޭނެ، މިސަރުކާރު ވެރިކަމަށް އައީވެސް އިންޑިޔާ އާއެކު ޑީލެއްހަދައިގެން ފުރުސަތުގެ ބޭނުން ހިފައިގެން، އެހެންވީމަ އެއިގެ ބަދަލުވެސް ދޭން ޖެހޭނެ، އެގޮތުން ބްރިޖް އަޅަންވެސް ހަވާލުކުރީ މޯދީގެ ކުންފުއްޏަކާކަމަށްވަނީ!

    25
    34
  3. ސަރު

    އަގަގަދަ މިތުރުގެ އަގައަށްވުރެ މީނަގެ އަގަ ގަދަވެއްޖެ. ސަރުކާރުން މިބަލިމަޑު ކަމާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ރައްޔިތުން ތައުރީފު ކުރަނުންދާތީ ޔާމީން މިނިވަން ކުރާނަމޭކިޔާފަ ޔާމީނުކައިރީ މޮޅުވާހަކަ ދައްކައި ޕީޕީއެމް ގެ ލީޓަރޝިޕް އަތުލުމަށް ރޭވި ރޭވުން ފެނަށް ދިޔައީމަ ދެން ނުބެހޭކަންކަމާއި އަގަތަޅަން މިފެށީމިހާރު.

    38
    24
  4. ކުޑަސޮރު

    ކަލޭމެންގެ ޖީބަށް އެއްޗެއް ނުވަންނަޏާ ވާނީ އިސްރާފަކަށް ނޫނީ ބޭކާރު ކަމަކަށް.

    38
    18
  5. ޒަޙާ

    ތިޔަމަ އިތިރި ވެބަލަ އަދިވެސް ވެރިކަމާ ޖަމީލެ ނޫނަ އިބު ރަ އީސް އަކީ އެ އިރަކު ހުރި ވެރިޔަކާ އެކު ވެބަލަ ނުވަޔާ ގޭގަ ތިބެބަލަ ރަޔަތު ރުޅި އަރުވަ ނޫޅި

    27
    13
  6. ާާާޢަލީ

    މިފަދަ ދަނޑިވަޅެއްގަ އެއްވެސް ބޭފުޅަ ކު އެއްވެސް ކަމެއް ސިޔާސީ ކޮށް ރައްޔިތުންގެ ހިތްތަ ކުހައި ނަފުރަތު އުފެއްދުމަށް ވާހަ ކަތައް ދައް ކާނުހެދުން ަަެަަެަަެަަަަެަަެަަެަަަެަަެަަެަަަަެަަެަަ އެއީ ރައްޔިތުންނަށް ކޮށްދެވޭ ވަރަށް ރަނގަޅު ކަމެއް...އެ ކުވެރިވެ އެއްބާރުލުންދީ ރައްޔިތުންގެ ތެރެއިން ހާލުގަތިބީ ކޮންބައެއްތޯ ބަލާލާ އެ ކާހަލަ ކަމެއް ކޮއްލުމް މާހިތްހަމަޖެހޭނެ..ޝުކ ކުރިއްޔާ..
    ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

    31
    6
  7. ބަކުރު

    މިކަ މުން އަރައިގަނެވެންދެކަށް އިހަށް މަޑުކޮށްބަލަ!

    29
    9
  8. ސުލައިމާނު

    ކޮންމެ ފަދަ ދަނޑިވަޅަކަސް ގައުމުގެ ކަންކަމަށް ފާރަވެރިވާނެ ބަޔަކު ތިބެންޖެހޭނެ. އެއީ ޑިމޮކްރަސީގެ ބޭނުމަކީ. ސަރުކާރުން ބޭކާރު ހަރަދެއްކުރާނަމަ އެކަމެއް ރަނގަޅަށް ހާމަކޮށްދެއްވާ.
    މިއަދު ގައުމު މިވަނީ ނިކަމެތިވެ ފަގީރުވެ އާންމު ރައްޔިތުމީހާ އާއި ސަރުކާރުގެ އިސްވެރިނާއި ދެމެދުގެ ތަފާތު އުޑާއި ބިމާއި ހާ ދުރުމިން އެބަހުރި.
    ގޯސްކޮށް ކަމެއް ހިނގަންޏާމު އެކަމެއް ރައްޔިތުންނާއި ހިސާބަށް ތިލަކޮށް ދެއްވުމަކީ އެކަމެއް އެނގޭ ހަމަ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް.

    7
    8
  9. ލަކީ

    ޙޭޙޭ މޮޔަގޮވަނީ މީކާކު

    10
    6
  10. މޫސާ

    ބޭކާރު މީހުން ދައްކާ ވާހަކަވެސް ބޭކާރު ވާނެ!

    11
    5
  11. ހުސޭނުބޭ

    ބޭކާރު ޚަރަދެއްނޫން! ކޮންމެވެސް ބަޔަކަށް އެތަނުން ޚިދުމަތް ލިބޭނެކަން ޔަޤީން!

    11
    1
    • ޢޭތި

      ޢެއީ ބޭކާރު ހަރަދެއް. ޓްރާސްޕޯރޓާއި އެހެނިހެން ކަންކަމަށް ބެލިޔަސް. ބަޔަކަޢް ފައިދާވެއްޖެ ކަމަށް މިބަލަނީ

      1
      1
  12. ނަންނުގަތި

    މިވަގުތަކީ ބަޔަކު މުއްސަދި ވާން ލިބުނު ފުރުސަތަކަށް ނުހަދާށެވެ

  13. ޢޭތި

    ޢެއީ ބޭކާރު ހަރަދެއް. ޓްރާސްޕޯރޓާއި އެހެނިހެން ކަންކަމަށް ބެލިޔަސް. ބަޔަކަޢް ފައިދާވެއްޖެ ކަމަށް މިބަލަނީ