ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެންމެ ފުރަތަމަ ފެނުނީ އިހުސާން ފިހާރައިންނެވެ. އޭގެ ފަހުން، ވީބީ މާޓާއި އެންޒީ ފިހާރައިންނެވެ. ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައެވެ. ޑެލިވަރީ ނިޒާމު ފެއިލްވެ، ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައި ދެއްވުމަށް މަހްލޫފް ނުކުންނެވީ، އެހެން މީހުންނެކޭ އެއްގޮތަށް ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ގިނަ ބައެއްގެ ސަމާލުކަން މަހްލޫފަށް ލިބުނު އިރު، އޭނާ އަށް އެތައް ބައެއްގެ ތައުރީފް ވަނީ އޮހިގެން ގޮސްފައެވެ. މަހްލޫފްގެ އިސް ނެގުން އެތައް ބަޔަކަށް ކަމުދިޔައެވެ.

އެކަމަކު، މަހްލޫފްގެ މަސައްކަތާ މެދުގައި ފިލްމީ ތަރި އަބްދުﷲ މުއާޒް ދެކޭ ގޮތް ވަރަށް ތަފާތެވެ. މުއާޒް ދެކޭ ގޮތުގައި މަހްލޫފް އުޅުއްވަނީ މީހުންގެ ސަމާލުކަން ހޯދާށެވެ. މީހުންގެ ސަމާލުކަން ހޯދަން "އުޅުނަސް ބޮޑުވަރު" ކަމަށް ބުނެ، ވަރަށް ހުތުރުކޮށް، މުއާޒް ފާޑުކީ އެތައް ބައެއްގެ ލޯބި މިވަގުތު ލިބިފައިވާ މަހްލޫފަށެވެ. މުއާޒްގެ ވާހަކަތައް އެގޮތަށް ހުރުމުން، އެތައް ބަޔަކު ނަފްރަތު ކުރީ މުއާޒަަށެވެ. މުއާޒަކީ ވަރަށް ދަށު ދަރަޖައިގެ މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރިއެވެ.

މަހްލޫފް ވީބީ މާޓްގައި ޑެލިވަރީ ކުރުމުގެ މަސައްކަތުގައި

https://www.facebook.com/muaa.abdullaa/posts/228564408235956

މުއާޒް ފޭސްބުކްގައި ލިޔެފައި ވަނީ ސަމާލުކަން ހޯދުމުގެ ގޮތުން ޑެލިވަރީ ކުރަން މަހްލޫފް ނުކުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށާއި އާއްމު ރައްޔިތުން އޭނާ ދެކެ ރުޅި އަންނަނީ އެހެންވެ ކަމަށެވެ. އެ ޕޯސްޓާ ގުޅިގެން އާންމުންނެކޭ އެއްގޮތަށް މަހްލޫފް ވެސް ރައްދު ދިނީ މުއާޒްގެ އެ ޕޯސްޓަށެވެ.

https://www.facebook.com/permalink.php?story_fbid=10157150354142717&id=511757716

މަހްލޫފް ވިދާޅުވީ އޭނާގެ އެ އަމަލަކީ ސަމާލުކަން ހޯދަން ނުވަތަ ޕީއާރު ސްޓަންޓެއްގެ ގޮތުގައި ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ނުރައްކާތެރި ދަނޑިވަޅެއްގައި ސަމާލުކަން ހޯދަން މިފަދަ ރިސްކެއް ނުނަންގަވާނެ ކަން ދޭހަވާ ގޮތަށް މަހްލޫފްގެ ފޭސްބުކްގެ ޕޯސްޓް އަމާޒުކުރެއްވިއެވެ.

އަދ ޑެލިވަރީގައި އުޅުއްވުމަށް ފަހު، ގެއަށް ވަޑައިގަންނަވަނީ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ) އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ޗީފް އެގްޒެކްޓިވް ކަން ކުރައްވާ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގާތަށް ކަމަށް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މާލެ ސަރަހައްދު ފުރަބަންދު ކުރުމުގެ ސަބަބުން ގޭގެއަށް ކުރަން ޖެހޭ ޑެލިވަރީތަކުގެ އަދަދު ހާހުން މައްޗަށް އަރާފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ވޮލެންޓިއަރުން މަސައްކަތަށް ނުކުންނަނީ ރިސްކު އޮވެގެން ކަމަށްވާތީ އެމީހުންނާ އެކީގައި ހުންނަވަން ބޭނުންވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފް ޑެލިވަރީގެ މަސައްކަތަށް ނުކުންނެވީ އިތުރު ބަޔަކު ވެސް ގޮވައިގެންނެވެ. އަދި ޑެލިވަރީގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ?

    ?

    21
    2
  2. ބަންދު ވެރިޔާ

    ގަދަ .... ތީ މި ރާއްޖެއަށް ބޭނުންވާ ވެރިންނަކީ... ރައްޔިތުން ނިކަމެތިވި ދުވަހު ފުރާނަ އަތްމައްޗަށް ލައިގެން ތި ނުކުންނެވީ ކުރީސަފަށް...

    71
    40
  3. ދުމަހުއަ

    މަޚްލޫފަކީ ސަމާލުކަން ލިބިފައިވާ ބޭފުޅެއް. ނުވެސް ޖެހޭ އިތުރު ސަމާލު ކަމެއް ހޯއްދަވާކަށެއް

    63
    50
  4. ޔާޔާ

    ÷ޕްރިންސް ހެރީ އުލޭގޮތް ފެނުނީ

    48
    8
  5. އަފި

    ދެއްކުންތެރިކަމަށް ހައްދުފަހަނާ އަޅާފައި

    70
    58
  6. ޒަބާދުކުޑޭ

    ހަމަދެއްކުންތެރިކަން.

    65
    53
  7. ނިހާން ދޮންކެޔޮ

    މުއާ ޖޭވީތަ....މީނާ ހިތުން (ނުގަބޫލްގަ) އައްޒައާއި އިދެވުނީމަ މިހުރީ ދުނިޔެ ރަންވެފަ... މިނިސްޓަރ މަހްލޫފް އެކުރައްވަނީ މިދަޑިވަޅުގައި ވަރައް ރަނގަޅުކަމެއް.

    66
    34
  8. Anonymous

    މީޑިޔާ ސްޓޭންޑެއް

    46
    12
  9. ާާާޢަލީ

    އެމީހެއްގެ ހިތް ނިޔަތް ދެނެވޮޑިގެންވަނީ މާތްﷲ.. ކުރާކ ކޮއްމެ ކަމެއް ވެސް ސަވާބާއި ފައިދާބިނާވެގެން ވަނީ...ފިލްމު ކުޅޭ ޑުރާމާ ކުޅޭމީހުން މީހުނަށް ދައް ކަން ނޫނީދެއް ކެން ހުރިހާ ކަމެއް ކުރާނީ..މަހުލޫފުމެން އަދި އެހެންވެސް ސަރުކާރު މުވައްޒަފުން ތަފާތުވާނެ އެމީހުން ކުރާނީ އެ ކަމުގެ ބޭނުން އެނގިގެންދޯ..އޮވެވިދާނެ ގޭގަވެސް ހަމަ ދަރިފުޅު ކާރިޔަށް ދާނީ ކަމުގެބާވަތްނޭގޭ މީހުންވާހަކަ ނުދައް ކާ..ޝޯދޭ ން ނަށާ ކަށް ނޫނޭ ނި ކުމެ އުޅެނީ ކީ..އިންސާނިއްޔަތަށް.. މަހުލޫފާ ޖައްސާލީ އޭނަ އައްޒަޔާ އިންނަން އުޅުނީތަ ކަލޭ ތިހެންއުޅެނި ކޮން؟؟

    40
    8
  10. ޙެހެހެހެ

    ޢެހެންވީމަ އާއިލާގެ ރައްކާތެރި ކަމައްވުރެވެސް މީނައައް މުހިންމީ ސިޔާސީ ކެރިއަރު. މީނަ މީގެ ކުރިންވެސް އާއިލާ އައްނުބަލާ ޖަލުގައި އޮތް ކެރިއަރަށް ޓަކައި.

    40
    26
  11. Anonymous

    ގަދަ .... ތީ މި ރާއްޖެއަށް ބޭނުންވާ ވެރިންނަކީ... ރައްޔިތުން ބޭނުން ވަނީ ތިކަހަލަ ކުދިން

    22
    30
  12. ރޫބެ

    މިހާރު މިރާއްޖޭގައި އޮތީ ރ.ޔާމީނުގެ ވެރިކަމެއްނަމަ އެމްޑީޕީގެ މި މަހުލޫފުމެން މަގުމައްޗަށް ނުކުމެ ހަމައެއް ލަމައެއްނެތި ތެޅިބައޭލީސްކަން ކަށަވަރު އެމީހުން ވެރިކަމުގަތިބީމާ މާމަޖާވެގެން އެތެޅެނީ މީޙަޤީގަތް

    41
    10
  13. އާދަމުގެދަރި

    މީ މީހަކު ދެއްކެން ކުރާ ވަރުގެ ކަމެއްތަ ދޯ މަހުލޫފު. މަ ހައިރާންވީ މިއުޅޭ މަހު މުސާރައަށް 80 ރުފޔާ ނަގާ ރައްޔިތުންގެ ހައްގުގައި ޖާނާމާލުދޭ އެއްވެސް އިއްޒަތްތެރިއަކު ތިއިން ތާކަށް ނުކުމެ ކުދިންނޭ ސާބަހޭވެސް ބުނެލަން ނުކެރުނީމަ. ދަތިބޮޑުވި ދުވަހު ރަޖާލައިގެން އެންމެން ގޭގައި.

    40
    5
  14. އަހްމަދު

    ދެއްކުންތެތިކަމޭ ބުނަންޖެހެނީ ފޮޓޯނަގާ ނޫސްތަކުގެފަލަސުރުހީ ހައްދަވާތީ

    19
    3
  15. ނަޒީރު

    ފޮޓޯ ނަގާފަ ނޫސްވެރިންލައްވާ ޚަބަރު ޖަހުވަނީ ކީއްކުރަން..؟

    14
    6
  16. ޑައެލޯގް

    ކަންކުރަން އޮންނަގޮތާއި ޚިލާފަށް ކުރަންޏާ އެއީ ދެއްކުންތެރިކަން ތިހާ ރައްޔިތުންނަށް ރަގަޅުނަމަ ޑެލިވަރީސިސްޓަމް ރަގަޅުކުރަންވީ މިނިސްޓަރުންނާއި ރައީސުން ޑެލިވަރީކުރަންލާފަތިބޭބައެއްނޫން. އެހެންވާނަމަ އެވީ ފެއިލް

    13
    2
  17. ނަސީދު

    އާޓް ދައްކަނީ އިތުރު އެއެން ކަމެއް ނެތް

    15
    7
  18. ހަވަރު ވޮއިސް

    ތިވަރަށް ފޭކު !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1

    15
    2
  19. ާަާަަައަސްލު

    ﷲއަށް ޓަކާކުރާކަ މެއްގަ ފޮޓޯލާނީ ދެއްކުންތެރިކަންނޫނީ ކޮންކަ މެއް..ކަނަތުން ދޭއެތި ވައަތައްވެސް ނޭގޭގޮތައް ދިނުންތޯތީ...ސުބުހާނަﷲ

    12
    1
  20. ާަަަުުބިސް

    ކަލޭތީ އަބަދުވެސް މަޝްހޫރު ވާންއުޅޭމީހެއް ވަގުލޫފު

    7
    3
  21. ސައިއްޓޭ ރ އުނގޫފާރު

    މީޑިއާގެ ސަމާލްކަން ހޯދަންވެގެން ކުރިން ފަހަރެއްގަވެސް ބަދިގެ ތަޅުމައް ހުނިގޭނި ގޮލައެއްތީ ބޯގޯސް ގޭ ސިޑިބުޑުގަ ދޮންޖާފާން ގޮބަޅި އަމިއްލައްކައް ވަޅުލި ގޮލައެއްތީ މީޑިއާ ސަމާލްކަން ހޯދަން

  22. ބަލާމީހާ

    މަށަށް ހެޔޮ ދެއްކެން ވިޔަސް މީހަކަށް ފައިދާއެއް ހުރި ކަމެއް ކޮށްދީފިއްޔާ. އެއީ ދެއްކުންތެރިކަންތޯ އެހެންކަމެއްތޯ އެކަމުގެ ހިސާބު ބައްލަވާ ފަރާތުން އެކަން ބައްލަވާނެ. ޗިލް!!!

  23. ެެެއެސޮރު

    ގައުމުގެ މިހާލަތު ދަންނަމީހުން ބޭނުން ވަނީ
    މުއާ އައް ތިއުޅެނީ ފިލްމީ ސްޓަންޓެއް ވެސް ނުޖެއްސިގެން އައްޒަ ސަލާންބުނި